އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ)ގައި ކުރަމުންދާ މުޒާހަރާ ހުއްޓުވުމަށް މިފްކޯއިން ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެ!
މިދިޔަ ހަފްތާ ބުރާސްފަތި ދުހުން ފެށިގެން އައްޑޫ މަސްވެރިން އިހްތިޖާޖު ކުރަމުން ދަނީ އެމީހުން މިފްކޯއަށް ކިރުވި މަހުގެ ފައިސާ ނުދޭތީ އާއި މަސްވެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވަމުންނެވެ. މަސްވެރިން ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތައް މަސްވެރިން ހުއްޓުވާފައިވާ މިފްކޯއިން ދަނީ ބުނަމުންނެވެ.
މިކަމާއި މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައިވަނީ، ހަޅުތާލުކޮށް ހިންގުމަށް ހުރަސް އަޅާ މަސްދޯނި ފަހަރުތަކުން މަސްގަތުން ތިން މަސްދުވަހަށް މެދުކަނޑާލާނެ ކަމަށެެވެ.
މިއީ، ޑިމޮކުރަސީގެ އަސާސުތަކާއި ހިލާފު ނިންމުކެވެ. ވަޒީފާއާ ބެހޭ ގާނޫނުން ސުލުހަވެރިކަމާއި އެކު އެއްވެ، މަސައްކަތް ހުޓާލާއި، އިހްތިޖާޖުކުރުމުގެ ހައްގުދީފައިވެއެވެ. އަދި މިއީ ރާއްޖެއިން ސޮއިކޮށް ބަލައިގަނެފައިވާ އައިއެލްއޯގެ މަސްދަރުތަކާއިވެސް ސީދާ ހިލާފު ނިންމުމެކެވެ.
މިފްކޯއިން މި އިންޒާރު ދީފައި ވަނީ، އޭއެފްސީގައި ބައެއް ދޯނިފަހަރުތަކުން ބުރާސްފަތި ދުވަހުން ފެށިގެން ހިންގަމުންދާ އިހުތިޖާޖުގައި އެ ފެސިލިޓީގައި ހުރި މިފްކޯގެ މުވައްޒަފުންގެ އަސާސީ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅޭހެން އަމަލުތައް ބަހައްޓަމުން ގެންދާ ކަމަށް ބުނެއެވެ. ނަމަވެސް މަސްވެރިން ދަނީ މިކަން ދޮގުކުރަމުންނެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4