ސިފައިންނާއި ފުލުހުންނާއި ރިޓަޔާކޮށްފަވާ ސިފައިންނާއި ފުލުހުންނާ އާއިލީ ގޮތުން ގުޅުން އޮންނަ ފެނަކަ މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމަށްޓަކާ ބޮޑު މަޝްރޫއެއް އެ ކުންފުނިން ފަށައިފިއެވެ.
މިއީ ފެނަކަ މެނޭޖިންގް ޑިރެކްޓަރ ރިޓަޔަރޑް މޭޖަރ މުހައްމަދު ނަޖާހު (ހެޕީ މާކެޓް ނަޖާހު)ގެ ބެލުމުގެ ދަށުން އެ ކުންފުނިން ފެށި މަޝްރޫއެކެވެ.
އެ މަޝްރޫއު ހިންގަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ކުރީގެ ސިފައިންނާއި ސިފައިންގެ އާއިލާ މީސްމީހުންނަށް ފެނަކައިން ވަނީ ވަޒީފާ ހަމަޖައްސާދީފައެވެ. މީގެ ތެރޭގަ ކުންފުނީގެ އެންމެ އިސް މަގާމުތަކުން ފެށިގެން މެދުފަންތީގެ މަގާމުތައް ހިމެނެއެވެ.
ސިފައިންނާ އިނދެވަރިވެފަ ތިބޭ މުވައްޒަފުންނަށް ޕްރޮމޯޝަން ލިބެނީ ކައިވެންޏަށް ދަރިއަކު ހުރެއްޖެނަމަ ނުވަތަ ޕްރޮމޯޝަން ދޭން އެ ސިފައިންގެ މީހަކު ރުހޭނަމައެވެ.
އޭގެފަހުން މިހާރު ކުރިއަށްގެންދާ ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ތިބި ފެނަކަ މުވައްޒަފުންގެ ތެރެއިން ސިފައިންނާ އާއިލީގޮތުން ގުޅުންހުރި މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމަށްޓަކާ އެއީ ކޮން ބައެއް ކަން ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެކަން ކުރުމަށްޓަކާ މުވައްޒަފުންގެ މައިންބަފައިންނާއި އަނބިދަރިންގެ މައުލޫމާތު އަންނަނީ އެއްކުރަމުންނެވެ.
މައުލޫމާތު އެއްކުރަމުންދާވަރަކަށް ސިފައިންނާ އާއިލީގޮތުން ގުޅުންހުރި މުވައްޒަފުންނަށް މިހާރުވެސް އަންނަނީ ޕްރޮމޯޝަން ދެމުންނެވެ. އޭގެ ތެރޭގަ ނަޖާހުގެ ދުވަސްވީ ރައްޓެހިންނާ އެމީސްމީހުންގެ އަނބިދަރިން ހިމެނެއެވެ. އަދި ޑިފެންސް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ އިސް މަގާމުތަކުގައި ތިބި ބޭބޭފުޅުންނާ ގުޅުންހުރި މީސްމީހުންނާއި ޕީއެންސީއަށް ބައިއަތު ހިފާ މުވައްޒަފުންވެސް ހިމެނެއެވެ.
ނަމަވެސް ޕްރޮމޯޝަން ދިނުމާ މުސާރައަށް ބަދަލުގެނައުމާ އިތުރު މުވައްޒަފުން ނެގޭނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ.
މަޝްރޫއުގެ އެންމެ ފަހު މަރުހަލާޔަކީ ސިފައިންނާ އާއިލީ ގުޅުން ނެތް މުވައްޒަފުން ވަޒީފާއިން ކަނޑާލާ، ހުސްވާ ޖާގަތަކަށް ސިފައިންނާ ގުޅުންހުރި މީހުން ވެއްދުމެވެ.
ނަޖާހުއަކީ ސިފައިންގޭގައި ގިނަ ދުވަހު މަސައްކަތްކޮށްފަވާ ބޭފުޅަކަށް ވާތީ އޭނާގެ ހިތުގައި ސިފައިންނަށް ހާއްސަ ލޯތްބެއް އޮވެއެވެ. އެހެންވެ އޭނާ ބޭނުންވަނީ އެ ލޯބި ސިފައިންނާ އެމީހުންގެ އާއިލާ މީހުންނަށްވެސް ފޯރުކޮށްދޭށެވެ.
އެހެންކަމުން ތީ ސިފައިންގެ މީހެއް، ރިޓަޔާޑް ސިފައިންގެ މީހެއް ނުވަތަ ސިފައިންގެ މީހެއްގެ ރައްޓެއްސެއް، ދަރިއެއް، އަނބިދަރިއެއް ނުވަތަ އިނދެވަރިކޮށްފަ ހުރި މީހެއް ވިޔަސް ވީ އެންމެ އަވަހަށް ނަޖާހުއަށް އެކަން އަންގާލުމުން ރަނގަޅު ގޮތެއް ވާނެއެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4