ބީޖޭޕީގެ ވެރިން އަދި މަންތިރީ މޯދީ ރުއްސަން، ސަރުކާރުގެ މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ތައްޔާރުވެއްޖެ
ބީޖޭޕީގެ ވެރިން އަދި މަންތިރީ މޯދީ އަދި ނަޝީދުގެ ޖަމިއްޔާ ރުއްސަން، ސަރުކާރުގެ މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ތައްޔާރުވެއްޖެއެވެ. އަދި މާދަމާ ކުރަށްވާ ރަސްމީދަތުރުފުޅުގައި މިކަމަށް މަސްވަރާ ކުރަށްވާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ބުލީކުރަން ލައިސެންސްއެއް މިފަހަރު މުއިއްޒު ހޯދަނާނެއެވެ.
ސަރުކާރަށް ވާގިވެރިވާނެ އެއްވެސް ކޮޅެއް ނެތުމުގެ ސަބަބުން ސަރުކާރުގެ ޕްރޮޖެކްޓްތަވެސް ވަނީ ކުރިއަށް ނުގެންދެވިފައެވެ. ބޮޑު ޕްރޮޖެކްޓްގެ ގޮތުގައި ފެށި ރަސްމާލެ ޕްރޮޖެކްޓްވެސް އެއޮތީ ހުއްޓިފައެވެ. ބޭރުގެ އެއްވެސް ގައުމަކުން ސަރުކާރާ ރަނގަޅު ގުޅުމެއް ނެތެވެ. އެއްވެސް ގައުމަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭންވެސް ބޭނުންނުވެއެވެ.
އެގޮތުން އިންޑިޔާގެ ރުހުން ހޯދުމަށް ރައީސް ނަޝީދުގެ ބައެއް މީހުންނަށް ސަރުކާރުން މަގާމުތައް ދޭން މިވަނީ ޖެހިފައެވެ. ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ޑިމޮކްރެޓްސްއާއެކު ހެދި ޑީލްގެ ތެރެއިންވެސް ނަޝީދުގެ މީހުންނަށް މަގާމުތައް ހައްގުވެއެވެ.
ސަރުކާރަށް ދެން އެންމެ އަވަހަށް ގެންނާނެ ބަދަލަކީ އީވާއަށް ފޮރިން މިނިސްޓަރުކަން ދިނުމެވެ. މިކަމުގެ ސަބަބުން ސަރުކާރު ޕާޓީގެ ވަޓްސްއެޕް ގުރޫފު ތެރޭގައި އޮތީ ހުޅު ރޯވެފައެވެ. ޕީޕީއެމް ޕީއެންސީ އިން މަގުމަތިވެފައި އޮތްއިރު ބެވި މީހުންނަށް ބޮޑެތި މަގާމުތައް ދިނުން އެމީހުންނަށް ކަމަކު ނުދެއެވެ.
އެހެންނަމަވެސް މިއަދު މުއިއްޒުއަށް އިތުރު ގޮތެއް ނެތެވެ. ސައުދީގެ ރުހުން ލިބެން އޮތީވެސް އިންޑިޔާ ރުއްސައިގެންނެވެ.
ސަރުކާރަށް އެވެސް ފަންޑެއް ސެކުއާ ވެފައި ނުވާއިރު، ސައުދި އަރަބިއްޔާއަށް ކުރި 6 ދަތުރު ކުރިއިރުވެސް ދިޔައީ ޗޮކުންނެވެ. އިންޑިއާގެ ރުހުމާައި ނުލާ ސައުދީން ވަނީ ފަންޑުކުރަން އިންކާރު ކޮށްފައެވެ. ކުވޭތު ފަންޑުން ވަނީ ދިން އެހީތައް ވެސް ވަނީ ހޯލްޑު ކޮށްފައެވެ.
އެހެންކަމުން ނަޝީދުގެ ރުހުން ހޯދައި އިންޑިޔާ އާއި ސައުދީގެ ރުހުން ހޯދަން ސަރުކާރުގެ މަގާމުތަކަށް ބަދަލު ގެންނަން މުއިއްޒު ހުރީ ތައްޔާރަށެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4