ހިނގަހިނގާ އޮތް ދައުލަތެއް ހިންގަން ނޭނގިގެން ހަރުމުދާތައް ވިއްކާ ނަގަނީ، ދިރާގު އެކީއެކަށް ޗައިނާ ކުންފުންޏަކަށް ވިއްކާލަން ނިންމައިފި
ރައީސް މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވިތާ 9 މަސް ފާއިތުވެގެން ދިޔައިރު، ޤައުމުގެ އިޤްތިޞާދީ ހާލަތު ދަށަށް ދިއުމާ ގުޅިގެން ސަރުކާރުން ވަނީ ދިރާގު ޗައިނާގެ ކުންފުންޏަކަށް ވިއްކާލަން ނިންމާފައެވެ.
މި ނިންމުން ނިންމާފައިވަނީ ޤައުމުގެ އާމްދަނީ އިތުރުނުވެ، 3000 އަށްވުރެ ގިނަ ސިޔާސީ މަޤާމުތަކަށް މުވައްޒަފުން ނަގައި، އެ މުވައްޒަފުންނަށް ބޮޑެތި މުސާރަ ދެމުންދާ ދަނޑިވަޅެއްގައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވާފައިވާ ސިއްރު ސިޓީއެއްގައި ބުނެފައިވާ ގޮތުގައި، 2024 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް އެމްއެމްއޭގެ ޑޮލަރު ރިޒާވް އެއްކޮށް ހުސްވާނެއެވެ. މިކަމުގެ ސަބަބުން އަސާސީ ކާބޯތަކެތި އިމްޕޯޓް ކުރުމަށްވެސް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ބޭރުގެ އެއްވެސް ޤައުމަކުން އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރުމުގައި ކާމިޔާބު ވެފައި ނުވާ ކަމަށް ބެލެވެއެވެ. އަދި ރިސޯޓު ވެރިންގެ ނުފޫޒުގެ ސަބަބުން ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސް އިތުރު ކުރުމަށްވެސް ސަރުކާރުން ނުކުޅެދި ހުރިހާ ދުއްޕާނެއް ޖައްސާފައި މިވަނީ އާންމު ރައްޔިތުންނަށެވެ.
މި ހާލަތުގައި ސަރުކާރުން ވަނީ ރާއްޖޭގެ ފައިދާ ބޮޑު ހުރިހާ ކުންފުނިތަކެއް ވިއްކާލުމަށް ނިންމާފައެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ ވިއްކާލަން ނިންމާފައިވަނީ ދިރާގެވެ. ދިރާގު ވިއްކާލަން ނިންމާފައިވަނީ ޗައިނާގެ ކުންފުންޏަކަށެވެ.
މާހިރުން ލަފާކުރާ ގޮތުގައި މުޢިއްޒުގެ ވެރިކަމުގެ 5 އަހަރު ނިމޭއިރު ދައުލަތުގެ ތިޖޫރީ އެއްކޮށް ހުސްވެ، އެތަނުގައި ހުންނާނީ ހުސް ވަޅުގަނޑެކެވެ.
0%
0%
0%
0%
0%
ތިމަންނަ
20 އޮގަސްޓު 2024
"އަމިއްލަޔަށް ފޭހުނު އިލޮށިގަޑު އަމިއްލަ ލޮލަށް"
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4