ހައްޖު ކޯޕަރޭޝަންގެ ވެރިން ރައްޔިތުންގެ ފައިސާގައި ބިޒްނަސް ކްލާހުން ދަތުރުކުރާ ވީޑިއޯއެއް އާންމުވެ، ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް!
ސައުދީ އަރަބިއްޔާގައި ހައްޖު ކޯޕަރޭޝަންގެ އިސްވެރިންތަކެއް ރޭލެއްގެ ބިޒްނަސް ކްލާހުގައި ދަތުރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާއަށް އާންމުވުމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އެ ކުންފުންޏަށް އަމާޒުވެއްޖެއެވެ. މި ވީޑިއޯ ސޯޝަލް މީޑިއާއަށް ލުމަށްފަހު، ފާޑުކިއުންތައް އަންނަން ފެށުމުން މިހާރު ވަނީ ޑިލީޓް ކޮށްލާފައެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ގިނަ ބަޔަކު ބުނަމުންދަނީ، އަމިއްލަ ޖީބުން ބޮޑު ހޭދައެއް ކޮށްގެން އުމްރާއަށްދާ އާންމު ރައްޔިތުން ރޭލުގައި އިކޮނޮމީ ކްލާހުގައި ދަތުރުކުރަން ޖެހޭއިރު، ރައްޔިތުންގެ ފައިސާއިން ކުންފުނީގެ ހަރަދުގައި ދާ ވެރިން ބިޒްނަސް ކްލާހުގައި ތިއްބެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. "މިއީ ރައްޔިތުންގެ ފައިސާ އިސްރާފުކުރުން. ރައްޔިތުންނަށް އޮތީ ގަރުދިޔައ އާއި ބަތް، ނަމަވެސް ވެރިން އުޅުއްވަނީ ނުހަނު އަރާމުގައި،" ފާޑުކީ މީހަކު ސޯޝަލް މީޑިއާގައި ލިޔެފައިވެއެވެ.
މީގެ އިތުރުން، މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މި ސަރުކާރުގެ ބައެއް ވެރިން މަގާމުތަކަށް އަންނަ ކޮންމެ ފަހަރަކު ހައްޖު ކޯޕަރޭޝަނާއި ޒަކާތު ފަންޑު ފަދަ މުއައްސަސާތަކުގެ ހިންގުން ގަޑުބަޑުވެގެންދެއެވެ. ދީނީ ކަންކަމުގެ ނަމުގައި ތިބެގެން ރައްޔިތުންގެ ފައިސާއަށް އިހުމާލުވަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އާންމުންގެ ފާޑުކިއުންތައް މިކަމަށް އަމާޒުވެފައިވަނީ، އިގްތިސާދީ ގޮތުން ދަތި ދުވަސްވަރެއްގައި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މިފަދަ އިސްރާފުތައް ކުރާތީއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ދީނީ ތާކިހަލެއްގެ ފަހަތުގައި ތިބެގެން ހިންގާ މިފަދަ ކަންކަމަކީ ރައްޔިތުން ބަލައިގަންނާނެ ކަންކަމެއް ނޫނެވެ. އަދި މިފަދަ "ޖަރީމާތައް" ހިންގާ ފަރާތްތަކާ މެދު ރައްޔިތުން ފަހުން ފިޔަވަޅު އަޅާނެ ކަމަށްވެސް ބައެއް މީހުން އިންޒާރު ދީފައިވެއެވެ.
0%
0%
0%
0%
0%
2 މާރިޗު 2026
0
2 މާރިޗު 2026
0
2 މާރިޗު 2026
0
2 މާރިޗު 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4