މުއިއްޒު އުފައްދަވާ އަތޮޅު އޮފީސްތަކާއި ދެކޮޅަށް ބަސްބުނަން ކެރުނީ މޭޔަރު އާދަމް އާޒިމް އަދި ޝާހިދުއަށް!
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "ސަރުކާރުގެ ޚިދުމާތު މަރުކަޒު" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަށްރަށުގައި އޮފީސްތަކެއް އުފައްދަވައި، އެ އިދާރާތަކަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީގެ ދަށުން ހިންގާ ތަންތަނުގެ ގޮތުގައި އިއްޔެ ހަމަޖައްސަވައިފިއެވެ. މި ނިންމެވުމާއެކު ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކަނޑުވާލައި، މައި ސަރުކާރުގެ ބާރުގެ ދަށަށް ކަންކަން ގެންދަން އުޅޭކަމުގެ ތުހުމަތު ފެންމަތިވެފައިވާއިރު، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ އިސް ސަފުން މިކަމާ ދެކޮޅަށް ފާޅުގައި ބަސްބުނެފައިވަނީ ވަރަށް މަދު ލީޑަރުންކޮޅެކެވެ.
މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި އެންމެ ފުރަތަމަ ވާހަކަދެއްކެވި އެއް ބޭފުޅަކީ ކުރީގެ ފޮރިން މިނިސްޓަރު އަދި ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޝާހިދެވެ. ޝާހިދު ވިދާޅުވީ، މިއީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯރކްސް އުފެއްދެވުމަށްފަހު އުވާލައްވައި، ރައްޔިތުން އިންތިޚާބުކޮށްފައިވާ އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު އެލް.ޖީ.އޭގެ ދަށަށް ބާރުތައް ގެންދިއުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ހޯމްލޭންޑް ސެކިއުރިޓީގެ ދަށުން މިފަދަ ސެންޓަރުތަކެއް ހަދައިގެން އަނެއްކާވެސް ޤާއިމުކުރަނީ ކުރީގެ އަތޮޅު އޮފީސްތައް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
"ނަންތަކާއި އޮފީސްތަކުގެ ބޯޑުތައް ބަދަލުވަމުން މިދަނީ ހަލުވި ދުވެއްޔެއްގައި. މިކަމުން ލާމަރުކަޒީ ބާރުވެރިކަމަކަށް އައީ ކޮން ހެޔޮ ބަދަލެއްތޯ؟ ޙަޤީގީ ލާމަރުކަޒީ ނިޒާމަށް މި ސަރުކާރު އަހުލުވެރީ ކިހާ މިންވަރަކަށްތޯ؟" ޝާހިދު ސުވާލު އުފެއްދެވިއެވެ.
މީގެ އިތުރުން މާލެ ސިޓީގެ މޭޔަރު އަދި ފައިޞަލް ނަސީމްގެ ރަނިންމޭޓް އާދަމް ޢާޒިމް ވެސް ވަނީ ސަރުކާރުގެ މި ނިންމުމަށް ވަރަށް ހަރުކަށި އިބާރާތުން ފާޑުވިދާޅުވެފައެވެ. ޢާޒިމް ވިދާޅުވީ، ސަރުކާރުގެ ޚިދުމާތު މަރުކަޒުގެ ނަމުގައި އަތޮޅު އޮފީސްތައް އުފައްދައި، ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް ކުރާ މަސައްކަތަކީ އަނެއްކާވެސް ޤައުމު މާޒީގެ އަނދިރި ދުވަސްތަކަށް ގެންދިއުން ކަމަށެވެ.
"ރައްޔިތުންނަށް ބާރުތައް ދިނުމުގެ ބަދަލުގައި، އަލުން އަނެއްކާވެސް އަތޮޅު އޮފީސްތަކާއި އަތޮޅުވެރިންގެ ނިޒާމު އަނބުރާ ގެނެސް، ޤައުމު މި ވައްޓާލަނީ އެތައް އަހަރެއް ފަހަތަށް. މިއީ ލާމަރުކަޒީ ޙަޤީޤީ ރޫޙާ މުޅިން ޚިލާފު، ޑިމޮކްރަސީގެ އަގުތައް ވެއްޔާ މޮޑެލުމެއް،" ޢާޒިމް ވިދާޅުވިއެވެ.
ހަމައެއާއެކު، މިއީ އިންތިޚާބުކޮށްފައިވާ ކައުންސިލްތަކުގެ ދައުރު ހަނިކޮށް، ސިޔާސީ ނުފޫޒު ފޯރުވުމަށްޓަކައި މައި ސަރުކާރުގެ މުށުތެރެއަށް ހުރިހާ ބާރެއް އަލުން ޖަމާކުރުމުގެ ފެށުމެއް ކަމަށާއި، މިފަދަ ކަންކަމަށް ޖާގަ ނުދެވޭނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ސަރުކާރުގެ ބާރު ގަދަކުރަން އުޅޭކަމުގެ ތުހުމަތު އުފެދިފައިވާއިރު، އިދިކޮޅު އެމްޑީޕީގެ އެހެން އިސް ލީޑަރުންގެ ފަރާތުން މި މައްސަލައިގައި އަދި މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. މިއީ ޤައުމީ ފެންވަރުގައި ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައަކަށް ވީނަމަވެސް، ވެރިކަމުގެ ބާރުތައް މައި ސަރުކާރުގެ ދަށުގައި ބޭއްވުމުގެ ވިސްނުމަކީ ކޮންމެ ސަރުކާރަކުން ވެސް ފެންނަމުންދާ އާންމު ސިފައެއް ކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.
0%
0%
0%
0%
0%
6 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
2 މާރިޗު 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4