ޑރ މުއިއްޒު އެންމެ ބާރަށް ދެއްކެވީ ބިޑް ކުރުމަކާ ނުލައި އެބޭފުޅާގެ ވެރިކަމެއްގައި ޕްރޮޖެކްޓް ނުދޭނެވާހަކަ.
ވެރިކަމަށް އައުމަށް ފައި ނަގައިގެން ޔާމީނުގެ ފޮޓޯގެ ހިޔަނީގައި މިހާރުގެ ރައީސް މުއިއްޒު އެންމެ އަޑަށް ބާރު ލާފައި ދެއްކި ވާހަކައަކީ ބިޑް ކުރުމަކާ ނުލައި އެބޭފުޅާގެ ވެރިކަމެއްގައި ޕްރޮޖެކްޓް ނުދޭނެކަމުގެ ވާހަކައެވެ. އަދި އޭރު ބުނަމުން ދިޔައީ މިއީ ކޮރަޕްޝަނަށް ހުޅުވާފައިވާ ދޮރެއް ކަމަށާއި ތިމަން މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހު އެ ދޮރު ބަންދު ކުރާނެކަމަށެވެ.
އަންސޮލިސިޓެޑް ޕްރޮޕޯސަލް ނުވަތަ ޔޫއެސްޕީ އަކީ ރައީސް ޔާމީނުގެ ވެރިކަމުގައި 2014 ވަނަ އަހަރު އެންމެ ފުރަތަމަ ތައާރަފް ކުރި ކަމެކެވެ. ބޭނުމަކީ ސަރުކާރުގެ ޕޮލިސީ ތެރޭގައި ހިމެނޭ ކަމެއް ނަމަވެސް ވަކި މިނިސްޓްރީއަކާ ހަވާލުކޮށްގެން އިއުލާން ނުކޮށް ހުންނަ ކަންކަމުގެ ތެރެއިންވެސް، އީޖާދީ ކަންކަމުގެ ގޮތުގައި ބެލެވޭން ކަންކަން އަމިއްލަ ފަރާތްތަކުގެ އިސްނެގުމުގެ މަތިން ސަރުކާރަށް ހުށަހަޅައި އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އޭރުވެސް މިކަން ކުރަމުން އައީ އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅައިގެން އަދި ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގެ ހުއްދައާއެކު ކުރާ ގޮތަށެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ވަނީ މިކަން ކުރާނެ އުސޫލު ދެފުށް ފެންނަ ސިޔާސަތަކަށް ބަދަލުކޮށް މާލިއްޔަތު ގަވާއިދުގެ ދަށުން މިކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ.
ރައީސް މުއިއްޒުގެ ކެމްޕޭންގައި މިކަން އުވާލާނެ ވާހަކަ އެންމެ ބާރަށް ދެއްކި އިރު މި އުސޫލު ތައާރަފްކުރި އިރުގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރުގެވެސް އިކޮނޮމިކް މިނިސްޓަރ އިނީ ހިންޏާ ފެޅިފެޅިއެވެ. ދައުލަތެއް ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ކެންޑިޑޭޑަކު ނެރެގެން މިފަދަ އެއްޗެހި އަތަށް ގޮއްވާއިރު ވާނީވެސް އެހެންތާއެވެ.
އެހެން ނަމަވެސް ޑރ.އުގައިލް ވެސް ފާހަގަ ކުރެއްވިހެން، ދޮގު މަތީން ދޮގު ހަދަމުން ގޮސް ވެރިކަމަށް އައިސް އަނެއްކާ މިއޮތީ މިކަންވެސް މުއިއްޒުވެ ޔޫ-ޓާން ނަގަން މަޖުބޫރުވެފައެވެ. ދޮގެއްވާ ނޫނެވެ. ފުރަތަމަ 100 ދުވަހުގެ ވައުދު ފުއްދައި ޔޫއެސްޕީ އުސޫލު އުވާލައިފިއެވެ. އެކަމުގެ އިއްދައިން ނުކެނޑެނީސް އެކަމަކު މިއޮތީ އެހެން ނަމެއްގައި މިކަން ރުޖޫއަކޮށް ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓެޑް ޕްރޮޕޯޒަލްއޭ ކިޔައި ދެތިން ސޮފުހާގެ އުސޫލެއް ގާއިމުކޮށްފައެވެ. ކާ މީހުން ކާންވީއެވެ. އުސޫލު އޮތީ އޭ4 ގަނޑެއްގައި ތިމަންނާ މިވެނި ކަމެއް ކުރާނަމޭ ބުނާއިރަށްވެސް މާސިންގާ ބޮޑެތި މަޝްރޫއު ހަވާލު ކުރެވޭހާ ލުއިކޮށް ފަސޭހަކޮށެވެ.
އުސޫލެއް ނެތަސް ހެޔޮތާއެވެ. މިހާތަނަށް މި ސަރުކާރުން ފެށި އެއްވެސް މަޝްރޫއެއްގެ އެއްވެސް އިއުލާނެއް، ބިޑެއް، އިވެލުއޭޝަނެއް ކުރިކަމެއް ކުރި މީހެއް އެނގޭކަށް ނެތެވެ. އެވިދާޅުވާ މުއިއްޒު ސްޕީޑްގައި އެގެންދަވަނީ ވައްކަމާ ފަސާދަ އާންމު ކުރައްވަމުންނެވެ. ވީމާ ހިސާބު ޓާޗަރު ވިދާޅުވިހެން މިނިސްޓަރުންނަށްވެސް ރުހުން ދިނަސް ނުދިނަސް މިނިސްޓަރުކަން ކުރާނެއެވެ. އުސޫލެއް އޮތަސް ނެތަސް، އަދި އެއާ ޚިލާފަށްވިޔަސް މިސަރުކާރުގެ ވެރިންގެ ޖީބަށް ބައި އެޅޭ ކަމެއް ވެއްޖެޔާ ކުރާނެއެވެ. އެކަމަކާ ސުވާލެއް ނެތެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4