ދިވެހިންގެ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ޤާނޫނާއި ހިލާފަށް މަސްވެރިކަން ކުރި އިންޑިއާ ބޯޓެއްގެ 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ ރައީސް އޮފީހުން މައާފުކުރީ ގާނޫނާ ހިލާފަށް!
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި އިންޑިޔާ ބޯޓު (ހޮލީ ސްޕިރިޓް)ގެ ޖޫރިމަނާ މައާފްކުރީ ގާނުނާ ހިލާފަށްކަން ހާމަވެއްޖެއެވެ.
ރައީސް އޮފީހުގެ ކުރީގެ އަންޑާ ސެކްޓަރީ މައުރޫފު ވެސް ވަނީ މިކަން ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެފައެވެ.
ދިވެހީންގެ ރާއްޖޭގެ ސަރުކާރުން މައާފްކޮށްދީފައި މިވަނީ 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާއެކެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި މި ޖޫރިމަނާ މައާފްކޮށްދީފައިނުވަނީ ޖޫރިމަނާ މައާފްކުރާނަމަ ޖޫރިމަނާކުރުމުގެ ބޭނުން ކެނޑޭތީއެވެ. އަދި މިކަމަކީ ރައީސަށް ލިބިދީފައިވާ ބާރަކަށް ނުވާތީއެވެ.
މި ފައިސާ ހޯދަން ފިސަރީސް މިނިސްޓްރީން ވަނީ ސިވިލް ކޯޓުގައި ދައުވާވެސް ކޮށްފައެވެ. ނަމަވެސް މި ހިނގާ މެއި މަހުގެ 10 ވަނަ ދުވަހު ސަރުކާރުން ވަނީ ސިއްރިއްޔާތުގައި އެބޯޓު ފުރުވާލާފައެވެ.
ރައީސަށް ގާނޫނުން ބާރު ލިބިދީފައިވަނީ "ޖިނާއީކުށްތަކުގައި ހުކުމްކޮށްފައިވާ، އިސްތިއުނާފް ކުރުމުގެ އިތުރު ފުރުސަތެއް ނެތް މީހުންގެ ތެރެއިން، ވަކިވަކި ފަރުދުންގެ ކުށަށް ގާނޫނުގައިވާ ގޮތުގެމަތީން މަޢާފް ދިނުމާއި، އަދަބު ލުއިކޮށްދިނުން،" މި މިންވަރަށެވެ. އިންޑިޔާ މަސް ބޯޓެއްގެ ޖޫރިމަނާ މައާފްކުރުމަކީ ރައީސަށް ލިބިދީފައިވާ ބާރެއް ނޫނެވެ.
މި މައްސަލަ މިހެން އޮއްބާލަން ދިވެހީންގެ ރާއްޖޭގެ ސަރުކާރުން ނިންމިއިރު، އިންޑިޔާ ފައިބުޑަށް ވެއްޓޭކަމަށް ބުނެ ފާޑުކިޔަމުން ދިޔައީ ކުރީ ސަރުކާރަށެވެ. އެހެންނަމަވެސް ކުރީ ސަރުކާރުން މައާފުނުކޮށް އޮތް ޖޫރިމަނާއެއް މި ސަރުކާރުން މައާފްކޮށްދިނުމަކީ އެއީ ކީއްވެ ކުރި ކަމެއް ހެއްޔެވެ؟ އެތައް ގޮތަކުން އިންޑިޔާއާ ޖެހިގަތުމަށްފަހު އިންޑިޔާގެ ރުހުން ހޯދުމަށް ހެއްޔެވެ؟
ރުހުން ހޯދަނީ ގައުމުތަކާ އެކުވެރިކަން ބަދަހިކޮށް ބުލީ ކުރުމާ ދުރުވެގެންނެވެ. މިހެން ގާނޫނުން ލިބިދީފައި ނެތް ބާރުތައް ބޭނުންކޮށްގެނެއް ނޫނެވެ.
މި މައްސަލާގައި ނާޖާއިޒު ފައިދާއެއް "ޖަޔަބަލަން އިންޑިއާ" އިން ނެގީ ކަމަށް ތުހުމަތުކުރެވެއެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4