ފިނޭންސް މިނިސްޓްރީގެ އިއްޒަތްތެރިންގެ ކުއްލި މުއްސަނދިކަން: ވަގު ބޯޑް ޖެހި ތިން ހަތަރު ކާރާއި މިނިސްޓްރީގެ ގޯތިން ހިލޭ ޕާކިންގ

Finance ministryge ihzaitheringe kuhli muhsandhikan: Vagu board jehi thin hatharu car aai ministry ge goathin hiley parking

މި ސަރުކާރަށް އަހަރެއް ނުވަނިސް މުއްސަނދިވެ އަގުބޮޑު ކާރު ގަނެގެން ވަގު ބޯޑު ޖަހައިގެން ދުއްވާ މިނިސްޓްރީ އޮފް ފައިނޭންސް ބައެއް އިސް މީހުން

2

މިނިސްޓްރީ އޮފް ފައިނޭންސްގެ އިސް މީހުން މި ސަރުކާރަށް އަހަރެއް ނުފުރެނީސް އަގުބޮޑު ކާރުތަކެއް ގަނެ، ވަގު ބޯޑު ޖަހައިގެން ބޭނުންކުރަމުންދާކަން ހާމަވެއްޖެއެވެ.

ބައެއް މީހުން މި ކުރު މުއްދަތުގެ ތެރޭގަ ތިންހަތަރު ކާރު ގަނެފަވާކަން އަޅުގަނޑުމެން ބެލިބެލުމުން ވަނީ އެނގިފައެވެ.

ސްޓޭޓް މިނިސްޓަރ ހުސެން ޝާމް އާދަމްގެ ތިން ކާރު އޮންނައިރު، ސްޓޭޓް މިނިސްޓަރ އަހުމަދް މާޒިން އާއި ޑެޕިއުޓީ މިނިސްޓަރ އަހުމަދް އަޖުވަދު އަދި އެކައުންޓެންޓް ޖެނެރަލް މުހައްމަދް އަޒާދް، ސްޓޭޓް ޝެއަރހޯލްޑިންގ މެނޭޖްމަންޓް ޑިޕާރޓްމެންޓްގެ ހެޑް މުހައްމަދު ޝިފާހު އަދި ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީގަ އުޅޭ އެސިސްޓެންޓް ފަންޑް އޮފިސަރ އަބްދުލް މުއީން އަބްދުލް ގަނީވެސް ވަނީ ކޮންމެ މީހަކު ކާރެއް ގަނެފައެވެ.

ސްޓޭޓް މިނިސްޓަރ ހުސެން ޝާމް އާދަމްގެ ތިން ކާރު
 
މާޒިން، އަޖުވަދު އަދި އަޒާދުގެ ކާރުތައް
 
ޝިފާހާއި މުއީންގެ ކާރުތައް


ކާރު ރަޖިސްޓްރީކުރުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓްއިން ހުއްޓާލާފަ އޮތް ނަމަވެސް ފިނޭންސްގެ މި ގްރޫޕްއިން ވަނީ އެހެން ގޮތެއް ހޯދާފައެވެ.

އަޅުގަނޑުމެންގެ ތަހުޤީގުން ދައްކާ ގޮތުގަ މި މީހުން ގަނެފަވާ ކާރުތައް ރަޖިސްޓްރީކޮށްފަވަނީ އައްޑޫ ސިޓީއަށެވެ. އެހެންކަމުން މާލޭގަ މި މީހުން މި ކާރުތައް ދުއްވަނީ ވަގު ބޯޑްގައެވެ.

މީގެ އިތުރުން މި މީހުންގެ ހުރިހާ ކާރުތައް ޕާކްކުރަނީ އެއްވެސް އަގެއް ނުދީ ހިލޭ މިނިސްޓްރީ އޮފް ފައިނޭންސްގެ ގޯތި ތެރޭގައެވެ.

ފިނޭންސްގެ އިސް މީހުން މިފަދަ ބޮޑު ޖަރީމާއެއް ހިންގަމުންދާއިރު ޕާކް ކުރާނެ ތަނެއް ނެތިގެން އާންމު ރައްޔިތުންގެ އަގުބޮޑު ކާރުތައް މަގުމަތިވެ، ސްޓިކަރ އާއި ޖޫރިމަނާގެ ތަކުލީފް އޮތީ ބޮޑުވެފައެވެ.

އަދި ލިބޭ އާމްދަނީއާ ނުބައްދަލު ބޮޑު މުއްސަނދިކަމެއް ކުރު މުއްދަތެއްގެ ތެރޭ މި މީހުން ހޯދިއިރު ކަމާބެހޭ މުއައްސަސާތަކުން މިކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

މި މީހުންގެ ތެރެއިން ޝާމަކީ ފިނޭންސްގެ 4 ޑިޕާޓްމެންޓް ބަލަހައްޓާ އަދި ކަރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވޭ މީހެކެވެ.

ފެނަކަގެ ޖަނަރޭޓަރ ސަޕްލައި ޕްރޮޖެކްޓުން އެކަނިވެސް 5 މިލިޔަން ރުފިޔާ ނެގިކަމުގެ ތުހުމަތު އޭނާއަށް ކުރެވޭއިރު، ބާރާ ނުފޫޒް ބޭނުންކޮށްގެން ގާތްތިމާގެ މީހުން ކުންފުނިތަކުގެ ބޯޑަށް ޝާމްވަނީ ހަމަޖައްސާފައެވެ.

ލިޔުން ޙިއްސާ ކުރައްވާ

2 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

ކޮމެންޓްތައް

ނައިސް

16 އޮކްޓޫބަރު 2024

މީ ކޮންތާކުން ފައިދާވެގެން އުޅޭ ޝާމްކަރައެށް ތޯ ތިކަހަލަ ކަންކަން ކުރާކަމައްވަންޏާ އަވަހައް ވަޒީފާއިން ވަކިކޮށް ދައުލަތުގެ ލާރިންގަނެފަ ހުރި އެށްޗެއްތޯބަލާ އެހެންކަމައްވަންޏާ ދައުލަތައް އެ އެށްޗެއްނަގަންވީ ރައީސަކައް ހުންނަވާ ބޭފުޅަކު ވަރަށް ގަޓު ހުންނަންވާނެ ރައްޔިތުމީހާ ހުންނާނީ ވަރައްގާތުން ބަަލަން

ޕީއެސް

16 އޮކްޓޫބަރު 2024

ނުގަންނަންވީ ކީއްވެ؟ ކުންފުނިތަކުން ބަޖެޓް ނުކުރާ އަދި ކުރަންވެސް ހިތައް ނާރުވާ ކަންކަމަށް ރުފިޔާ މިލިއަނުން ޖަމާކޮށްފަ ލޭޔަރެއް އަޅާފަ ލޯންޑާ ކުރުމުގަ! އާޒާދު މީގެ ކުރިން ޕީސީބީގަ އުޅުނުއިރުވެސް ލޭޔަރ ކޮށްގެން ލާރިނެގި. އެއިރުގެ ޕާޓްނަރ އަކީ މިހާރުގެ ޕީއެސް

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

2

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4