ހޯމް މިނިސްޓްރީން ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ސޮފްޓްވެއާއެއް ތައްޔާރުކުރުމުގެ މަސައްކަތް މެލޭޝިޔާގެ ޖީ3 ގްލޯބަލްއާ ހަވާލުކޮށްފި، މިކަން ކުރެވޭނެ އެތައް ދިވެހިންނެއް އެބަތިބި
ހޯމް މިނިސްޓްރީން ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ސޮފްޓްވެއާއެއް ތައްޔާރުކުރުމުގެ މަސައްކަތް މެލޭޝިޔާގެ ޖީ3 ގްލޯބަލްއާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް ބިދޭސީ ކުންފުންޏަކާ ހަވާލުކޮށްފައި މިވަނީ މިކަން ކުރެވޭވަރުގެ ސަތޭކަ އެތައް ދިވެހިން ތިއްބަ އެވެ.
މި މަސައްކަތް ބޭރު ކުންފުންޏަކާ ހަވާލުކޮށްފައި މިވަނީ ރާއްޖޭގައި ތިބި ކޮންމެ ބިދޭސީއަކަށް އަހަރެއްގެ މައްޗަށް 100 ޑޮލަރު (1542.00 ރުފިޔާ)ގެ ރޭޓުންނެވެ.
ރާއްޖޭގައި ގާތްގަނޑަކަށް 250،000 ބިދޭސީން ތިބިކަމަށް ބަލާއިރު ގާތްގަނޑަކަށް އަހަރަކު 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ހޭދަ ކުރާނެ އެވެ. މީގެން ދިވެހި ސަރުކާރަށް ލިބެނީ އެންމެ 5 އިންސައްތަ އެވެ. އެއީ 1.25 މިލިއަން ޑޮލަރު (19.275 މިލިއަން ރުފިޔާ) އެވެ. މިއީ ގަބޫލުކުރަން ދަތި ކަމެކެވެ.
މި އެއްބަސްވުމަކީ 30 އަހަރުގެ ކޮންސެޝަން އެއްބަސްވުމެކެވެ. އެއްބަސްވުން ހަދާފައި ވަނީ އަދި އިތުރު 30 އަހަރަށް އަމިއްލައަށް އިތުރުވާގޮތަށެވެ.
މީގައި ގައުމީ ސަލާމަތާ ގުޅޭ އެތައް މައްސަލައެއް ހިމެނެ އެވެ. މި އެއްބަސްވުން އެއްވެސް ސަބަބަކާހުރެ ބާތިލުކޮށްފިނަމަ، ދިވެހި ސަރުކާރަށް ބިލިއަން ރުފިޔާގެ ޚަރަދު ހިނގާނެ އެވެ.
ސަބަބަކީ ޖީ3 އަށް ލިބޭނެ އާމްދަނީ މިލިއަން ޑޮލަރުންކަމަށްވާތީ، އެއްބަސްވުން ބާތިލުކޮށްފިނަމަ އެމީހުން ބޮޑު ބަދަލެއް ހޯދަން މަސައްކަތްކުރާނެތީ އެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4