ފެނަކައިން ހަކުރު ސޭޓް އަރުޝަދްގެ ކަޅު ފައިސާ ދޮންނާތީ އެހެން ސަޕްލަޔަރުންގެ 1.5 ބިލިއަން ނުދީ ހިފަހައްޓާފަ

Fenaka in hakuru seyt arushadge kalhu faisa dhonnaathee ehen supplierunge 1.5 billion nudhee hifahahtaafa

ހަކުރު ސޭޓް އަރުޝަދް ހަކުރު ވިއްކައިގެން ލިބޭ ފައިސާ ލޯންޑަރ ކުރަން އެކި ކުންފުނިތަކުގެ ނަމުގަ ފެނަކައާއި ސަރުކާރު އެހެން ކުންފުނިތަކަށް ދަނީ ސަޕްލައިކުރަމުން

0

ފެނަކައިން ކްރެޑިޓަށް މުދާ ނަގާފަހުރި ކުންފުނިތަކަށް ދޭންޖެހޭ 1.5 ބިލިއަން ރުފިޔާ ނުދީ ހަކުރު ސޭޓް އަރުޝަދްގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ބަރާބަރަށް ފައިސާ ދައްކަމުންދާކަން އަޅުގަނޑުމެން ބެލިބެލުމުން ކަށަވަރުވެއްޖެއެވެ.

ފެނަކައިގެ މާލީ ހާލަތު ގޯސްވުމުން އާންމުކޮށް މުދާ ނަގަނީ ކްރެޑިޓަށެވެ. މިގޮތަށް މުދާ ނަގާއިރު ކޭޝްކޮށް މުދާ ގަތުމަށްވުރެ އަގުބޮޑުވެއެވެ.

އެހެން ނަމަވެސް މުއާޒް ހަވާލުވެ، ފެނަކައިގެ ގިނަ ވިޔަފާރި މުއާމަލާތްތައް ހަކުރު ސޭޓް އަރުޝަދުއާއެކު ކުރަމުން އަންނަނީ ކޭޝްކޮށް ފައިސާ ދޭގޮތަށް ކަމަށާއި މިގޮތަށް ކުރަނީ ކްރެޑިޓަށް މުދާ ގަންނަވަރަށްވުރެ އަގުބޮޑުކޮށްކަން އަޅުގަނޑުމެންނަށްވަނީ ކަށަވަރުވެފައެވެ.

ފެނަކަ ޕްރޮކިއޮމަންޓް ޑިޕާޓްމަންޓުން ވވ. އަވަސް ތައްގަނޑު ޖަހައިގެން ނެރެފަވާ އިންޓަރނަލް މެމޯއެއް އަޅުގަނޑުމެންނަށް ވަނީ ލިބިފައެވެ. އެ މެމޯ ތައްޔާރުކުރީ ޕްރޮޖެކްޓްސް ޑިޕާޓްމަންޓްގެ ވެރިޔާ އަބްދުލް ވާހިދް މުހައްމަދުއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަދި ހަކުރު ސޭޓް އަރުޝަދް ހާލިދްގެ ޑީލްތަކަށް އެއްބާރުލުންދޭ ޕްރޮކިއޮމަންޓް ޑިޕާޓްމަންޓްގެ ވެރިޔާ އާއިޝަތު އައިމަންއެވެ.

އައިމަން ސޮއިކޮށް ފޮނުވި އިންޓަރނަލް މެމޯ

އެ މެމޯގަ އޮންނަނީ އޭގެ ކުރީ ދުވަހު ހެދި ޕަރޗޭސް އޯޑަރތަކަކަށް މުދާ ލިބެންއޮތީ ވީހާވެސް އަވަހަށް އެ ޕަރޗޭސް އޯޑަރތަކުގެ މުދަލަށް ފައިސާ ދިނުމުން ކަމަށެވެ. އެ މެމޯގަ އެ ބުނާ ކުންފުނިތަކުގެ ތެރޭގަ ހަކުރު ސޭޓް އަރުޝަދްގެ މަސްލަހަތު އޮންނަ އެޗް.ކިއު ހޯލްޑިންގްސްގެ ތިން ޕަރޗޭސް އޯޑަރއަކާއި ފެނަކަ ޕްރޮކިއޮމަންޓް މެނޭޖަރަކަށް ހުންނަ އަރުޝަދްގެ ފިރިހެން ޕަރސަނަލް އެސިސްޓެންޓް މުހައްމަދު ސިދުރަތުގެ ޑިވިއަން ޕްރައިވެޓް ލިމިޓެޑްވެސް ހިމެނެއެވެ.

އެ ޕަރޗޭސް އޯޑަރތަކުގެ ތެރޭގަ ފެނަކައިން އެޗް.ކިއު ހޯލްޑިންގްސް މެދުވެރިކޮށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް (ޖަންގިޔާ ނާޒިމް)ގެ ދިއްގަރަށް ބޭނުންވާ މުދާ ގަނެފަވާ 2 ޕަރޗޭސް އޯޑަރ ހިމެނެއެވެ. އެއީ 1.3މިލިއަން ރުފިޔާ އާއި 1 މިލިއަންއާ އެކު ޖުމްލަ 2.3މިލިއަން ރުފިޔާގެ ޕަރޗޭސް އޯޑަރތަކެކެވެ.

1.3 މިލިއަންގެ ޕަރޗޭސް އޯޑަރ

1.3 މިލިއަންގެ ޕަރޗޭސް އޯޑަރ

1 މިލިއަންގެ ޕަރޗޭސް އޯޑަރ

1 މިލިއަންގެ ޕަރޗޭސް އޯޑަރ

މި ޕަރޗޭސް އޯޑަރތައް ވެސް ހަދާފަވަނީ ޖަރީމާ ހިންގަން އާދައިގެ މަތިން އެމަރޖެންސީ ޕްރިކިއޮމަންޓް ރިކުއެސްޓެއް ހަދައިގެންނެވެ. ދިއްގަރު ޕްލާންޓް އެމަރޖެންސީ ހާލަތަށް ދިޔައީ އެ ރިކުއެސްޓްގަ ބުނާ ގޮތުންނަމަ 1 ޖުލައި 2024 ވަނަ ދުވަހުގައެވެ.

ދިއްގަރަށް މުދާ ގަންނަން ހެދި އެމަރޖެންސީ ޕްރޮކިއޮމަންޓް ރިކުއެސްޓް

އަޅުގަނޑުމެންގެ ތަހުގީގުތަކުން ދައްކާ ގޮތުގަ މިފަހަރުވެސް އެޗް.ކިއު ހޯލްޑިންގްސުން މުދާ ވިއްކާފަވަނީ މާކެޓް ރޭޓަށްވުރެ އެތައް ގުނަ ބޮޑުކޮށެވެ. އެންމެހާ ކިޔުންތެރިންނަށް ހެކި ދެއްކުމުގެ ގޮތުން އޭގެ ތެރެއިން 1.3މިލިއަންގެ ޕަރޗޭސް އޯޑަރގަ ހިމެނޭ މުދަލުގެ މާކެޓް ޕްރައިސް އަޅުގަނޑުމެން ބެލީމެވެ. މާކެޓް ޕްރައިސްއާއި އެޗް.ކިއު ހޯލްޑިންގްސްއިން ބޮޑުކޮށްގެން ވިއްކި އަގު ކޮމްޕެއަރ ކޮށްލާއިރު:

ލިބެންހުރި ހުރިހާ މައުލޫމާތު އެއްކޮށްލާއިރު މާކެޓް ރޭޓްގަ ގަތްނަމަ މި 2 ޕަރޗޭސް އޯޑަރއަށް އެހެން ކުންފުނިތަކުން ކްރެޑިޓަށް މުދާ ނެގިޔަސް 1 މިލިއަން ރުފިޔާވެސް ނާރާނެއެވެ. އެހެންކަމުން 2.3 މިލިއަން ރުފިޔާ އަރާކަމަށް ޖަހައިގެން މި މުއާމަލާތުން އެކަނިވެސް މިއޮތީ ފެނަކައަށް 1 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދަކުން ގެއްލުންދީފައެވެ.

މީގެ އިތުރުން ފ. ފީއަލީ ބްރާންޗަށް ބޭނުންވާ މުދާވެސް މާކެޓް ޕްރައިސްއަށް ވުރެ ބޮޑުކޮށް އެޗް.ކިއު ހޯލްޑިންގްސްއިން ގަނެފަވާ ޕަރޗޭސް އޯޑަރއެއް ވެސް ވަނީ ލިބިފައެވެ. ހަމަ އެމަރޖެންސީ ޕްރޮކިއޮމަންޓްގެ ތެރެއިންނެވެ. ފީއަލީ ޕްލާންޓް އެމަރޖެންސީވީ 28 މެއި 2024ގައެވެ. ބޮޑު އަގުގަ އެޗް.ކިއު ހޯލްޑިންގްސްއިން މުދާ ގަތީ މުދާ ނުހޯދާ 4 މަސް ވަންދެން ހިފަހައްޓައިގެން ތިބެފައެވެ.

ފީއަލީއަށް ހެދި އެމަރޖެންސީ ޕްރޮކިއޮމަންޓް ރިކއުއެސްޓް

ފީއަލި ޖެންސެޓަށް ސްޕެއަރ ޕާޓްސް ގަންނަން ހެދި ޕަރޗޭސް އޯޑަރ

ފީއަލި ޕްލާންޓަށް މުދާ ގަނެފަވާ އަގުތަކާ މާކެޓް ޕްރައިސްއާ ކޮމްޕެއަރ ކޮށްލާއިރު:

ފައިސާ ދައްކައިގެން ނޫނީ މުދާ ނުލިބޭނެކަމަށާއި އަވަހަށް ޕޭމަންޓް ނިންމަން އަންގާ ފުރަތަމަ ނެރުނު މެމޯގަ މި ޕަރޗޭސް އޯޑަރ ނުހިމެނޭތީ 29 ސެޕްޓެމްބަރ 2024ވަނަ ދުވަހު އެ ޕަރޗޭސް އޯޑަރއަށް ވަކިން އިންޓަރނަލް މެމޯއެއް ނެރުނެވެ. އެ މެމޯ ނެރުނީ ޕްރޮކިއޮމަންޓް ޑިޕާޓްމަންޓްއާ ވަގުތީ ގޮތުން ހަވާލުވެހުރި މާޝާ ހާޝިމްއެވެ. މީނާއަކީ އަސްލު ސެކުރެޓޭރިއެޓް ޑިޕާޓްމަންޓާ ހަވާލުވެގެން ހުންނަ ޑިރެކްޓަރެވެ. ކުރިން ފަހަރާ އެއްގޮތަށް މިފަހަރު އައިމަން މެމޯ ނުނެރުނީ ކީއްވެކަމެއް ނޭނގެއެވެ.

މާޝާ ވަނީ މި ޕަރޗޭސް އޯޑަރއަށް ވަކިން މެމޯއެއް ނެރެފަ

އަރުޝަދް ނެޓްވޯކްގެ ކުންފުނިތަކަށް ވަގުތުން ފައިސާ ދީގެން މުދާ ގަންނަމުންދާއިރު އެހެން ކުންފުނިތަކުން ކްރެޑިޓަށް މުދާ ގަނެގެން ނުދީ 1.5 ބިލިއަން ރުފިޔާ އަދިވެސް އެބައޮތް ކަމަށް އިތުބާރުހުރި ގޮތަކަށް ފެނަކައިން އަޅުގަނޑުމެންނަށް ވަނީ އެނގިފައެވެ. 

އެޗް.ކިއު ހޯލްޑިންގްސްއަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތް ފައިސާ މެމްބަރުންނަށް ބެހިކަމަށް އަމިއްލައަށް އެއްބަސްވެފަވާ ވިލިމާލެ މެމްބަރު މުހައްމަދު އިސްމާއިލްގެ ކޮއްކޮއަކާއި އަރުޝަދް ހާލިދުގެ މީހެއްގެ ނަމުގަ ހިންގާ ކުންފުންޏެކެވެ. ފެނަކަ ތެރެއިން މި ކުންފުނިން ހިންގާ ޖަރީމާތައް ފަޅާއަރަން ފެށުމުން އެ ކުންފުނީގެ ނަން ޑަބްލިއުއޭޑަބްލިއު (ވޯވް) ހޯލްޑިންގްސްއަށް ފަހުން ވަނީ ބަދަލުކޮށްފައެވެ. އަދި މުހައްމަދު އިސްމާލުގެ ކޮއްކޮގެ %50 ހިއްސާ %1އަށް ވަނީ ކުޑަކޮށްފައެވެ. މިހާރު ކުރިން ނެތްވަރަށް އެ ކުންފުނީގެ ބާރު އޮތީ އަރުޝަދްގެ އަތަށް އަރާފައެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

2

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4