ޕާޓީގެ ރަސްމީ ނިންމުންތަކާއި ޚިލާފުވާ މެންބަރުންނާ މެދު އަމަލުކުރާނީ ހަމަ އެ އުސޫލުން
ރައްޔިތުންގެ މަޖިލީހުގައި އީގަލް ހިލްސް ކުންފުންޏާ ދެކޮޅަށް ވާހަކަދައްކަވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުންނާ މެދު ސުލޫކީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު، އެ ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ދެއްވައިފިއެވެ. ޗެއާޕާސަން ނަޝީދު މިފަދަ އިންޒާރެއް ދެއްވާފައި މިވަނީ، އީގަލް ހިލްސްއާ ގުޅޭގޮތުން ޕާޓީން ރަސްމީކޮށް ބަޔާނެއް ނެރެފައިވަނިކޮށް، އެ ބަޔާނާއި ޕާޓީގެ ސްޓޭންޑާ ޚިލާފަށް ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގައި ތަކުރާރުކޮށް ވާހަކަދައްކަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
މި މައްސަލައާ ގުޅިގެން މެންބަރުންނަށް އިންޒާރު ދެއްވަމުން، އެމްޑީޕީގެ ކުރީގެ ލީޑަޝިޕްގެ މިސާލު ނަންގަވައި ފާހަގަކުރެއްވީ، މީގެ ކުރިންވެސް ޕާޓީގެ ރަސްމީ ސިޔާސަތުތަކާ ޚިލާފުވުމުގެ ސަބަބުން ކުރީގެ މަޖިލިސް މެންބަރު އަލީ ޢާޒިމް ފަދަ ބޭފުޅުންނާ މެދުވެސް ޕާޓީން ފިޔަވަޅު އަޅައި، ވަކިކޮށްފައިވާ ކަމެވެ. އެހެންކަމުން، މިހާރުވެސް ޕާޓީގެ ރަސްމީ ނިންމުންތަކާއި ޚިލާފުވާ މެންބަރުންނާ މެދު އަމަލުކުރާނީ ހަމަ އެ އުސޫލުން ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީން މިހާރު ވާނީ އީގަލް ހިލްސްގެ މައްސަލައިގައި ޕާޓީގެ ރަސްމީ ވިސްނުން ހާމަކޮށް ބަޔާނެއް ނެރެފައެވެ. އެހެންކަމުން، މަޖިލީހުގައި ތަމްސީލުކުރައްވާ ޕާޓީގެ މެންބަރުން އެ ނިންމުމަށް އިހުތިރާމްކުރަންޖެހޭނެ ކަމަށާއި، ޕާޓީގެ ވިޕްލައިނާއި ޚިލާފަށް އަދި ރަސްމީ ސިޔާސަތުތަކާ ދެކޮޅަށް ވާހަކަދެއްކުން ކުރިއަށް ގެންދަވާނަމަ، ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން އަޅަންޖެހޭ ސުލޫކީ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ސާފު އިޝާރާތެއް ޗެއާޕާސަން ވަނީ ދެއްވާފައެވެ.
މި މައްސަލައިގައި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ބައެއް މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާއިރު، ގިނަ އަދަދެއްގެ އާންމުގެ ފާޑުކިޔުންތައްވެސް މިވަނީ ޗެއާޕާޝަން ނަޝީދަށް އަމާޒުވެފައެވެ.
0%
0%
0%
0%
0%
1 ދުވަސް ކުރި
0
11 އޮކްޓޫބަރު 2026
0
2 މާރިޗު 2026
0
27 ފެބުރުވަރީ 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4