މަތީގަ ބޮޑުކޮށް ހަކުރު ސޭޓް އަރުޝަދް ޚާލިދް އާއި ތަންކޮޅެއް ހިކިކޮށް އޭނާގެ ފިރިހެން ޕަރސަނަލް އެސިސްޓެންޓް ސިދުރަތު. ތިރީގަ މެދުގަ ފެނަކަ މުއާޒް. ބެލްކް އެންޑް ވައިޓްކޮށް އައިމަން (ބުރުގާ އަޅާފަ) އަދި ވާހިދް (ބުރުގާ ނާޅާ)
ކަރަޕްޝަންގެ ހާއްޔެއް އުފެދިފަ އޮތް ފެނަކަ ކުންފުނީގެ ޕްރޮކިއޮމަންޓް ޑިޕާޓްމަންޓްއަށް ނުފޫޒު ފޯރުވަމުންދާ ހަކުރު ސޭޓް އަރުޝަދް ހާލިދް އެންމެ ފަހުން އެތަނުގެ ފުލް ކޮންޓްރޯލް އަތުލައިފިއެވެ.
އަރުޝަދް މިކަންކުރީ ޕްރޮކިއޮމަންޓް ޑިޕާޓްމަންޓްގެ ހެޑްއަކަށްހުރި އާއިޝަތު އައިމަން އެ މަޤާމް ދޫކޮށްލަން ޕްރެޝަރކޮށްގެންނެވެ.
މިހާތަނަށް އަރުޝަދް ފެނަކަ ތެރެއިން ހިންގި ޖަރީމާތަކުގަ ޕްރޮކިއޮމަންޓް ހެޑްގެ ހައިސިޔަތުން އައިމަންގެ ބައިވެރިވުންވެސް އޮވެއެވެ.
މި ނެޓްވޯކްގަ އުޅޭ އެހެން ނަމަވެސް މި ބަދަލާއިމެދު ހިތްހަމަނުޖެހޭ މީހަކު އަޅުގަނޑުމެންނަށް މައުލޫމާތުދެމުން ބުނީ ކަޓްގެ ގޮތުގަ މާ ބޮޑު އަދަދެއް އައިމަންއަށް ދޭންޖެހޭތީ އެކަމާ އަރުޝަދް އަބަދުވެސް ހިތްހަމަނުޖެހޭ ކަމަށެވެ.
އެހެންވެ އެންމެފަހުން އަރުޝަދް ޕްރެޝަރކުރަމުންގޮސް އައިމަން އެ މަގާމުން ބަދަލުވީ މުއާޒް ބުނެގެންނެވެ.
ސިދުރަތަކީ ފުލުހުން މީގެކުރިން 119 ކިލޯއާއެކު އަރުޝަދް އަތުލައިގަތްއިރު ހައްޔަރުކުރި މީހުންގެ ތެރޭގަވެސް ހިމެނޭ މީހެކެވެ.
އައިމަންގެ ބަދަލުގަ ޕްރޮކިއޮމަންޓް ހެޑްއަކަށް ލީ މުއާޒްގެ ހުރިހާ ޖަރީމާއެއްގަ ހިމެނޭ އަދި ކުރިން ފެނަކަ ޕްރޮޖެކެޓް ޑިޕާޓްމެންޓްއާ ހަވާލުވެގެންހުރި އަބްދުލް ވާހިދްއަށެވެ. ވާހިދް އެ މަޤާމްގަ ކަރަޕްޝަންގެ ރިކޯޑްތައް މުގުރަން ނުކުންނާނީ މާދަމާއިން ފެށިގެންނެވެ.
އަރުޝަދް ބޭނުންވީ ފެނަކަ ޕްރޮކިއޮަމްންޓް މެނޭޖަރަކަށް އުޅޭ އޭނަގެ ޕަރސަނަލް ސެކެޓްރީ މުހައްމަދު ސިދުރަތަށް ހެޑްގެ މަޤާމު ދޭށެވެ. އެހެންނަމަވެސް މެނޭޖަރެއްގެ ގޮތުގަ ހުރެގެން އަޑިއަޑިން ހުރިހާ ކަމެއްގެ ކޮންޓްރޯލް ނެގޭތީ އޭނާ ރިކޮމެންޑްކުރީ ޤުރުބާން ކަންބަޅިއެއްގެ ގޮތުގަ ކޮންމެސް އެހެން މީހެއް އެތަނަށް ލާށެވެ.
އެގޮތުން ސިދުރަތު މެނޭޖަރަކަށް ހުންނާތީ އެއްވެސް ލިޔެކިޔުމެއްގަ އޭނާގެ ނަން ނުޖަހާ ހުރިހާ މުއާމަލާތްތައް ކޮންޓްރޯލް ކުރެވޭ ކަމަށްވެއެވެ. ނަމަވެސް ހެޑްއަކަށް ހުންނަ މީހާއަށް މި މިނިވަންކަން ނުލިބެއެވެ.
އެހެންކަމުން ޕްރޮކިއޮމަންޓްގެ ފުލް ކޮންޓްރޯލް ހަކުރު ސޭޓް އަރުޝަދް މިނެގީ ކުރިއަށްވުރެ އަތުންދާ ޚަރަދުވެސް ކުޑަކޮށްފައެވެ.
އަލަށް މި ގެނައި ބަދަލާއެކު ފެނަކައިން ކުރިއަށް އޮތް ތަނުގަ ރާއްޖޭގެ އިތުރުން ސަރަހައްދީ ފެންވަރުގަވެސް ކަރަޕްޝަންގެ ރިކޯޑްތައް މުގުރާ ފުނޑުފުނޑުކުރާނެއެވެ.
ބޮޑު ހަކުރު ނެޓްވޯކްއެއްގެ ދަށުގަ ސަރުކާރު ކުންފުންޏެއް އޮތްއިރު މުއިއްޒު އާއި އެންޓި ކަރަޕްޝަންއިން މިކަން އެއްވެސް ވަރަކަށް ނުބަލައެވެ. ސަބަބަކީ ކޮންމެ މަހަކު މުއާޒް ފެނަކައިން ނަގާ ކަޓުން ބަޔެއް ޖިޒީގެ ގޮތުގަ މުއިއްޒަށް ދޭތީއެވެ. އަދި މިފަހުން މުއާޒް ވަނީ އޭސީސީއާވެސް ސިއްރު ޑީލްތަކެއް ހަދާފައެވެ. މިކަމުގެ ހުރިހާ ތަފްސީލްތައް ލިބުނުހާ އަވަހަކަށް އަޅުގަނޑުމެން ގެނެސްދޭނަމެވެ.
ބަލަންޖެހޭ ތަންތަނުން ނުބެލިނަމަވެސް ހަކުރު ނެޓްވޯކެއްގެ މުށުތެރެއަށް ސަރުކާރު ކުންފުންޏެއް މިދާ ގޮތުގެ ހުރިހާ ތަފްސީލެއް އަޅުގަނޑުމެން ގެންނަން މަސައްކަތްކުރާނަމެވެ.
0%
0%
0%
0%
0%
20 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
2 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4