720 މިލިއަން ހަރަދުކޮށްފައި ގެނައި ސާޗް އެންޑް ރެސްކިއު ޑްރޯން ބޭނުން ނުކުރެ
ކ.ތިލަފުށިން ފުރައިގެން މ. އަތޮޅަށް ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދަން ކުރާ މަސައްކަތުގައި ބޭނުންކުރަނީ މޯލްޑިވިއަންގެ ބޯޓެއްކަން ހާމަވެއްޖެއެވެ.
ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދިޔަ “AAA-37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްގެ ޚަބަރެއް ނުވެގެން، އެ ދޯނި ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މިކަން މިހެން ކުރަމުންދާއިރު 3 މިލިއަން ޑޮލަރު (720 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ޑްރޯންތަކެއް ގަތް ވާހަކަ ދެއްކީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އަވަސް އަރުވާލައި ގަތް ޑްރޯންތަކުގެ ކަޓަށް މުއިއްޒުގެ ޖީބަށް 324 މިލިއަން ރުފިޔާ ވެއްދިއެވެ.
މީގެ ކުރިން ކުއްޖަކު ގެއްލިގެން ހޯދަން ކުރި މަސައްކަތުގައިވެސް މި ސަރުކާރުން ފަރުވާކުޑަ ކޮށްފައިވާތީ އެކަމަށް ގިނަ ބަޔަކު ވަނީ ނުރުހުން އަމާޒުކޮށްފައެވެ. އެ ފަހަރު އެހީ ނުހޯދާ މަޑުކުރީ އިންޑިޔާގެ އެހީ ހޯދައި އިންޑިޔާ މީހުން ލައްވައި ޑޯނިޔާ މަތިންތާބޯޓު ދުއްވަން ޖެހޭތީއެވެ.
އިންޑިޔާގެ އެހީގައި ޑޯނިޔާ ނުދުއްވުމަށް މިގެނައި ޑްރޯންތަކުގެ ބޭނުން ދެން ކުރާނީ ކޮން އިރަކުން ހެއްޔެވެ؟ އެއީ ކީއްކުރަން ގެނައި ޑްރޯން ތަކެއް ހެއްޔެވެ؟ ނަމަކަށް އިންޑިޔާ ސިފައިން މިތަނުން ބޭލުމަށް ހެއްޔެވެ؟
0%
0%
0%
0%
0%
ދޮންއަމާ ފުއި
18 މޭ 2024
އަމާ ފުޔޭ ކިޔާބަލަ. ކަލޭމެންގެ ތިޔަ ލިޔުންތަކުން އެނގެނީ ކަލޭމެންނަކީ ތަންދޮރު ނުދަންނަ ރުނޑިންކަން. ކަނޑާ ވައިގެ ތެރޭ ކަލޭމެން ބޭނުން އުޅަނދެއްގަ ދަތުރު ކުރެވޭނެ ދޯ ގަދަ ވިއްސާރައާއި ގަދަ ވައި ޖެހޭއިރު؟
އިސްކުރުބެ
18 މޭ 2024
ބަލަ ޑްރޯންތަކުން އެކަނިތަ ގެއްލޭ ދޯނި ހޯދަން ދުއްވަން ޖެހެނީ ހާދަ ވަރެއްއަރާލާ ގޮލްއެއްދޯ މި ދޮންއަމަޔަކީ ކަލޯ ފެލިފެލި ހުންނަންޖެހޭނީ މަޖިލިސްވެސް އެއޮތީ ތިހެން ވައްވައްޖަހަން ހުއްޓާ ބޮޑުތަނުން ނަގާފަ ދެންހަޖަމްކޮށްލާގެ މި 5 އަހަރު ހުރެވޭތޯބަލާ. ދެން ލަލަލާ.
ދޮން އަމާ 2
18 މޭ 2024
އެކްސް ކިއުސްމީ ސާރ. 3 މިލިއަން ޑޮލަރަކީ 720 މިލިއަން ރުފިއާ ނަމަ މަގޮލާ އޮންނާނީ އެކޮޅުކޮޅުން.
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4