ބޮސްނިއާގެ ގަތުލްއާންމު ބައިނަލްއަގްވާމީގޮތުން ފާހަަގަކުރުމަށް ނެގި ވޯޓުގައި ރާއްޖެއިން ވަކި ކޮޅަކަށް ނުޖެހުނު - އެކަން އެގޮތަށް ކުރީ ޗައިނާއިން އަންގައިގެން
ބޮސްނިއާގެ ގަތުލްއާންމު ބައިނަލްއަގްވާމީގޮތުން ފާހަަގަކުރުމަށް ނެގި ވޯޓުގައި ރާއްޖެއިން ވަކި ކޮޅަކަށް ވޯޓު ދޭން ނުފެންނަކަމަށް ވޯޓު ލައިފިއެވެ.
ރާއްޖެއިން މިކަން ކުރީ ޗައިނާއިން އަންގައިގެންނެވެ. ޗައިނާއިން ވޯޓު ދިނީ ބޮސްނިއާގެ ގަތުލްއާންމު ބައިނަލްއަގްވާމީގޮތުން ފާހަަގަކުރުމަށް ނުފެންނަކަމަށެވެ.
ބޮސްނިއާގެ ގަތުލުއާންމު ބައިނަލްއަގްވާމީގޮތުން ފާހަގަކުރުމަށް ފެންނަކަމަށް 84 ގައުމަކުން ވޯޓު ދިނެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، އިޓަލީ އަދި ޖަޕާން ފަދަ ގައުމުތައް ހިމެނެއެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 19 ގައުމަކުންނެވެ. ވަކި ގޮތަކަށް ނުފެންނަކަމަށް 68 ގައުމަކުން ވޯޓު ދިނެވެ. ރާއްޖެ ހިމެނެނީ އޭގެ ތެރޭގައެވެ.
ޗައިނާއިން އެދިގެ ރާއްޖެއިން ވޯޓު ދިނީ ބޮސްނިއާގެ ގަތުލްއާންމު ބައިނަލްއަގްވާމީގޮތުން ފާހަަގަކުރުމަށް ނުފެންނަކަމަށް
މި ވޯޓަކީ އެ ގައުމުގައި 1995 ވަނަ އަހަރު ހިނގައިދިޔަ ގަތުލްއާންމު ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުވަހެއްގެ ގޮތުގައި ޖުލައި 11 ވަނަ ދުވަސް ފާހަގަ ކުރުމަށް ފެންނަކަމަށް ނުވަތަ ނޫންކަމަށް ނެގި ވޯޓެކެވެ.
ޗައިނާއިން އަންގައިގެން މިކަން މިގޮތަށް ކުރުމަކީ ދިން ނުރައްކާތެރި ސިގްނަލެކެވެ. މިހާރުވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި އެކި ގަތުލްއާންމުތައް ހިންގަމުންދާއިރު، ހާއްސަކޮށް މުސްލިމުންނަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތައް ދެމުންދާ ޒަމާނެއްގައި ވަކި ގައުމަކުން އަންގައިގެން މިފަދަ ގޮތަކަށް ވޯޓު ދިނުމަކީ ނުރައްކާތެރި ކަމެކެވެ.
ދިވެހިންނަށް ހޯދައިދިން ދިވެހީންގެ ރާއްޖެއަކީ މިއީހެއްޔެވެ؟
0%
0%
0%
0%
0%
9 ގަޑިއިރު ކުރި
0
10 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4