ފާޑުކިޔުންތައް ހަޖަމުނުވެގެން އަނެއްކާވެސް ދޮންއަމާ ވެބްސައިޓް ބޭންކޮށްފި، "ދޮންއަމާ"އާ މެދު މުއިއްޒުގެ ހިތުގައި އޮންނަނީ ޒާތީ ނަފުރަތެއް
ފާޑުކިޔުންތައް ހަޖަމު ނުވާތީ ސަރުކާރަށް ފާޑު ކިޔާ ވެބްސައިޓުތައް އަނެއްކާވެސް ބޭން ކުރަން ފަށައިފި އެވެ.
އެގޮތުން "ދޮންއަމާ" ނަމުގައި ހިންގަމުން އައި ވެބްސައިޓް މިހާރު ވަނީ ބޭން ކޮށްފައެވެ.
"ދޮންއަމާ"އަށް މިހާރު ވަދެވެނީ ވީޕީއެން މެދުވެރިކޮށެވެ.
ވެރިކަމާ ހަވާލުވިތާ ދެ މަސް ނުވަނީސް ވެސް ސަރުކާރަށް ފާޑު ކިޔާ ވެބްސައިޓުތައް ބޭން ކޮށްފައިވެ އެވެ. އެ ވެބްސައިޓުތައް ބޭން ކުރީ ރަޖިސްޓްރީ ނުކޮށް ހިންގާތީ ކަމަށް ބުނެ އެވެ. އެހެންނަމަވެސް އެކަމާ ގުޅިގެން އެކި ފާޑުކިޔުންތައް އަމާޒުވާން ފެށުމުން އަލުން ވެބްސައިޓުތައް ހިންގޭ ގޮތް ހަދާފައިވެ އެވެ.
އޭރު ބޭން ކޮށްފައިވަނީ "ދިޔަވަރު"، "ކުރުސީ" އަދި "ފުރަތަމަ" ނޫހެވެ. ރަޖިސްޓަރ ނުކޮށް ހިންގާކަމަށް ބުނި ނަމަވެސް "ފުރަތަމަ" ހިންގަމުން ދިޔައީ ރަޖިސްޓްރީ ކުރުމަށް ފަހު އެވެ.
ސަރުކާރަށް ފާޑުކިޔާ ނޫސްތައް ބޭން ކުރުމަކީ ފިނޑި ސަރުކާރަކުން ކުރާނެ ކަމެކެވެ. އެއީ ފާޑުކިޔުންތަކާއި ރައްޔިތުންގެ ޝުއޫރުތައް ހަޖަމު ނުވާ ކަމުގެ ނިޝާނެކެވެ. ޑިމޮކްރަސީގެ ހަތަރު ވަނަ ބާރަކީ މިނިވަން ނޫސްވެރިކަމެވެ. އެހެންކަމުން މުއިއްޒުގެ ވެރިކަމުން މި ކުރާ ކަންކަމަކީ ޑިމޮކްރަސީއަށް ވެސް ހުރި ހުތުރެކެވެ.
ވެބްސައިޓުތައް މިހެން ބޭން ކުރުމަކީ އަދި ސަރުކާރަށް ފާޑު ކިޔުން ހުއްޓުވޭނެ ކަމެއް ވެސް ނޫނެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4