ފަލަސްތީނުގެ މުސްލިމުންނަށް ހަމަލާ ދިނުމުގައި އަމަލީގޮތުން ބައިވެރިވި ސިފައިން މީގައި ހިމެނޭ
ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ފާޅުގައި ހުރަސް އަޅައި، އަދި މިހާރުވެސް ފަލަސްތީނުގެ މުސްލިމުން މެރުމަށް ހަތިޔާރާއި ޓްރެއިނިންގ ފޯރުކޮށްދެމުންދާ އެމެރިކާގެ އަސްކަރިއްޔާ ބަރު ހަތިޔާރާއެކު ރާއްޖޭގައި ހަރަކާތްތެރިވަމުން އެބަދެއެވެ. އަދި ނުވިތާކަށް މި ފަރާތްތައް މިވަގުތު ގެންދަނީ ދިވެހި ސިފައިންނަށް ޓްރެއިނިންގ ނަގައިދިނުމުގެ ނަމުގައި ފަލަސްތީނުގެ މުސްލިމުންނާމެދު ނަފްރަތު އުފެއްދުމުގެ އަމަލުތައް ހިންގަމުންނެވެ. މި ޓްރެއިނިންގްތަކެއް ކުރިއަށް ގެންދިޔުމަށް ރޭވިފައިވަނީ ކައްދޫގައި ގާއިމުކޮށްފައިވާ ސިފައިންގެ އަސްކަރީ ބެރެކްސްގައެވެ.
ފަލަސްތީނުގެ މުސްލިމުން މެރުމުގެ ހައްގު އިޒްރޭލަށް އޮންނާނެކަމަށް މި ތަމްރީނުގައި ކިޔައިދޭ
މީގެ ކުރިން ދިވެހިރާއްޖޭގެ އުތުރުތިލަފަޅުގައި އިންޑިއާގެ ހަތިޔާރުއެޅި އެތައް ހާސް ސިފައިންނެއް ތިބިކަމަށް ބުނެ އެތަނަށް ދިޔަ މީހުންގެ ޚަބަރެއް މިފަހަރަކު ނެތެވެ. އެހެނީ އެއްވެސް ހާލެއްގައި އޭރު މިކަމެއް ކުރީ ދީނާއި ގައުމުގެ މަސްލަހަތު އިސްކޮށްގެން ކަމަށް ނުވެ ހަމައެކަނި ސިޔާސީ ބޮޑު މަގާމެއް ހޯދުމަށް ކަމުގައި ވުމުންނެވެ. އެހެނީ އިސްލާމީ އުންމަތާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް އަފްގާނިސްތާނާއި އިރާގާއި ސީރިޔާއާއި ފަލަސްތީނުގެ އެތައް ލައްކަ މުސްލިމުންނެއް މަރަމުން މި ގެންދަނީ އެމެރިކާގެ އަސްކަރިއްޔާއިން ކަމަށް ވެފައި، އެމެރިކާގެ ބަރު ހަތިޔާރުއެޅި އެތައް ހާސް ސިފައިންނެއް ރާއްޖެ އައިސް އުޅޭއިރު މިމީހުން ކަހާތަން ހިރުވާވެސް ނުލާތީއެވެ.
ހަބަރެއް ނެތް - ފަލަސްތީނުގެ މުސްލިމުން މެރުން މި މީހުނަށް އޯކޭ، އެމެރިކާގެ ހަތިޔާރުއެޅި ސިފައިންވެސް އޯކޭ
އެނގިފައިވާ ގޮތުގައި ރާއްޖެ އައިސް އުޅޭ އެމެރިކާގެ ސިފައިންގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުން މެރުމަށް އިޒްރޭލުގެ ސިފައިންނަށް އަސްކަރީ އަދި ސިއްރު މައުލޫމާތު ހޯދާ ގޮތުގެ ތަމްރީނު ސީދާ ދިނުމަށް ހަރަކާތްތެރިވި ފަރާތްތައް ހިމެނެއެވެ. އެފަރާތްތަކުން އިޒްރޭލުގައި ގެންދިޔަ ތަމްރީނުތައް ނިންމުމަށްފަހު މިވަނީ ރާއްޖެ އައިހެވެ. އަދި މި މީހުންގެ މައިގަނޑު އެއް ބޭނުމަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހިން އަޑު އުފުލަމުން ގެންދާތީ އެކަމުގައި އިސްކޮށް އުޅޭ ފަރާތްތަކާ ފާރަލައި، އެ ފަރާތްތަކުގެ މައުލޫމާތު ހޯދައި، ރާއްޖެއިން ބޭރަށް އެފަރާތްތައް ދާނަމަ ފިޔަވަޅު އެޅުމަށް ތައްޔާރުވުމުވެ. މިހުރިހާ ކަމަކަށް އެއްބާރުލުންދީ މުއިއްޒު މިހިރީ މިހާރުވެސް އަތް ޖަހާށެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4