683 ޓެސްޓު ކުރެވުނުއިރު، އޭގެ ތެރެއިން 32 މީހުން ވަނީ ފައިލޭރިއާއާއި ޕޮސިޓިވެފަ
މިއަދު ހެލްތު ޕުރޮޓެކްސަން އޮތޯރިޓީއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ "ފައިލޭރިއާއާއި ބެހޭ މައުލޫމާތު އެނގިފައި ހުރުމަކީ މުހިންމު ކަމެއްކަމާއި މަދިރީގެ ޒަރީއްޔާ އިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށް މަދިރި އުފެދޭ ތަންތަނާއި ތަކެތި ނައްތާލުން މުހިންމު" ކަމަށެވެ.
ހެލްތު ޕުރޮޓެކްސަން އެޖެންސީ އިން މިފަދަ އިއުލާނެއްކޮށް ޕޯސްޓަރުތަކާއި އިސްތިހާރުތައް އާންމު މިކުރީ ފައިލޭރިއާ ބަލި ރާއްޖޭގެ އާބާދީ ބޮޑު ކުޅުދުއްފުށި އަދި ފުރަމާލެއިން ފެނުމުންނެވެ. މިއަދާ ހަމައަށް 683 ޓެސްޓު ކުރެވުނުއިރު، އޭގެ ތެރެއިން 32 މީހުން ޕޮސިޓިވެފައެވެ. އަޅުގަނޑުމެންގެ ދުއާ އަކީ މިމީހުންނަށް އަވަސް ސިފާއެއް ދެއްވުމެވެ.
މީގެ އިތުރުން މިއަދު ކުރި އެހެން އިއުލާނެއްގައި ވަނީ ކޮވިޑްގެ އައު ވެރިއެންޓެއް ރާއްޖެއިން ފެނި، ހަލުވި ސުޕީޑެއްގައި ފެތުރެމުން ދާކަމަށެވެ.
ފައިލޭރިއާ ޖެހެނީ، ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިންނެވެ. ފައިލޭރިއާ ޖެހިފައިވާ މީހެއްގެ ގައިން ކިއުލެކްސް މަދިރި ލޭ ބުއިމަށް ފަހު، އެހެން މީހެއްގެ ގައިގައި ހަމަ އެ މަދިރި ހަފައިފި ނަމަ ފައިލޭރިއާ ޖެހުމަށް ފުރުސަތު ބޮޑުވާނެއެވެ.
މިފަދަ ނުރައްކާތެރި ބައްޔެއް މުޅި ރާއްޖެއަށް ފެތުރުމުގެ ބިރު ބޮޑުވެފައިވާއިރު، މިބަލި ރާއްޖެއިން ނައްތާލުމަށް ސަރުކާރުން އެކަށޭނެ މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވެސް މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ
ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން، މިބަލި ރާއްޖެއަށް އެތެރެވި ގޮތެއް ހޯދަން ތަހުގީގު ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭކަމެކެވެ. ހަމަ އެކަނި ބިދޭސީ މަސައްކަތް ތެެރިން އަދި މި ބައްޔަށް ޕޮޒިޓިވް ވެފާވާއިރު، މީގެން ކޮންމެ މީހަކު ރާއްޖެއަށް އެތެރެވާން މެޑިކަލް ހަދަންޖެއެވެ. އަދި ވިސާ އައުކުރަންވެސް މެޑިކަލެއް ހަދަންޖެހޭނެއެވެ. އިއްތިފާގެއް ކަމަށް ބަލާ ދޫކޮށްލެވޭ ވަރަށް ވުރެ މާ ބިރުވެރި ކަމެކެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4