ހައްޖު މިޝަންގެ ކުރީގެ މެންބަރު މުހައްމަދު ނިޒާމުގެ ފޭސްބޫކުގައި ހައްޖުކޯޕަރޭޝަންގެ ކަރަޕުޝަނާއި އިހްމާލުގެ އެތަކެއް ވާހަކަތައް!
ހައްޖު މިޝަންގެ ކުރީގެ މެންބަރު މުހައްމަދު ނިޒާމުގެ ފޭސްބޫކުގައި ހައްޖުކޯޕަރޭޝަންގެ ކަރަޕުޝަނާއި އިހްމާލުގެ އެތަކެއް ވާހަކަތައް ލިޔެ ސޯސަލްމީޑާއިގައި ޖަހާފައިވަނީ ކަންބޮޑުވާ މިންވަރަށެވެ. މިފަހަރު ހައްޖުގެ މަތިވެރި އަޅުކަން ފެށުނީސުރެ، ހައްޖުކޯޕަރޭޝަނާއި ދިމާލަށް، އެކި ފަރާތްތަކުން އައީ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ. ދައުލަތުގެ ހަރަދުގައި ފަގީރުންގެ ނަމުގައި ހައްޖަށް ގެންދިއަ މީހުންނާއި، ސަރުކާރުގެ ކުންފުނިތަކަށް ކުޑައަގުގައި ދޫކުރި ކޯޓާތަކާއި އިސްލާމިކް މިނިސްޓަރގެ އާއިލީ މީހުންނަށް ލިބުނު ފުރުސަތުގެ ވާހަކަތަކެވެ.
ހައްޖު މިޝަންގެ ކުރީގެ މެންބަރު މުހައްމަދު ނިޒާމުގެ ފޭސްބޫކުގައި ލިޔެފައިވަނީ ހައްޖުކޯޕަރޭޝަންގެ ކަރަޕްޝަނާއި ހިދުމަތްތަކުގެ ދޯދިއާ ވާހަކައެވެ. ސަރުކާރުން ކަންކަން ބަލަން ހަވާލުކޮށް ފޮނުވި މީހުން ފިނިކޮޓަރީގައި އަޅާނުލާ ތިބިވާހަކައެވެ. އަމީރުލް ޙައްޖު ލޮލަށް ނުފެންނަވާހަކެވެ. 85000.00 ރުފިޔާ ދައްކާފައި ހައްޖަށް ދިޔަ ރައްޔެތުންގެ އަޅުކަމުގެވަގުތުން ބައެއްގެއްލުންވާހަކެވެ.
2- އެހީތެރިންނާއި ބަސް ލީޑަރުންނަކީ ދީނީގޮތުން ކަންކަން އޮޅުންފިލާފައިތިބި، ކޮންމެވެސް ވަރަކަށް އަރަބި ބަސް ދަންނަ، ގޫގުލްމެޕް ފަދަ އާދައިގެ އެޕްލިކޭޝަންތައް ބޭނުންކުރަން ދަންނަ އަދި މަޝާއިރު ތަކުގެ ރޫޓްތަކަށް އަހުލުވެރި ބަޔަކަށް ވާންޖެހޭ ކަމަށެވެ.
3- ކޮރަޕްޝަންގެ ތުހުމަތު ނުކުރެވޭނެފަދަ ގޮތަކަށް ކަންކަން އިންތިޒާމް ކުރެވޭނެ މެނޭޖްމަންޓެއް ކޯޕަރޭޝަން އަށް ގެންނަންޖެހޭ. ކޮންމެ މީހަކުވެސް 85.000 ފުރިޔާ ދައްކައިގެން ހައްޖަށް އަންނައިރު އެ އަގާ އެއް ފެންވަރެެއްގެ ހިދުމަތެއް ލިބޭނެ ކަމަށް އެކްސްޕެކްޓް ކުރެވޭނެ. އެހެން ނަމަވެސް ލަންކާ މީހުންނާ އެއް ޓެންޓު ސަރަހައްދެއް ޝެއަރކޮށްފައިވާއިރު، އަދި އެއް މުތޮއްވިފެއް (އެޖެންޓެއް) ޝެއަރކޮށްފައިވާއިރު، ދިވެހިންނަށްވުރެ ނިސްބަތުން ކުޑަ އެއްޗެއް ލަންކާ މީހުން ހަރަދު ކޮށްފައިވާއިރު، ދިވެހިންނަށް މިނާގައި ދެވުނު ހިދުމަތަކީ ހަމަ ސުމެއް. ޓެންޓް ތަކުގައި ދިވެހިން ބައިތިއްބާފައިތިބީ ވަރަށް ލާއިންސާނީ ގޮތަކަށް. 300 މީހުންގެ ޖާގައިގެ ޓެންޓެއްގައި 500 މީހުން ބައިތިއްބާފައި ތިބިކަން ފާހަގަކުރެވުނު. ޓެންޓްތައް ހޫނުގަދަކަމުން ހީވަނީ އަވަނެއްހެން. ބައެއް ދިވެހިން ނިދީ ކައިރީގައިހުރި މިސްކިތެއްގަ. ފުރަތަމަ ދެދުވަހު ދިނީ (ބަންގާޅީ) ކެއުން. ދުވަސްވީ ގިނަމީހުންތިބީ އެ ދެ ދުވަހު ނުކައި. ކާއެއްޗެހި ފޯރުކޮށްދެވެނީވެސް އެތައް އިރެއްފަހުން. އެހެންކަމުން ހައްޖުވެރިން އަތުންނެގި ފައިސާއާއި އެއްވަރުގެ ހިދުމަތެއް ނުދެވުނީ މުތޮއްވިފާއި ގުޅިގެން ކޮރަޕްޝަންގެ އަމަލު ހިންގާފައިވާތީ ކަމަށް ތުހުމަތު ކުރެވޭ. މިކަން ތަހުގީގު ކުރުމަށް އޭސީސީ އަށް ހުށަހަޅަން ގަސްތުކުރަން. އަދި ލާއިންސާނީ ގޮތެއްގައި ހާޖީންނާއިމެދު ކަންކަން ކޮށްފައިވާތީ އެކަންކަން ބަލައި ފިޔަވަޅު އެޅުމަށް މަޖްލީހަށާއި އެޗް.އާރް.ސީ.އެމް އަށް ހުށަހަޅަން ގަސްތުކުރަން.
4- އަމީރުލް ހައްޖު އަދި ސަރުކާރުގެ ވުޒާރާތަކުގެ ވެރިން ތަންކޮޅެއް ގާތުން ކަންކަން ބަލަންފެނޭ. މަޝާއިރުތަކުގައި އަމީރުލް ހައްޖު އަދި މިފަހަރު ހައްޖަށް ވަޑަގެންނެވި މިނިސްޓަރުންނާއި ސަރުކާރުގެ ވެރިން ވީތަނެއް ނޭންގުނު. ހައްޖުވެރިންގެ ހާލުބެލުމަށް އެއްވެސް ޓެންޓަކަށް އެއްވެސް "ވެރިއެއް" ވަޑައިނުގަންނަވާކަން ފާހަގަ ކުރެވުނު.
5- ކުރީބައިގައި މަސައްކަތްކޮށްގެން ޖަމްރާތަކާ ކައިރިން މިނާގެ ޓެންޓް ހަމަޖައްސަން މަސައްކަތްކުރުން.
6- ކޯޕަރޭޝަންގެ މުވައްޒަފުން ސައުދީގެ ޤާނޫނުތަކާއި ގަވާޢިދުތަކަށް ހުރުމަތްތެރިކޮށްހިތުން. ޕީ.އާރް ޖެއްސުމަށް ޖަމްރާތަކަށްދަނީ ހައްޖުކޯޕަރޭޝަންގެ ދިދަތައް ނަގައިގެން (މުޒާހަރާ ކުރާހެން). މިކަމަކީ މަނާކަމެއް. އަދި ސެކުރިޓީ ބަލަހައްޓާ ސިފައިން، އެ ދިދަތައް ނުއުފުލުމަށް އެންގުމުންވެސް، ކިޔަމަންނުވެ އެކަން ތަކުރާރު ކުރަމުން ދިޔަކަން ފާހަގަ ކުރެވުނު.
މީގެއިތުރުން ނިޒާމް ލިޔެފައިވަނީ "ޖުމްލަ ގޮތެއްގައި ކޯޕަރޭޝަންގެ މުވައްޒަފުންނާއި އެހީތެރިންގެ މަސައްކަތް ވަރަށް ފުރިހަމަ. އެކަމަކު ބައެއް ފަހަރު މެނޭޖްމަންޓްގެ ފަރާތުން ބޮޑެތި ބްލަންޑަރސް އަޅާފައިވާކަމަށެވެ."
މި ލިޔުންނެގުމަށް ހައްޖުކޯޕަރޭޝަންގެ އެމްޑީދަނީ ތަކުރާރުކޮށް އެދެމުންނެވެ. އަދި ނިޒާމު ތައުބާ ވާންޖެހޭ ކަމަށްވެސް ކޯޕަރޭޝަން އެމްޑީ ކޮމެންޓު ކޮއްފައިވެއެވެ.
0%
0%
0%
0%
0%
ބަލަންތިބޭ
20 ޖޫން 2024
ވެހޭއިރު ފެން ނަގާނެ ، ޅައިރު ތަޅުގާ ހިފާނެ.....
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4