ޔޫތު މިނިސްޓުރީއިން 6 މޮނީޓާރ އާއި 2 ސީޕީޔޫގެ އިތުރުން 65 އިންޗީގެ ޓީވީއެއް ވަނީގެއްލިފަ
ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލާއެކު ކުރިން ހިންގަމުން ދިޔަ ޔޫތު މިނިސްޓްރީގެ ބަދަލުގައި އުފެއްދީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމެންޓު، އިންފޮމޭޝަން އެންޑު އާޓްސް އެވެ.
އެހެންވެ، ކުރިން ޔޫތު މިނިސްޓްރީގެ ބައެއް ސެކްޝަންތަކާއި މުވައްޒަފުން، އަލަށް އުފެއްދި ދެ މިނިސްޓްރީ އަށް ބަހައިލި އެވެ. އެ ބަދަލުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ހަރުމުދާ ވީނުވީއެއް ނޭނގި ގެއްލިފައިއެވެ. މިހާ މި މައްސަލަވަނީ ފުލުހުންގެ އިދާރާއަށް ހުށައަޅައިގެން، ތަހުގީގުކުރަމުންނެވެ.
ދޮންއަމައަށް މައުލޫމާތު ލިބުނު ގޮތުގައި މިކަން ހިނގިކަށް މިނިސްޓަރީ ސިރުކުރަން މަސައްކަތް ކުރިނަމަވެސް، މިކަންވަނީ އާންމުންނަށް ފަޅާއަރާފައެވެ. އެހެން އަސްލު މި މައްސަލަ ފުލުހުންނަން ހުށަހެޅީ، ގެއްލުނު ސާމާނު ތަކުގެ ތެރޭގައި އަގުބޮޑު 6 މޮނީޓާރ އާއި 2 ސީޕީޔޫ ގެ އިތުރުން 65 އިންޗީގެ ސުމާޓު ޓީވީއެއްވެސް ވަނީގެއްލިފައެވެ. މީގެ އިތުރުން ދޮންއަމާއަށް މައުލޫމާތު ލިބުނު ގޮތުގައި މިނިސްޓުރީގައި ހުރި ސީސީޓީވީ ކެމެރާގެ ފޫޓޭޖުވެސް ވަނީ ވުޖޫދުން ގެއްލިފައެވެ. މި ދިޔަ ނުވެންބަރު މަހުގެ ފަހުކޮޅު ހިންގި މި ޖަރީމާގެ ހަބަރު ސިއްރުކުރުމަކީވެސް އިހްމާލެކެވެ. ވައްކަމުގައި ބައިވެރިވުމެކެވެ.
ޑރ. މުއިޒުގެ ސަރުކާރުގެ ވައްކަމުގެ ލިސްޓު މިދަނީ ދިގުވަމުންނެވެ. އެވާޙަކަދައްކާ ކޮންމެ ނޫހަކާއި މީހަކުގެ އަނގަމަތީ އަތްއަޅާ، ހުއްޓުވަށް މަސައްކަތް ކުރަމުންދާތީ ސަރުކާރައް ފާޑުކިޔުން މިދަނީ އިންތިހާއަށް އިތުރުވަމުންނެވެ. މީއީ އެބުނާ ދިވެހިންގެ ރާއްޖެތޯ؟ މިހާވަރުން ދާނަމަ މާކުރަތު ހޮޅުއަށީގައި އަރާމުކޮށްލަން އޮންނަ އާދަމްބެގެ ދުފާ މަޑިސީލަވެސް ވަގައްނަގާފާނެ!
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4