ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާއިން ޒަރޫރީ ބޭނުންތަކަށް އެކްޕޯސްޓު ކުރާ މިންވަރު އިތުރުކޮށް ދީފި - މިފަހަރު ވަށަފަރު މުއިއްޒު އެ ޖެއްސެވީ އުނބަށް
އިންޑިއާއިން ރާއްޖެއަށް ޒަރޫރީ ބޭނުންތަކަށް އެކްޕޯސްޓު ކުރާ މިންވަރު އިތުރުކޮށް ދިނުމަށް އެދި ވަށަފަރު މުއިއްޒު އުނބަށް ޖައްސަވައިފި އެވެ.
އިންޑިޔާއިން އެއްވެސް ކަމެއްގައި އެހީ ނުހޯދާނެ ކަމަށާއި އިންޑިޔާ އާއެކު އޮންނަ ގުޅުން ހީނަރު ކުރުމަށް އެތައް މަސައްކަތެއް ކުރުމަށް ފަހު މުއިއްޒު އެންމެ ފަހުން ދާން މިޖެހުނީ ހަމަ އިންޑިޔާ ގާތަށެވެ.
ތުރުކީއަށް ކުރި ދަތުރަށް ފަހު ދިވެހިން ދެން ކާނީ މޮޅު ކޮލިޓީ ކާޑުގެ ބާވަތްތައް ކަމަށް ބުނެވެސް އެތައް ފޮންޏެއް ކެނޑިއެވެ. ތުރުކީގެ މޮޅު ކޮލިޓީ ކާޑަށް ވީ ކިހިނެއް ހެއްޔެވެ؟
ޒަމާނުއްސުރެ ރާއްޖެ އާއި އިންޑިޔާއާ ގާތް ގުޅުން އޮތީ ކީއްވެގެންކަން އަދިވެސް މުއިއްޒުއަށް ނުވިސްނެއެވެ. އެއީ ކޮންމެ ގޮތަކުން ބެލިޔަސް ރާއްޖެއާ އެންމެ އަވަށްޓެރި އެންމެ ގާތް ގައުމެވެ. ދިމާވާ ބޮޑެތި ކާރިސާތަކުގައި ވެސް އެންމެ ފަސޭހައިން އަވަހަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތީ އިންޑިޔާއަށެވެ. އެކަން އެގޮތަށް ހިނގާފައިވެސް އެބަހުއްޓެވެ.
ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ބިސް، އަލުވި، ފިޔާ ، ހަނޑޫ، ހަކުރު އަދި ފުށް ރާއްޖެއަށް އެކްސްޕޯޓް ކުރާ ކޯޓާގެ މިންވަރު 5 އިންސައްތަ މިވަނީ އިތުރުކޮށްފައެވެ.
މިދިޔަ އަހަރު އިންޑިޔާއިން ހަނޑޫ، ހަކުރު އަދި ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލުމަށްފަހު ވެސް އިންޑިޔާއިން ދިޔައީ ރާއްޖެއަށް އިންޑިޔާގެ ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުން އެ ބާވަތްތައް ދޫކުރަމުންނެވެ.
މިއަދު މުއިއްޒުގެ ކެބިނެޓް މިނިސްޓަރުން މިފަދަ ކަންކަން އިންޑިޔާއިން ކޮށްދެނީ އޮތް ގާތް ގުޅުމުގެ ސަބަބުންކަމަށް ބުނަން ލަދު ގަންނަން ޖެހެއެވެ. އިންޑިޔާއަށް މަލާމާތްކޮށް ޖެހިގަންނަން ކުރި މަސައްކަތް މިހާރު ހަނދާން ނެތުނީތޯ އެވެ؟
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4