އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ސިޔާސަތުގެ ދަށުން މިސްކިތްތަކުގެ މިމްބަރުތައް ބޭނުންކުރެވެމުން ދަނީ ވެރިކަން ކުރާ ފަރާތްތަކުގެ ދިފާޢުގަ
މިއަދުގެ ހުކުރު ނަމާދުގެ ޚުޠުބާ ގަޒަފް ކުރުމުގެ ނުބައިކަމާއި، މީސްތަކުންގެ އަބުރަށް އަރައިގަތުމުގެ ނުބައިކަމުގެ މައްޗަށް ޚާއްޞަކޮށްފައި ވުމުން، ގިނަ ބައެއްގެ މެދުގައި ބޮޑެތި ސުވާލުތަކަކާއި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
މި ޚުޠުބާ މި މައުޟޫޢަށް އަމާޒުކުރިއިރު، ރައީސް މުޢިއްޒުއާ ގުޅުވައިގެން މީޑިއާ ޑޮކުއުމެންޓަރީއަކު ދެއްކި ވާހަކަތަކަކާ ގުޅިގެން މަޝްހޫރު އައިސާ ގެ މައްޗަށް ގަޒަފް ކުރި ކަމުގެ ދަޢުވާ އުފުލައި، އެ މައްސަލައިގެ ޝަރީޢަތް މިހާރު ވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ. މި މައްސަލައަކީ ރައީސް އޮފީހުގައި މަސައްކަތްކުރި ޒުވާން އަންހެން މުވައްޒަފަކު، ރައީސްގެ ރަސްމީ ކޮޓަރިކޮޅުގައްޔާއި ފޯނު މެދުވެރިކޮށް ހިންގި ކަމަށް ބުނާ ކަންތައްތަކަކާ ގުޅިގެން ރައީސް މުޢިއްޒަށް އަމާޒުކޮށްފައިވާ ތުހުމަތުތަކެކެވެ. އެ ތުހުމަތުތަކާ ގުޅޭ ފޯނު ރެކޯޑިންތަކާއި މެސެޖުތައް އައިސާއަތުގައި ވީނަމަވެސް، ފުލުހުންގެ ފަރާތުން ރައީސާ އެއްވެސް ސުވާލެއް ކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.
އާންމުން ފާހަގަކުރާ ގޮތުގައި މައްސަލައަކީ ޤައުމުގައި ހިނގަމުންދާ ކަންކަމަށް ޚުޠުބާގައި އަލިއަޅުވާލުމެއް ނޫނެވެ. އަދި ހުކުރު މިމްބަރު ސިޔާސީ ވުމެއްވެސް ނޫނެވެ. ނަމަވެސް، ޤައުމުގައި މިވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޒަޔަނިސްޓް އިސްރާއީލާ ޅުންހުރި ފަރާތްތަކަކަށް ރާއްޖޭގެ ބިންތަކެއް 99 އަހަރަށް ދޫކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތެވެ. އެ އެއްބަސްވުން ދީނީ ޢިލްމުވެރިންނަށް ދައްކާނެ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް، މިފަދަ ނުރައްކާތެރި އަދި ދިވެހި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ޤައުމީ ބޮޑު މައްސަލައަކާ ގުޅޭގޮތުން ޚުޠުބާގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މީގެއިތުރުން، ފަހަކަށް އައިސް ރާއްޖޭގެ ގިނަ މީޑިއާތަކަކަށް ދުބާއީން 10 ދުވަހުގެ ޗުއްޓީ ދަތުރުތަކެއް ހަދިޔާގެ ގޮތުގައި ލިބިގެންދިޔަ މައްސަލައާއި، ރިޝްވަތާއި ނުފޫޒުގެ އެފަދަ ހަދިޔާތަކުގެ ނުބައިކަމާ މެދުވެސް މިއަދުގެ ޚުޠުބާގައި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.
ދިވެހި ގިނަ ރައްޔިތުންނާއި ފާޑުކިޔާ ފަރާތްތަކުން ދެކޭގޮތުގައި، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ސިޔާސަތުގެ ދަށުން މިސްކިތްތަކުގެ މިމްބަރުތައް ބޭނުންކުރެވެމުން ދަނީ ވެރިކަން ކުރާ ފަރާތްތަކުގެ ދިފާޢުގައެވެ. އަދި ޤައުމުގައި ހިނގާ ޚިޔާނާތާއި ޒަޔަނިސްޓުންނަށް ބިން ދިނުން ފަދަ ބޮޑެތި މުންކަރާތްތައް ފޮރުވައި، ސިޔާސީ ވަކި މަޤްޞަދެއް ޙާޞިލުކުރުމަށް ޚުޠުބާތައް ބައްޓަންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
0%
0%
0%
0%
0%
43 މިނަޓް ކުރި
0
1 ދުވަސް ކުރި
0
5 ދުވަސް ކުރި
0
2 މާރިޗު 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4