ސެހްރާވީ މުސްލިމުންގެ ޙައްޤުތަކާ ދެކޮޅަށް އެމެރިކާ އަދި އިޒްރޭލު އެދޭ ގޮތަށް ދިވެހިރާއްޖެއިން ވޯޓު ދީފި
އދ. ގެ ޢާންމު މަޖިލީހުގައި ނެގުނު މުހިންމު ވޯޓެއްގައި، ސެހްރާވީ މުސްލިމުންގެ ޙައްޤުތަކާ ދެކޮޅަށް އެމެރިކާ އަދި އިޒްރޭލު އެދޭ ގޮތަށް ދިވެހިރާއްޖެއިން ވޯޓު ދީފިއެވެ. މި ވޯޓަކީ މޮރޮކޯއިން ވެރިވެގަނެ ހިފާފައިވާ ވެސްޓަރން ސަހާރާގެ ރައްޔިތުންނަށް، އެމީހުންގެ އަމިއްލަ މިނިވަންކަމާމެދު ގޮތް ނިންމުމުގެ ޙައްޤު (ސެލްފް-ޑިޓަރމިނޭޝަން) އޮންނަންވާނެ ކަމަށް ބަޔާންކޮށް އދ. އިން ނެގި ވޯޓެކެވެ.
ވެސްޓަރން ސަހާރާގެ ރައްޔިތުންނަށް އަމިއްލަ މިނިވަންކަން ކަނޑައެޅުމުގެ ޙައްޤު ދިނުމާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ސީދާ ދެކޮޅަށް ވޯޓު ދިންއިރު، ދިވެހިރާއްޖެއިން މި މައްސަލައިގައި ޚިޔާރުކުރީ ވަކި ކޮޅަކަށް ވޯޓު ނުދީ، "އެބްސްޓެއިން" ވުމަށެވެ. މިއީ ސެހްރާވީ ރައްޔިތުންގެ ޙައްޤުތަކަށް ތާއީދު ނުކުރުމުގެ ގޮތުން އިނގިރޭސިވިލާތާއި ފްރާންސް ފަދަ ހުޅަނގުގެ ބާރުތަކާ އެއް ސަފެއްގައި ރާއްޖެއިން ނެގި ނިންމުމެކެވެ. ދުނިޔޭގެ އިސްލާމީ ގިނަ ޤައުމުތަކުން މި ޤަރާރަށް ފުރިހަމައަށް ތާއީދުކޮށް ވޯޓު ދީފައިވަނިކޮށް، ރާއްޖޭގެ މި ޢަމަލު ވެގެން ގޮސްފައިވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ކަމަކަށެވެ.
ވެސްޓަރން ސަހާރާއަކީ މުޅިންހެން މުސްލިމް އާބާދީއެއް އޮންނަ، އެފްރިކާ ބައްރުގެ ސަރަޙައްދެކެވެ. ސްޕެއިންގެ އިސްތިޢުމާރުގެ ދަށުން މިނިވަންކަން އިޢުލާނު ކުރުމާއެކު، މޮރޮކޯގެ އަސްކަރިއްޔާއިން ވަނީ އެ ސަރަޙައްދަށް އަރައިގަނެ އެތަން ގަދަކަމުން ހިފާފައެވެ. އަލްޖީރިއާ ހިމެނޭހެން އިސްލާމީ ގިނަ ޤައުމުތަކާއި ދުނިޔޭގެ ބޮޑެތި ޖަމާޢަތްތަކުން ދެކޭގޮތުގައި ވެސްޓަރން ސަހާރާއަކީ މޮރޮކޯއިން ޣައިރު ޤާނޫނީ ގޮތެއްގައި ހިފާފައިވާ ސަރަޙައްދެކެވެ. އަދި އެތަނުގެ މުސްލިމް އަހުލުވެރިންނަށް އަމިއްލަ އިސްތިޤުލާލާއި މިނިވަންކަން ލިބެންޖެހޭނެ ކަމަށް އެ ޤައުމުތަކުން އަބަދުވެސް ވަކާލާތު ކުރެއެވެ.
ނަމަވެސް، ވެސްޓަރން ސަހާރާ ހިސާރުކޮށްގެން އޮތް މޮރޮކޯގެ މި ޢަމަލު އެމެރިކާއިން ރަސްމީކޮށް ބަލައިގަތުމުގެ ބަދަލެއްގެ ގޮތުން، މޮރޮކޯއިން ވަނީ އަނިޔާވެރި އިޒްރޭލާ އެކު ގުޅުން ޤާއިމުކޮށް، "އަބްރަހަމް އެކޯޑްސް" ގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމާ ގުޅިގެން އެމެރިކާއާއި އިޒްރޭލުން ވަކާލާތު ކުރަމުންދަނީ އެއީ މޮރޮކޯގެ ބައެއް ކަމަށެވެ.
މުސްލިމް އުއްމަތުގެ ޙައްޤުތަކާއި ފަލަސްޠީނާއި ސެހްރާވީ ރައްޔިތުން ފަދަ އަނިޔާ ލިބެމުންދާ މުސްލިމުންގެ މިނިވަންކަމަށް މުޅި އިސްލާމީ ދުނިޔެ އަޑުއުފުލަމުންދާ ދަނޑިވަޅެއްގައި، އިޒްރޭލާއި އެމެރިކާގެ މަޞްލަޙަތު އިސްވާ ގޮތަށް އދ. ގައި ރާއްޖެއިން ވޯޓު ދިނުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާމެދު ސުވާލު އުފެދިގެންދިޔަ ކަމެކެވެ. ސެހްރާވީ މުސްލިމުންގެ އަމިއްލަ އިޚްތިޔާރާއި މިނިވަންކަމުގެ ޙައްޤުގައި އިސްލާމީ ޤައުމުތަކުން ތެދުވި ވަގުތު، ދިވެހިރާއްޖެއިން ނިންމި ނިންމުމަކީ އިސްލާމީ އެއްބައިވަންތަކަމާ ފުށުއަރާ ނިންމުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
0%
0%
0%
0%
0%
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
2 ދުވަސް ކުރި
0
6 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4