ފަލަސްތީނުގެ މައްސަލާގައި ރާއްޖޭގެ ސިޔާސީ ލީޑަރުން ހަނު! އެއްވެސް ޕާޓީއަކުން މިކަމާ އަޑު އުފުލާ މަންޒަރެއް ނުފެނޭ!
ފަލަސްތީނުގެ މައްސަލާގައި އެތައް ދިވެހިންތަކެއް ކޮންމެ ދުވަހަކުވެސް އެތައް ގޮތަކުން އަޑު އުފުލަމުން ދާއިރު މިކަމުގައި އެއްވެސް ސިޔާސީ ޕާޓީއެއް، އެއްވެސް ސިޔާސީ ލީޑަރެއް ހަރަކާތްތެރިވާތަން ނުފެންނަ ކަމަކީ މިއަދު އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.
އެންމެ ފަހުން ބޭއްވި ރެލީގައިވެސް އެއްވެސް ސިޔާސީ ބޭފުޅަކު ނުވަތަ ޕާޓީއެއްގެ ބޭފުޅަކުވެސް ފެނިފައެއް ނުވެއެވެ. ނުވަތަ އެއްވެސް ޕޯސްޓެއްގެ ޒަރިއްޔާއިންވެސް އިޒްރޭލާ ދެކޮޅަށް އަޑު އުފުލާ މަންޒަރެއް ފެނިފައެއް ނުވެއެވެ.
މިކަމުގައި ވަކި ޕާޓީއެއް އިސްތިސްނާ ކުރެވޭކަށް ނެތެވެ. ވެރިކަން ކުރާ ޕާޓީ ޕީއެންސީ، އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ، ޑިމޮކްރެޓްސް، އަދާލަތު ޕާޓީ އަދި ޕީއެންއެފްވެސް މިކަމުގައި އަމަލުތައް ހުރީ އެއް ގޮތަކަށެވެ.
އިސްލާމީ ގައުމެއްގެ ސިޔާސީ ޕާޓީތަކުން މިފަދަ ހާލަތެއްގައި ފިލައި ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ހާއްސަކޮށް ދިވެހި ހުރިހާ ރައްޔިތުން އެއްބައިވެގެން ކުރާ މިފަދަ ކަންކަމުގައި ސިޔާސީ ލީޑަރުންގެ ބައިވެރިވުން ފެނިގެން ނުދިޔުމަކީ އެކަމާ މިއަދު ހުރިހާ ދިވެހި ރައްޔިތުން ސުވާލު ކުރާނެ ކަމެކެވެ.
މިފަދަ މުހިންމު މައްސަލައެއްގައި ސިޔާސީ ލީޑަރުން ފިލައި މިތިބެނީ ކީއްވެގެން ހެއްޔެވެ؟ ކޮން ބައެއް ދެކެ ބިރުން ހެއްޔެވެ؟ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި ހެއްޔެވެ؟ ބައިނަލްއަގްވާމީ ދުނިޔެއިން އަތުވެދާނެ ފިއްތުންތަކާ ހުރެ ހެއްޔެވެ؟
ދިވެހި ރައްޔިތުން މިއަދު މިއިން އެއްވެސް ބަހަނާއެއް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ދިވެހިންނަށް ވީ ވަރަކުން ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށެވެ. އިޒްރޭލާ ދެކޮޅަށް އަޑު އުފުލުމަށެވެ. އިޒްރޭލުގެ ރައްޔިތުން މިގައުމަށް އެތެރެވިޔަ ނުދިނުމަށެވެ. މިކަމާ މެދު އެއްޗެއް ބުނަން ނުކެރޭ ސިޔާސީ ވެރިންނަކީ ދިވެހިން ކުރިމަތީ އެއްވެސް އަގެއް ނެތް ބަޔެކެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4