މި ފައިސާއިން ގަންނަން ރާވާފައިވާ ހަތިޔާރުތަކުގެ އަގު އާދަޔާ ޚިލާފަށް ބޮޑު
ރައީސް ކައްޒާބު ވަނީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ ކުޑަވެގެން ޚަރަދުކުރަންޖެހޭ އަދަދު 1.8 ބިލިއަން ރުފިޔާއަށް އިތުރުކުރައްވާފައެވެ. މިކަން ރައީސް ކުރައްވާފައިވަނީ 6/2025 ޤަރާރު އަލުން އެކުލަވާލައްވައި، އެ ޤަރާރުގެ ޖަދުވަލު 13 އަށް ބަދަލު ގެންނެވުމަށްފަހުގައެވެ.
ކުރިން މި ބަޖެޓުކުރި އަދަދަކީ 15 މިލިއަން ޑޮލަރެއެވެ. ނަމަވެސް މިހާރު މި އަދަދު ވަނީ 100 މިލިއަން ޑޮލަރަށް އިތުރުކުރައްވާފައެވެ. މި ބަދަލު ގެންނެވުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަދި އިސްތިޤުލާލު ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި، ޤައުމުގެ ސުލްޙަމަސަލަސްކަން ގާއިމު ކުރުން ކަމަށް ރައީސް އޮފީހުންވަނީ ބުނެފައެވެ.
ނަމަވެސް މި ނިންމު މަކީ ބިރުވެރި، އަދި ފަސާދައަށް ކައްޒާބުގެ ސަރުކާރުން ހުޅުވަން އުޅޭ ކަޅުބާޒާރެކެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިވަރުގެ ބޮޑު އަދަދު ޚަރަދުކުރަން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތިކަމަށާއި، މާލީ ގާނޫނުތައް އެވަނީ ކޯނާ ކޮށްފަކަމަަށެވެ. އަދި މިފަދަ ބޮޑު އަދަދެއް ޚަރަދުކުރުމުގެ ބޭނުމަކީ ވެރިކަން ދެމެހެއްޓުމަށް ބޭނުންވާ ފައިސާ ހޯދުން ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.
އަސްކަރީ ދާއިރާގެ ބައެއް ފަރާތްތަކުން ދޭ މަޢުލޫމާތުގައި، މި ބޮޑު އަދަދުން ގަންނަން ރޭވިފައިވާ ބައެއް ހަތިޔާރުތަކުގެ އަގު އާދަޔާ ޚިލާފަށް ބޮޑުކަމަށް ބުނެއެވެ. މިސާލަކަށް ކުރިންވެސް 3 މިލިއަން ޑޮލަރަށް ލިބޭ ޑްރޯނެއް 9 މިލިއަން ޑޮލަރަށް ގަތްކަމަށް ބުނެއެވެ.
ރައްޔިތުންގެ ޓެކްސް ފައިސާއަށް ހިތުހުރި ގޮތެއް ހަދަން، ދޫދީގެން ދިވެހިން ތިބޭނެ ކަމަަށް ސަރުކާރަށް ހީވުމަކީ ކުންހީއެކެވެ.
0%
0%
0%
0%
0%
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
30 މާރިޗު 2025
0
29 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4