އެތައް ގޮތަކުން އިންޑިޔާއާ ވިދިގަތުމަށްފަހު ވެސް ތަކުރާރުކޮށް މުއިއްޒުގެ ސަރުކާރުން އިންޑިޔާގެ ފައިބުޑަށް - މި ފަހަރު އެދުނީ 50 މިލިއަން ޑޮލަރުގެލޯނު ދެއްކުން ފަސްކޮށްދިނުމަށް
މުއިއްޒުގެ ސަރުކާރުން ވެރިކަމަށް އައުމަށްވެސް ޖެއްސި ސްޓަންޓަކީ އެންމެ އަވަށްޓެރި، ގާތް ގައުމުކަމަށްވާ އިންޑިޔާއާ ވިދިގަތުމެވެ. އެ ސްޓަންޓް ޖައްސައިގެން ވެރިކަމަށް އާދެވުނު ނަމަވެސް، ވެރިކަމަށް އައުމަށްފަހު މި ކުރެވުނީ ރަނގަޅު ކަމެއް ނޫންކަން މުއިއްޒުއާއި ސަރުކާރަށް ވެސް މިހާރު ރޭކާލައިފިއެވެ.
އިންޑިޔާ ނޫން އެހެން ގައުމުތަކާ ގާތް ގުޅުމެއް އުފައްދަން ކުރި މަސައްކަތްވެސް އޮތީ ފެއިލްވެފައެވެ. އެހެންކަމުން މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހީނަރުވެފައި އޮތް ގުޅުން ރަނގަޅު ކުރުމަށެވެ. އިންޑިޔާއާއި އޮތް ގުޅުން ހީނަރުކޮށްގެން ރާއްޖެއަށް ވާނެ ފައިދާއެއް ނެތްކަން ވިސްނިއްޖެއެވެ.
އިންޑިޔާއިން ނަގާފައި އޮތް 50 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ދިވެހި ސަރުކާރުން އެދުމުން އިންޑިޔާއިން މިހާރު އެކަން ވެސް ވަނީ ކޮށްދީފައެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ދާދި ފަހުން ވަނީ އިންޑިއާއަށް މަލާމާތްކުރުން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅުއްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އިންޑިޔާއާއެކު މަސައްކަތް ކުރުމަށް ބޭނުންވާކަމަށް ވެސް ވިދާޅުވިއެވެ.
އެންމެ ތިން ޑެޕިޔުޓީ މިނިސްޓަރުންގެ އަމަލުތަކާ ހުރެ ރާއްޖެއާއި އިންޑިޔާއާ ދެމެދު ގުޅުން ގޯސްވެފައި އޮތް އިރު އަދި މުޅި ދުނިޔޭގައި ރާއްޖެ ބަދުނާމުވިއިރު، އެ ތިން މީހުން މަގާމުން ސަސްޕެންޑް ކުރުމުންވެސް އެކަން ހުއްޓާލާފައެއް ނުވެއެވެ. އޭގެ ފަހުންވެސް އެތައް ގޮތަކުން އިންޑިޔާއާ މަލާމާތްކޮށްފައިވެއެވެ.
މީގެ އިތުރުން އިންޑިޔާގެ ފަތުރުވެރިން ރާއްޖެ އައުން މަދުވެފައިވާތީ އެކަމާވެސް ސަރުކާރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އިންޑިޔާ ފަތުރުވެރިންގެ މާކެޓު ރަނގަޅުކުރުމަށް މިހާރު ވަނީ މަސައްކަތް ފަށާފައެވެ.
އިންޑިޔާއާ ޖެހިގަތީ މިއިން އެއްވެސް ކަމަކާމެދު ވިސްނާފައެއް ނޫނެވެ. މިހާރު އެކަމުގެ ހިތި ފިލުވަން ޖެހިފައި މިއޮތީ ވެސް މުއިއްޒު އަމިއްލައަށެވެ. އެއްވެސް ގައުމަކާ ޖެހިގަތުމަކީ ރާއްޖެއަށް ފައިދާވާނެ ކަމެއްނޫންކަން އޭރުވެސް މިހާރުވެސް މުއިއްޒުއަށް ހަނދާންކޮށްދެމެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4