ކަރަޕްޝަންގެ ގިނަ މުއާމަލާތްތަކުގަ ބައިވެރިވުން އޮންނަ ފެނަކަ މެނޭޖިންގ ޑިރެކްޓަރ މުއާޒް
ފެނަކައަށް މުދާ ވިއްކާ ކުންފުނިތަކުން ކަޓްގެ ގޮތުގައި މިލިއަނުން ފައިސާ ނެގުމަށްފަހު ފެނަކަ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު 115 ފޫޓުގެ ފައިބަރު މަސްދޯންޏެއް ބަންނަން ފަށައިފިއެވެ.
އެ ދޯނި ބަންނަން ފެށީ ޑިސެމްބަރު 14 ވަނަ ދުވަހުއެވެ. މަސައްކަތް ހަވާލުކުރީ މުއާޒްގެ އުފަން ރަށް ގދ. މަޑަވެލީގެ ގެލަރީ ހަސަން ކިޔާ މީހަކަށެވެ. ބަނުމުގެ މަސައްކަތް ކުރަމުންދަނީ ޖެހިގެން އޮންނަ ހޯނޑެއްދޫގައެވެ.
އަޅުގަނޑުމެންނަށް މަޑަވެލިން މައުލޫމާތު ދިން މީހުން ބުނީ މުއާޒް ގެލަރީ ހަސަނަށް 14 މިލިއަން ރުފިޔާ އެއްފަހަރާ ދައްކާފަވާ ކަމަށެވެ.
އެ އަގަކީ ފުލް ކޮމްޕްލީޓް މަސް ދޯންޏެއް ބަނުމަށް ދެއްކި އަގު ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އަމިއްލަ މަސް ދޯންޏެއް ބަނުމުގެ މަސައްކަތް މުއާޒް މި ފެށީ ގިނަ އަދަދެއްގެ ކަރަޕްޝަންގެ ގިނަ އަދަދެއްގެ ޖަރީމާތަކެއް ފެނަކަ ތެރެއިން ފެންމަތިވެފަ ވަނިކޮށެވެ.
މުއާޒް ފެނަކައާ ހަވާލުވިފަހުން ހިންގި ބައެއް ޖަރީމާތަކުގެ ތެރޭގައި އަމިއްލަ ޓީވީ ސްޓޭޝަނެއް ހެދުމާ، ބޭރުގެ ޔުނިވާސިޓީއަކަށް މިލިއަނެއްހާ ރުފިޔާ ދެއްކުމަށްފަހު އެއްބަނޑު އެއްބަފާ ކޮއްކޮ ކިޔަވަން ފޮނުވާލުން ހިމެނެއެވެ.
މުއާޒް ހިންގި ޖަރީމާތައް ލިޔެކިޔުންތަކާއެކު އަޅުގަނޑުމެން އާންމުންނާ ކަމާބެހޭފަރާތްތަކުގެ ސަމާލުކަމަށް ގެނައިނަމަވެސް އެއްވެސް ފަރާތަކުން އަދި މިހާތަނަށް ފިޔަވަޅުއަޅާފަ ނުވެއެވެ.
ކުއްލި މުއްސަނދިކަމާ އެކު ޓީވީ ސްޓޭޝަނެއް ހުޅުވާ، ފައިބަރު މަސްދޯންޏެއް ބަންނަން ފަށާފައިވާއިރު މުއާޒަކީ މި ސަރުކާރު އައުމުގެ ކުރިން އަމިއްލަ ކްރެޑިޓް ކާރޑަށް ފައިސާ ނުދެއްކިގެން ކޯޓަށް ހާޒިރުކުރި މީހެކެވެ.
މި ހުރިހާ ޖަރީމާތަކެއް ހިންގަމުން މުއާޒް ވަނީ މި ސަރުކާރުގެ ކުރީކޮޅުގަ މަޖިލިސް މެމްބަރުންނަށް މުއިއްޒު ކޮންމެ މަހަކު ދިން ބައިލައްކަ ރުފިޔާގެ އިނާޔަތް ޕެކޭޖަށްވެސް ފެނަކަ ތެރެއިން ފައިސާ ނެރެދީފައެވެ.
0%
0%
0%
0%
0%
20 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
2 ޑިސެންބަރު 2024
0
2 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4