ބޮސްނިއާގެ އެތައް ހާސް މުސްލިމުންގެ ގަތުލުއާންމު ބަލައިނުގަނެ އެއާ ދެކޮޅަށް ވޯޓު ދިން ހަމައެކަނި އިސްލާމީ ގައުމަކީ ދިވެހިރާއްޖެ - ރައްޔިތުންގެ އުދާސްތައް ބަންޑުންކޮށްލައިފި، ސަރުކާރާއި ސަލަފު ހިމޭނުން

Bosnia ge ethah haas muslimun ge gathulaammu balai nuganey eaa dhekolhah vote dhin hamaekani Islaamee gaumakee Dhivehi Raajje - Rayyithunge udhaas thah bandun kollaifi, Sarukaaraai salaf himeynun

ބޮސްނިއާގެ އެތައް ހާސް މުސްލިމުންގެ ގަތުލުއާންމު ބަލައިނުގަނެ އެއާ ދެކޮޅަށް ވޯޓު ދިން ހަމައެކަނި އިސްލާމީ ގައުމަކީ ދިވެހިރާއްޖެ - ރައްޔިތުންގެ އުދާސްތައް ބަންޑުންކޮށްލައިފި، ސަރުކާރާއި ސަލަފު ހިމޭނުން

0

ބޮސްނިއާގެ އެތައް ހާސް މުސްލިމުންގެ ގަތުލުއާންމު ބަލައިގަންނަން ނުފެންކަމަށް ބުނެ، އެއާ ދެކޮޅަށް ވޯޓު ދިން ހަމައެކަނި އިސްލާމީ ގައުމަކީ ދިވެހިރާއްޖެ އެވެ. 

މިކަމާ މެދު ހިތްހަމަ ނުޖެހި އެތައް ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔައި އެކަމާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. ރާއްޖެއިން ވޯޓު ދިނީ ވަކި ގޮތަކަށް ވޯޓު ދޭން ނުފެންނަކަމަށެވެ. މިގޮތަށް ކަންކުރީ ޗައިނާއިން އަންގައިގެންކަން ވަރަށް ސާފެވެ. ޗައިނާއިން ވަނީ މިކަމަށް ފާޅުގައި ނޫނެކޭ ބުނެ ވޯޓު ދީފައެވެ. ރާއްޖޭގެ ފޮރިން ޕޮލިސީއަކީ މިހާރު މިނިވަން އެއްޗެއް ނޫނެވެ. ފޮރިން ޕޮލިސީ އޮތީ ޗައިނާއަށް ވިއްކާލާފައެވެ. 

ގިނަ ބަޔަކު އަންނަނީ މީގެ އަހަރުތަކެއް ފަހުން ފަލަސްތީނުގެ މައްސަލާގައި ގޮތެއް ނިންމުމާ ހަމައަށް ދާއިރު ރާއްޖެއިން ކަން ކުރާނީ މި އުސޫލުންތޯ ސުވާލު އުފައްދަމުންނެވެ. މީގެ ތެރޭގައި ބޮސްނިއާގައި ހިނގާދިޔަ އަނިޔާ ތަހައްމަލު ކުރަން ޖެހުނު މީހެއްގެ ދިވެހި ދަރިންތަކެއް ވެސް ހިމެނެއެވެ. އެ ދިވެހި ދަރިންނަށް މުއިއްޒު ދޭން އޮތް ޖަވާބަކީ ކޮބައިތޯއެވެ؟

އެމްޑީޕީގެ ޑެޕިޔުޓީ ޗެއާޕާސަން އިބްރާހިމް ވަހީދުވެސް ވަނީ މި ގަރާރަށް ވޯޓު ނުދެއްވައި މުސްލިމުންގެ ހައްގުތަކޭ ކިޔައިގެން ވާހަކަ ދެއްކުމަށް ފޮރިން މިނިސްޓަރު ޒަމީރު ލަދު ނުގަނޭތޯ ސުވާލު ކުރައްވާފައެވެ. 

މީގެ އިތުރުން، މިކަމުގައިވާ ސިއްރު ޑީލްތަކަކީ ކޮބައިތޯ އުނގޫފާރު ދާއިރާގެ މެމްބަރު އަދި ފާރިޝް މައުމޫން މެންފަދަ ބޭފުޅުން ސުވާލު ކުރައްވައެވެ. 

ސިއްރު ޑީލްވެސް މިހާރު އޮތީ ތިލަވެފައެވެ. ޒަމީރު ސާބިޔާގެ އިސްވެރިން އަތުން ރިޝްވަތު ނެންގެވީއެވެ. 

އެތައް ހާސް މުސްލިމުން ގަތުލުކުރި ހާދިސާއެއް ފާހަގަކުރުމަށް ބޭނުން ނުވާކަމަށް ވޯޓު ދިން ހަމައެކަނި މުސްލިމް ގައުމަކީ ރާއްޖެއެވެ. މުއިއްޒު ގެންނަން ބޭނުންވި ދިވެހީންގެ ރާއްޖެއަކީ މިއީ ހެއްޔެވެ؟

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

2

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4