ފެނަކައިން މުވައްޒަފުންގެ މުސާރަ ނުދެވުނު ނަމަވެސް މީޑިއާތަކަށް ދަނީ ބޮޑެތި ޚަރަދު ކޮށް ސްޕޮންސަރ ކުރަމުން
ސަރުކާރުގެ މުހިންމު ކުންފުންޏެއް ކަމުގައިވާ ފެނަކަ ކޯޕަރޭޝަންގެ މާލީ ހާލަތު ދަށްވެ، މުވައްޒަފުންގެ މުސާރަ ނުދެވި ލަސްވަމުންދާ މައްސަލައިގައި ސަރުކާރުގެ އިހުމާލު ބޮޑުތަނުން ފާޅުވެއްޖެއެވެ. މި ކަމާ ގުޅިގެން މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ސްޓާފް ގްރޫޕްތަކުގައި ހަޅުތާލުގެ އަޑުތައް އިވެން ފަށައިފިއެވެ.
ފެނަކަ ހެޑް އޮފީހުން މި ނޫހަށް ދިން މަޢުލޫމާތުގައިވާ ގޮތުން، މުސާރަ ޖަމާކުރެވޭނެ ވަކި ދުވަހެއް މި ވަގުތު ކަނޑައެޅިފައި ނުވާ ކަމަށާއި، ކުންފުނީގައި ފައިސާ ނެތްކަމަށް ބުނެފައިވެއެވެ. މިއީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކުގެ ފެއިލިއަރއެއް ކަމަށް ސިޔާސީ ދާއިރާގެ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.
ނިމިދިޔަ އޮކްޓޫބަރު މަހުގެ މުސާރަ ޖަމާކޮށްފައިވަނީ ނޮވެންބަރު މަހުގެ 4 ވަނަ ދުވަހުގައި ކަމަށާއި، މި މަހުގެ މުސާރަ އަދިވެސް ޖަމާނުވާކަން މުވައްޒަފުން ފާހަގަކޮށްފައިވެއެވެ. މި ކަމާ ގުޅިގެން މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ސްޓާފް ގްރޫޕްތަކުގައި ހަޅުތާލުގެ އަޑުތައް އިވެން ފަށައިފިއެވެ.
ފެނަކަ ހެޑް އޮފީހުން މި ނޫހަށް ދިން މަޢުލޫމާތުގައިވާ ގޮތުން، މުސާރަ ޖަމާކުރެވޭނެ ވަކި ދުވަހެއް މި ވަގުތު ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށާއި، ކުންފުނީގައި ފައިސާ ނެތްކަމަށް ބުނެފައިވެއެވެ. އަދި މިއީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާއި ކުންފުނީގެ އިސްރާފް ބޮޑުކަމުގެ ނަތީޖާކަމަށް ނަން ހާންމަ ނުކުރުމަަށް ސަރުތުކޮށް ކިޔައިދިނެވެ.
ފެނަކައިން މުވައްޒަފުންނަށް އިންޒާރުދީ، ސްޓާފް ގްރޫޕްތަކުގައި "އަނގަގަދަކުރާ" ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅޭނެ ކަމަށް ބުނެފައިވާއިރު، މިއީ މުވައްޒަފުންގެ އަސާސީ ޙައްޤުތަކަށް އަރައިގަތުމެއް ކަމަށް އެ މުއައްޒަފުން ދަނީ ބުނަމުންނެވެ.
މީގެއިތުރުން، ފެނަކައިން "މެންދުރު އޮންލައިން" އަށް ބޮޑެތި ޚަރަދުތަކެއް ކުރަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މެދުގައި ޝަކުވާތަކެއް އުފެދެމުންދާކަން ފާހަގަކުރެވެއެވެ. މިއީ ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަމުގެ ހެއްކެ ކެވެ.
ސަރުކާރުގެ ކުންފުންޏެއްގެ ފައިސާ ވަކި މީޑިއާއަކަށް ޚަރަދުކުރަމުންދާއިރު، މުވައްޒަފުންނަށް މުސާރަ ނުދެވި ލަސްވަމުންދާކަމީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް. މިއީ ސަރުކާރުގެ ދޯހަޅިކަން ހުރި ގޮތް ދައްކުވައިދޭ ކަމެއް،" އިދިކޮޅު ޕާޓީތަކުންވެސް ދަނީ ބުނަމުންނެވެ.
މި މައްސަލައަކީ ހަމައެކަނި ފެނަކައިގެ މައްސަލައެއް ނޫން. މިއީ މުޅި ސަރުކާރުގެ ހިންގުމުގެ ނިޒާމުގެ މައްސަލައެއް. މި ކަންކަމުގެ ސަބަބުން ކުރިއަށް އޮތް އިންތިޚާބުތަކުގައި ސަރުކާރަށް ނޭދެވޭ އަސަރުކުރާނެ،" ސިޔާސީ ފަރާތް ތަކުންދަނީ ބުނަމުންނެވެ.
0%
0%
0%
0%
0%
20 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
2 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4