ހަފުތާއަކު 400,000 ރުފިޔާ ގެ ކަޅުފައިސާ އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލްގެ އަމިއްލަ ޖަމިއްޔާގެ އެކައުންޓަށް!
ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ޚާއްޞަކޮށް ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާ ގުޅުންހުރި ބޮޑު ކޮރަޕްޝަނެއްގެ މައްސަލައެއް ހާމަވެއްޖެއެވެ. ސަރުކާރުގެ އެތެރޭގެ މަޞްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި މާލީ ގޮތުން ނޭދެވޭ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ އިރު، މިކަމުގައި އިސް މަޤާމުތަކުގައި ތިބި ފަރާތްތައް ސީދާ ބައިވެރިވެފައިވާކަމަށް ބުނެވެއެވެ.
ރިޕޯޓުތަކުގައިވާ ގޮތުން، އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް، އެގްޒެކެޓިވް ކޮމިޓީ މެންބަރުންނާއެކު ބޭއްވުނު ބައްދަލުވުމެއްގައި އޭނާގެ ކެބިންގައި ރައްކާކޮށްފައިވާ ބޮޑު އަދަދެއްގެ ފައިސާ ރައްޔިތުންގެ މަޖިލީހުގައި ތިބި ޕީއެންސީގެ މެންބަރުންނަށް ދިނުމަށް ހަމަޖެހިފައިވާކަމަށް އިޢުތިރާފުވެފައިވެއެވެ. މި ޢަމަލުތައް ހިންގާފައިވަނީ ރައީސް މުސް މުޢިއްޒުގެ ސީދާ އަމުރަށްކަމަށް ތުހުމަތުކުރެވޭ އިރު، މިކަމާ ގުޅިގެން ސަރުކާރުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާމެދު ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރެވެއެވެ.
މީގެ އިތުރުން، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމަށް މި ނާޖާއިޒު މުޢާމަލާތްތަކުގެ މަޢުލޫމާތު އެނގިފައިވާކަން ހާމަވެފައިވެއެވެ. މި ތުހުމަތުތައް އިތުރަށް ފުޅާވެގެންދަނީ ވިލާގެ ކުރީގެ މުވައްޒަފެއްކަމަށްވާ ހަމީދު އަޙްމަދު، އެފްއެސްއެމްގެ އޮޕަރޭޝަންސް މެނޭޖަރުގެ މަޤާމަށް ޢައްޔަންކުރުމަށް ރޭވިފައިވާތީއެވެ. މި ޢައްޔަންކުރުމާއެކު 1،000،000.00ރުފިޔާގެ ކޮމިޝަން ޑީލެއް ހިމެނޭކަމަށް ބުނެވޭ އިރު، މިކަން ހަމަޖައްސައިދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ރަހީމް، އެސްޓީއޯގެ އެމްޑީ ޝިމާދު އަދި އެފްއެސްއެމްގެ އެމްޑީ ސީ ސުހައިލް މެދުވެރިވެގެންކަމަށް އިތުބާރު ހިފޭ މަސްދަރަކުން ދޮންއަމާ ނިއުސްއަށް ވަނީ ކަށަވަރު ކޮށްދީފައެވެ. މި ހާމަވުންތަކަކީ ވަކިން ޚާއްޞަކޮށް ކަންބޮޑުވާންޖެހޭ ކަމެކެވެ. އެހެނީ އެފްއެސްއެމްއަކީ ބަންކަރިންގ ފަދަ ސަރުކާރުގެ މުހިންމު މަޝްރޫޢުތަކުގައި ބައިވެރިވާ ފަރާތަކަށްވެފައި، މިފަދަ މަޝްރޫޢުތަކަކީ ޤައުމުގެ އިޤްތިޞާދުގައި މުހިންމު ދައުރެއް އަދާކުރާ ކަންކަމަށްވާތީއެވެ. މި މަޝްރޫޢުތަކުގައި ބައިވެރިވާ ފަރާތްތަކުން ކޮރަޕްޝަނުގެ ޢަމަލުތައް ހިންގުމަކީ ސަރުކާރުގެ މާލީ މަޞްލަޙަތުތަކަށް ނުރައްކާތެރި ބޮޑު ގޮންޖެހުމެކެވެ.
މީގެ އިތުރުން، ހަފުތާއަކު 400,000 ރުފިޔާ ކޮރަޕްޝަނުގެ ޢަމަލުތަކުގެ ތެރެއިން ނަގަމުންދާކަމަށް ބުނެވޭ އިރު، މި ފައިސާ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް އެފްއެސްއެމްގެ އެމްޑީ ސީ ސުހައިލްގެ، އަމިއްލަ ޖަމްޢިއްޔާ "ސޮސައިޓީ ފޮރ މައި ޑިވަލްޕުމެންޓު" އަށް ދޫކުރެވެމުންދާކަމަށް މައުލޫމާތުލިބެއެވެ. މިފަދަ ގޮތަކަށް ދައުލަތުގެ ފައިސާއިން ވައްކަން ކުރުމުގެ ސަބަބުން، ޢާންމު ޚިދުމަތްތަކާއި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް އަސަރުކުރާކަމީ ރައްޔިތުންގެ މެދުގައި ނުރުހުން އުފެދިފައިވާ ނާތަހުޒީބީކަންކަމެކެވެ.
މި ކަންތައްތަކާ ގުޅިގެން، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ސަމާލުކަން އައިސްފައެވެ. ޔޫ.އެސް. ފެޑެރަލް ބޭންކުން މި ޑީލްތަކާ ގުޅުންހުރި މަނީ ލޯންޑަރިންގގެ ޙަރަކާތްތަކާ ގުޅޭގޮތުން ތަޙްޤީޤު ކުރަމުންދާކަމަށް ބުނެވޭ އިރު، މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އަބުރުދަނީ ބައިނަލްއަޤްވާމީ ދުނިޔޭގައި ވެއްޔާއި ދަނީމޮޑެވި ވަޅުޖަހަމުންނެވެ. ބްލެކް މާކެޓް ވިޔަފާރިއާއި މާލީ ކަންކަން ނަހަމަ ގޮތުގައި ބެލެހެއްޓުމާ ގުޅުވައިގެން ދިވެހިރާއްޖޭގެ ނަން ގިނަ ވަމުންދިއުމުގެ ސަބަބުން، މުހިންމު ބައިނަލްއަޤްވާމީ ބައިވެރިންނާއި އިންވެސްޓަރުންނާ ދުރުވުމުގެ ނުރައްކާ އޮތްކަން ފާހަގަކުރެވެއެވެ.
މި މައްސަލަ ކުރިއަށްދާ ވަރަކަށް، ދިވެހިރާއްޖޭގެ މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު ދަށްވަމުންދާ އިރު، ސަރުކާރުގެ އެންމެ މަތީ ފަންތިން ފެށިގެން ވަގުތުން ޖަވާބުދާރީވެ، ހާމަކަން ބޮޑު ގޮތެއްގައި މިކަން ބެލުމަށް ގޮވާލާ ގުވާލުންތައް ދަނީ އިތުރުވަމުންނެވެ.
ދޯންމާ ނިއުސްއިން މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ލިބޭ މިންވަރަކުން އަޕްޑޭޓްތައް ދެމުންގެންދާނެއެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4