ދައުލަތުގެ ހަރަދުގެ 77 އިންސައްތައަކީ ރިކަރަންޓު ހަރަދު، އަދިވެސް ސިޔާސީ މަގާމުތައް ވަނީ އިތުރު
ދިވެހިރާއްޖެ އޮތީ ދަރަނިވެރިވެފައި ކަމަށް ބުނެ އާންމުންނަށް ދޮގު ހަދައި އޮޅުވާލައި ވެރިކަމަށް އައުމަށްފަހު ކުރާ ހަރަދުތަކުން އެއީ ދޮގެއްކަން މިހާރު ވަރަށް ސާފުކޮށް ހާމަވެއެވެ.
ދައުލަތް ދަރަނިވެރިވުމުން ކަމަށް ބުނެ އެއްވެސް ހަރަދެއް ކުރުން ދޫކޮށްލާފައެއް ނުވެއެވެ. ކުރާ ދަތުރުތަކެއް މަދެއް ނުވެއެވެ.
ލޯނަަށް ކުރި ހޭދަ ނުހިމަނައި ދައުލަތުގެ ހަރަދު މި އަހަރުގެ މި މުއްދަތުގައި މިހާރުވެސް ހުރީ 12.6 ބިލިއަން ރުފިޔާގަ އެވެ.
މީގެ ތެރެއިން 9.7 ބިލިއަން ރުފިޔާ (77 ޕަސެންޓް) އަކީ ރިކަރަންޓް ހަރަދެވެ. އެ ގޮތުން މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް 3.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް 6.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
25 ޕަސެންޓަކީ ސަރުކާރަށް އަލަށް އައްޔަން ކުރި މީހުންގެ ގޮނޑި މޭޒަށް ކޮށްފައިވާ ހޭދައެވެ. އޭގެ ތެރޭގައި ބިއްހގަނޑު ޖެހުމާއި އޮފީސް ކިއުބިކަލް ހެދުން ހިމެނެއެވެ.
މުއިއްޒުގެ މި ވެރިކަމަކީ އެންމެ ސިޔާސީ މަގާމުތައް ގިނަ ވެރިކަމެވެ. ކޮންމެ މިނިސްޓްރީއަކަށް އެތައް ޑެޕިޔުޓީ މިނިސްޓަރުންނެއް އައްޔަންކޮށްފައިވާއިރު ބައެއް މުއައްސަސާތަކުގެ ޑެޕިޔުޓީ މިނިސްޓަރުންގެ މުސާރައަށް އެކަނިވެސް ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަވެއެވެ.
މުއައްސަސާތަކުގެ ޑެޕިޔުޓީ މިނިސްޓަރުންގެ ރަސްމީ އަދަދެއް ރައީސް އޮފީހަށް ހާމަނުކުރެވޭއިރު ރައީސް އޮފީހުގެ ވެބްސައިޓުގައިވެސް މި އަދަދުތަކާއި މީހުންގެ ތަފްސީލް އަދާހަމަކޮށްފައެއް ނުވެއެވެ.
0%
0%
0%
0%
0%
10 ގަޑިއިރު ކުރި
0
11 ގަޑިއިރު ކުރި
0
2 މާރިޗު 2026
0
25 ފެބުރުވަރީ 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4