ފެނަކަ މުއާޒް އާއި ޑިމޮކްރެޓްސް މެމްބަރ އަފީފް. އަފީފްގެ ގޯލްޑަން ޓަވަރއިން މުއާޒް ވަނީ ފެނަކަ އޮފީސް ހެދުމުގެ ނަމުގަ 9 ބުރި ކުއްޔަށް ހިފާފަ
ފެނަކަ މެނޭޖިންގް ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު އިސްކޮށްހުރެ އެ ކުންފުނީގެ ތެރެއިން ހިންގާ އެތައް މިލިއަން ރުފިޔާގެ ކަރަޕްޝަންގެ ތެރެއިން ބައެއް ދަ ޑިމޮކްރެޓްސްއަށް ދޭކަން ކަށަވަރުވެއްޖެއެވެ.
މުއާޒް މިކަން ކުރަނީ ފެނަކައިގެ އޮފީސް ބަދަލުކުރުމުގެ ޑިމޮކްރެޓްސް މީހެއްގެ ހިއްސާ އޮންނަ އިމާރާތަކުން ބުރިތަކެއް ކުއްޔަށް ނަގައިގެންނެވެ. އެގޮތުން ފެނަކަ ހެޑް އޮފީހާ ޖެހިގެން ބުރުޒު މަގުގައި ހުންނަ ގޯލްޑަން ޓަވަރގެ 9 ބުރި ކުއްޔަށް ނަގައިގެން ކޮންމެ މަހަކު 1.4 މިލިއަން ރުފިޔާ ދައްކާކަން އަޅުގަނޑުމެން ބެލިބެލުމުން ވަނީ ކަށަވަރުވެފައެވެ.
ގޯލްޑަން ޓަވަރ. ފެނަކަ ނަމުގަ މުއާޒް ވަނީ މިތަނުން 9 ބުރި ކުޔަށް ނަގާފަ
ގޯލްޑަން ޓަވަރއަކީ މިދިޔަ އެމްޑީޕީ ސަރުކާރުގަ އާރް.ޑީ.ސީގެ ޗެއާމަނަކަށް ހުރި އަބްދުﷲ އަފީފް (ޔެސް މޯލްޑިވްސް އަފީފް)ގެ ހިއްސާ އޮންނަ އިމާރާތެކެވެ. އަފީފް ވަނީ ކުރީ ސަރުކާރުގެ ފަހު ދުވަސްކޮޅު ދަ ޑިމޮކްރެޓްސްއާ ގުޅެންވެގެން 12 ޖޫން 2023 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާދީފައެވެ.
ފެނަކައިން އެންމެ ފުރަތަމަ ކުއްޔަށް ނެގީ ގޯލްޑަން ޓަވަރުގެ 4 ބުރިއެވެ. އެއީ މިއަހަރުގެ ފެބްރުއަރީމަހުގައެވެ. ކޮންމެ ބުރިއަކަށް ދެނީ 150،000 ރުފިޔާއެވެ. ބުރިއެއްގެ ބޮޑުމިނަކީ 2،224 އަކަފޫޓެވެ.
ބާކީ ހުރި 5 ބުރިއާއެކު ޖުމްލަ 9 ބުރި ކުއްޔަށް ނެގީ އޮގަސްޓް މަހުން ފެށިގެންނެވެ. އެހެންކަމުން އޮގަސްޓް މަހުން ފެށިގެން ގޯލްޑަން ޓަވަރަށް ކުލީގެ ގޮތުގަ ކޮންމެ މަހަކު ފެނަކައިން ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ އެބަދައްކައެވެ.
މުއާޒްއާ އެކި މި ޖަރީމާގަ ދެން އެންމެ އިސްކޮށް ހުރީ ފެނަކަ ކަރަޕްޝަން ރިންގްގައި ހިމެނޭ އެ ކުންފުނީގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ ވެރިޔާ އަބްދުލް ވާހިދް މުހައްމަދުއެވެ. މުއާޒް މިކަމުގަ ބެދިދާނެތީ އެއްބަސްވުންތަކުގަ ސޮއިކުރުވީ ވެސް ވާހިދް ލައްވާކަން އަޅުގަނޑުމެންނަށް އޮތީ އެނގިފައެވެ.
ފެނަކަ ޕްރޮޖެކްޓްސް ހެޑް ވާހިދް
މި ޖަރީމާގެ މައުލޫމާތު އެނގޭ މީހަކު އަޅުގަނޑުމެންނަށް މައުލޫމާތު ދެމުން ބުނީ ފެބްރުއަރީ މަހުން ފެށިގެން ގޯލްޑަން ޓަވަރ ކުއްޔަށް ނެގި ނަމަވެސް އޮފީސް ބަދަލުކުރަން އިންޓީރިއާގެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި މިހާރު ގޮސް ބެލިޔަސް އެކަން ފެންނާނެ ކަމަށެވެ.
ގޯލްޑަން ޓަވަރގެ ބުރިއެއްގެ އެތެރެ ހުންނަ ގޮތް
އޭނާ ބުނީ ފެނަކައިން ކުއްޔަށް ހިފި 9 ބުރީގެ ތެރެއިން 1 ބުރިއަކީ އެހެން ބަޔަކު މާ ކުރިން ހިފާފައިވާ ބުރިއެއް ކަމަށާއި އެ މީހުން ބޭރު ނުކުރެވިގެން އުޅެނީ އެއްބަސްވުމެއް އޮތީމަ ކަމަށެވެ. އަދި ބުރި ހުސްކުރަން އެމީހުންނަށް މިހާރު އަންގާފައިވާއިރު އެމީހުން ހިފާފައިވާ ބުރިއަށްވެސް ކުލި ދައްކަނީ ފެނަކައިން ކަމަށް އޭނާ ބުންޏެވެ.
ހުރިހާ ބުރިތައް ހުސްކުރުމަށްފަހު މުއާޒް ރާވާފައިވަނީ އެންމެ މަތީ ބުރި އޭނައަށް ހާއްސަ ކުރާ ގޮތަށެވެ. މުއާޒްގެ ބުރީގެ ތިރިއަށް ހުންނަ ބުރި ދެނީ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރުންނަށް ތިބި ހުސެން ޒުހުރީ އަދި ރުކުމާ މުހައްމަދު އަބްދުލް ކަރީމަށް، ދެ މީހުން އެ ބުރި ފަޅިކުރާ ގޮތަށެވެ. ފެނަކަ އެކި ޑިޕާޓްމަންޓްތައް އަންނާނީ ދެން ހުރި ބުރިތަކަށެވެ.
ގޯލްޑަން ޓަވަރ. މުއާޒް ނަގަނީ މިތަނުގެ އެންމެ މަތީ ބުރި. އެހެން މީހުން ލަނީ އޭގެ ތިރީ ބުރިތަކަށް
ގޯލްޑަން ޓަވަރގެ ބައެއް ބުރިތައް ކުއްޔަށް ނުދެވިގެން އުޅޭތާ ދުވަސްގަނޑެއް ވެއްޖެ ކަމަށްވެސް އޭނާ ބުންޏެވެ. މިއަހަރު އެކަނިވެސް ދެ ފަހަރެއްގެ މަތިން ބުރި ކުއްޔަށް ހިފާނެ ބަޔަކު ހޯދަން އިއުލާންކުރި ކަމަށް އޭނާ ބުންޏެވެ.
އަޅުގަނޑުމެން މިކަން ޔަގީންކުރަން ބެލިއިރު އިމާރާތްތައް ކުއްޔަށް ދޭ ބައެއް ޕޭޖްތަކުގަ ގޯލްޑަން ޓަވަރގެ އިއުލާންތައް ވަނީ ފެނިފައެވެ. މިއަހަރު ފުރަތަމަ ކުއްޔަށް ދޭން އުޅުނީ ބުރިއެއް 78،000 ރުފިޔާއަށެވެ. އެ އަގުގައި ބަޔަކު ނުހިފުމުން ފަހުން ބުރިއެއްގެ އަގު 65،000 ކުޑަވެސްކުރިއެވެ.
ގޯލްޑަން ޓަވަރއިން ބުރި ކުއްޔަށް ދޭން ޖެހި އިއުލާނެއް
ގޯލްޑަން ޓަވަރއިން ބުރި ކުއްޔަށް ދޭން ޖެހި އިއުލާނެއް
އެއްވެސް ބަޔަކު ނުލިބިގެން އުޅެނިކޮށް އަފީފް އިއުލާންކުރި އަގަށް ވުރެ އެތައް ގުނަ ބޮޑުކޮށް ހުރިހާ ބުރިއެއް ކުއްޔަށް ހިފީ މުއާޒް އާއި ވާހިދް ބައިއަޅާ ގޮތަށް މަހަކު 5 ލައްކަ ރުފިޔާ ދޭން އެއްބަސްވެގެންނެވެ.
މުއާޒް ފެނަކައިން ހިންގަމުންދާ ގިނަ އަދަދެއްގެ ޖަރީމާތަކެއް ވަނީ ފަޅާއަރާފައެވެ. އެ ޖަރީމާތަކުން 100 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް މުއާޒްއަށް ލިބިފައިވާއިރު ކަރަޕްޝަން ހުއްޓުވަން މި ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން އެއްވެސް މަސައްކަތެއް ނުކުރެއެވެ.
0%
0%
0%
0%
0%
މުޖާހިދުﷲ
1 އޮކްޓޫބަރު 2024
މުޢާޒުގެ ބުރިއަާ ޖެހިގެން އޮންނަނީ ރުކުމާ ބުރި. ދެބުރި ތިރީގަ އެހެން އެންމެންގެ ބުރި. ފަތުއަޑުކިޔާފަ ކޮރަޕްޝަން ހިންގަނީ ރައީސްވެސް ބައިވެރިވެގެން. މެންބަރުންނަށް ބަހާ ބައިލައްކަ ހަމަކުރަން ހިންގާހާ ޖަރީމާ މިހުންނަނީ. ހަނދާންކުރާތި، ބާރުގަ އަބަދަކު ނުތިބެވޭނެ. އިންސާފު އަރާ ހަމަކުރާނެ. އިންޝާﷲ.
އައިމިނަ
1 އޮކްޓޫބަރު 2024
ދޮންއަމާ ގޭގައި ފޯއްކޮށަން ހަމަ އިނދެގެން ތިޔަހާ ބުހުތާން ދޮގު ނުހަދަބަލަ.
ގާދިރު
30 ސެޕްޓެންބަރު 2024
މުޢާޒު ބުރިޔާ ޖެހިގެން އިންނަނީ ކާކުގެ ބުރިއެކެ؟
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4