އެމްޕީއެލް ބަނދަރުގައި ހުރި 3 ކޮންޓޭނަރުން 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ގެއްލިއްޖެ
އެމްޕީއެލް ބަނދަރުގައި ހުރި 3 ކޮންޓޭނަރުން 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ގެއްލިފައިވާ މައްސަލައާ ގުޅިގެން، އެތަންތާގެ އިސްވެރިން އިސްތިއުފާ ނުދިނުމާއި، މިސަރުކާރުން އެމައްސަލަ ތަހުގީގުކުރުމަށް ޖެހިލުންވަނީތޯ ރައްޔިތުން ސުވާލުކުރަން ފަށައިފިއެވެ. މިހާ ބޮޑު މައްސަލައެއްގައިވެސް ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅު ނޭޅުމަކީ ކަންބޮޑުވުން އުފެދޭ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ގެއްލިފައިވާ ސިނގިރޭޓުގެ އަދަދަކީ 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓެވެ. މިއީ ތިން ކޮންޓޭނަރަށް އަޅާފައި ހުރި ބޮޑު ޢަދަދެކެވެ. މިތަކެތި ހުރީ ކަސްޓަމްސް އާއި އެމްޕީއެލް ގެ ބެލުމުގެ ދަށުގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސަރަހައްދުގައެވެ. އެމްޕީއެލް އަކީ 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ، ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ ތަނެކެވެ. މިފަދަ ހަރުދަނާ ސެކިއުރިޓީގެ ދަށުގައި ހުރި ތަކެތި ގެއްލިފައިވުމަކީ، މިފަދަ ކުންފުނިތައް ހިންގުމަށް ހަވާލުކުރެވިފައިވާ ރިޓަޔާޑް ބްރިގޭޑިއަރުންނާއި، އިސްވެރިންގެ ޒިންމާދާރީއާ މެދު ސުވާލު އުފެދޭ ކަމެކެވެ.
ގިނަ ރައްޔިތުން ހާމަކުރާ ގޮތުގައި، ރައީސް މުޢިއްޒުގެ އިރުޝާދުގެ ދަށުން ނޫންގޮތަކަށް ސަރުކާރުގެ ކުންފުނިތަކުންވެސް ކަމެއް ނުކުރާކަމަށް ބެލެވޭއިރު، މިފަދަ ބޮޑު ކުށެއް ހިންގުމަށް މަގުފަހިވީ އެހެން އިރުޝާދެއްގެ ދަށުންތޯ ނުވަތަ ސިޔާސީ ފަރާތްތަކަށް ހަދިޔާއެއް ދިނުމަށް ކަމަށް ބެލެވެއެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ހިންގުނު އެންމެ ބޮޑު "ހެއިސްޓް" ނުވަތަ ވައްކަން ކަމަށް ގިނަ ފަރާތްތަކުން ސިފަކުރެއެވެ. މިހާ ބޮޑު ޖަރީމާއެއް ހިންގާފައިވާއިރުވެސް، ކަމާބެހޭ ވެރިން ވަޒީފާއަށް ނުކުންނަން ލަދުނުގަންނަނީތޯ؟ އެވެ.
މިމައްސަލަތަކާއި ގުޅިގެން ބައެއް ފަރާތްތަކުން ބުނަނީ، މިޤައުމު ކަޅުފައިސާގެ މަންޒިލަކަށް ވެގެންގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން ރައީސް މުޢިއްޒުގެ ޅިޔަނު ދައުލަތުގެ ނަމުގައި 3 ބިލިއަން ޑޮލަރު ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް ރިޕޯޓުތައް ބުނާއިރު، މިފައިސާ ރާއްޖެއަށް އެތެރެކުރުމުގެ ނުވަތަ ސުމަގަލް ކުރުމުގެ ވިސްނުމެއް މިސަރުކާރުގައި އަބަދުވެސް ހުރިކަމަށް ގަބޫލުކުރެވެއެވެ.
މިމައްސަލަ އަވަހަށް ތަހުގީގުކޮށް، ޒިންމާދާރު ފަރާތްތައް ޤާނޫނީގެ ކުރިމައްޗަށް ގެނައުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
0%
0%
0%
0%
0%
5 ގަޑިއިރު ކުރި
0
20 ސެޕްޓެންބަރު 2025
0
17 ސެޕްޓެންބަރު 2025
0
16 ސެޕްޓެންބަރު 2025
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4