މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ
ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަބްދުއްރަހީމް (އަދުރޭ)ގެ ދަރިފުޅު، ފައިސަލް އެ މަގާމުން ވަކި ކުރުމަށް އަދުރޭ އެއްބަސްވެއްޖެއެވެ.
އަދުރޭ މިކަމަށް އެއްބަސްވީ ބަދަލުގައި މަޖިލީހުގެ ރައީސްކަން އަދުރޭއަށް ލިބޭ ގޮތަށެވެ. މިކަމަށް އެއްބަސްވެ މުއިއްޒުއާއި އަދުރޭ މިހާރު ވަނީ ޑީލެއް ހަދާފައެެވެ.
ފައިސަލްއަކީ މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ ވަޒީރެވެ. ހާއްސަކޮށް މަގާމާ ހަވާލުވުމަށްފަހު ރާއްޖޭގެ އަގު ވެއްޓޭގޮތަށް އެތައް ކަމެއް ފައިސަލްއާއި ފައިސަލްގެ ބެލުމުގެ ދަށުން ތިބި މީހުން ކުރަމުން ދާތީ ގިނަ ބަޔަކު ވަނީ ފައިސަލްގެ އިސްތިއުފާއަށް ގޮވާލާފައެވެ.
ފައިސަލްގެ ކިބައިގައި އާދައިގެ އިނގިރޭސި ބަހުން ވާހަކަ ދެއްކުމުގެ ފެންވަރުވެސް ނެތުމުގެ ސަބަބުން ފަތުރުވެރިކަމުގެ ބައިނަލްއަގްވާމީ މާކެޓުގައި ރާއްޖޭގެ އަގު ވެއްޓޭކަމަށް ގިނަ ބަޔަކު ދެކެއެވެ. ފައިސަލްއަށް އެ މަގާމު ލިބުނީވެސް އަދުރޭގެ ދަރިއަކަށް އޭނާ ވުމުންނެވެ. އިތުރު އެހެން އެއްވެސް ސަބަބެއް ނެތެވެ.
މުއިއްޒުއާއި އަދުރޭ މިފަދަ ޑީލްއަކަށް ދާން މިޖެހުނީ އަމާޒުވި ފާޑުކިޔުންތައް ގިނަވުމުގެ ސަބަބުންކަމަށް ބެލެވެއެވެ. އެމްއެމްޕީއާރްސީގެ ބޯޑު މެމްބަރު ނޫރެއިން ޖަނާހު އިސްތިއުފާ ދިނުމާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގް ވަކި ކުރުމާއެކު ފައިސަލްގެ މަގާމު ގެއްލުމުގެ ފުރުސަތުވެސް ވަރަށް ބޮޑެވެ. ނޫރެއިން މުއިއްޒުއަށް ފޮނުވި ރިޕޯޓުގައި ފަތުރުވެރިކަން ބޮއްސުން ލައިގެން ގޮސްފައިވާކަމުގެ އެތައް ވާހަކަތަކެއް ހިމަނާފައިވެއެވެ.
0%
0%
0%
0%
0%
މުއިޒު
24 މޭ 2024
🤣💀💀
ފާތުން
23 މޭ 2024
ނޫނޭ މިސަރުކާރުގަ ތިބޭނީ ދަސްކިޔައިގެން ތިބި މީހުން😀
މުއިއްޒު
23 މޭ 2024
މުއިއްޒަށް ވެރިކަން ދިނީވެސް އަދުރޭ. އަދި ވެރިކަން ނަގާލާނީބެސް ހަމަތިޔަ ޓިނުއަދުރޭ! މާކް މައި ވޯރޑްސް
މުޖުތާޒު
23 މޭ 2024
މިއީ ކޮންމެހެން ވަކިމީހަކައްވެ ދައްކާވާހަކައެއްނޫން ނަމަވެސް ޓޫރިޒަމް މިނިސްޓަރަކީ އިންޓަނޭޝަނަލް ބޮޑެތި ފޯރަމް ތަކުގަ ޓޫރިޒަމްއާ ބެހޭގޮތުން ބައިވެރިންނައް މައުލޫމާތު ފޯރުކޮއްދޭން ޖެހޭފަރާތް އެހެންވީމަ އެމިނިސްޓްރީގަ މިނިސްޓަރަކައް ހުންނަން ޖެހޭނީ ޕްރޮފަޝަނަލް ކޮއްމައުލޫމާތު ދެވޭވަރު ބޭފުޅެއް
20 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
2 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4