އިންޑިއާގެ ސިފައިން ހަތިޔާރާއިއެކު ރާއްޖޭގައި ތިބިތޯ ބެލުން އެހާމުހިންމެއް ނޫން - ސަރުކާރު
ދިވެހިރާއްޖޭގައި ޤާއިމްވެގެން ތިބޭ އިންޑިއާ ސިފައިންގެ އަދަދު އިތުރުކުރި ކަމާއި ހުރި ނުރައްކަލުގެ ވާހަކައާއި އެވެރިންގެ ކޮޓުރޯލު ދަށުގައިވާ އުތުރުތިލަފަޅާއި، އަދި އިތުރު 4 އަސްކަރީ މަރުކަޒުތަކެއްގެ ވާހަކަ، އަޑުހާ ފިތްކަނޑައިގެން ނުދާނެ ހަމަ އެއްމެ ރައްޔިތަކުވެސް ނުހުންނާނެކަން ކަސަވަރެވެ. ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެދޭ ގޮތައް އެތަކެއް ފިތުނަ ވެރި ވާހަކަ ތަކެއް ވަނީ ޑރ މުއިޒު ކެންޕޭނުތެރޭގައި އިންތިހާއަށް ފަތުރާފައިއެވެ.
މީގެ ތެރެއިން އެންމެ ބޮޑު އެއްފިތުނައަކީ އެތަކެއް ސަތޭކަ އިންޑިއާ ސިފައިން ހަތިޔާރާއި އެކު އުތުރު ތިލަފަޅުގައި ގާއިމުވެ ތިބިކަމަށް ފެތުރި ބުހުތާނު ވާހަކަތަކެވެ. ނަމަވެސް މި ދޮގުތައް މިހާރު ދަނީ ރައްޔިތުންނަށް ހާމަވަމުންނެވެ. ސޯޝަލް މީޑިއާގައި ގިނަބަޔަކު ދަނީ ޑރ މުއިޒުއަށް ފާޑުކިޔައި ނުރުހުން ފާޅު ކުރަމުންނެވެ. ހާމަކުރަން ބުނި އެންމެ އެގުރިމެންޓެއްވެސް އަދި ސިޓީއެއްވެސް ހާމަކުރެވުނު ކަމަކަށް ނުހެދިއެވެ. މި ވާހަކަތައް މަތިޖަހަން މީޑިއާތަކަށް ސުޕޮންސަރ ދޭންފަށައިފިއެވެ. ނޫސްވެރިންނަށް ޖަވާބު ދާރީވުމުގެ ސިފައެއް ދައުލަތަކުނެތެވެ.
ހާއްސަކޮން ފާޙަގަކޮށްލަން ޖެހެނީ މިނިމުނު ހަފުތާގައި މަޖިލީސްގެ ސަލާމަތާއި ބެހޭ ކޮމެޓީގައި ތުލުސްދޫ ދާއިރާގެ މެންބަރު އިބުރާޙިމް ނަޝީރު ދެއްކިވި ބިރުވެރި ވާހަކައަށެވެ. މީ ސީދާ ސަރުކާރުން އެދިގެން މެންބަރު ނަޝީރު ދެއްކިވާހަކައެއް ކަމަށް ސައްކުކުރާނެ ޖާގައެއްނެތެވެ. ކޮމެޓީ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ވިދާޅުވީ "އެއް ސަރުކާރުން އަނެއް ސަރުކާރަށް ފޮނުވާ ލިޔުންތަކަކީ އަންމު ކުރާ ޒާތުގެ ލިޔުންތަކެއް ނޫންކަމުން ޗާގޯސް މައްސަލައިގައި ދައުލަތުން ބަދަލުކުރި ލިޔެކިޔުންތައް ސިއްރަންޖެހޭކަމަށް. ކޮންމެހެން ހުރިހާ އެއްމެނަށް ފެންނަގޮތައް ލައިވު ކުރާކަން ނުޖެހޭނެ، ސިޔާސީ ބޮޑެތިންނައް އިނގުމުން ފުދޭނެ" މެންބަރު އިބުރާޙިމް ނަޝީރު.
ކަންމިހެން ހުރިއިރު ޗާގޯސްގެ ސަރަހައްދު ބެހުމުގައި ދިވެހި ދައުލަތުން 500 މިލިއަން ޑޮލަރު ނަގައިގެން، މޮރިސަސް ސަރުކާރަށް ކަނޑުވިއްކާލިކަމަށް ބުނެ އެއްމެ ބާރަށް ވާހަކަދައްކަމުން ދިޔައީ މިހާރުގެ ރައީސް ޑރ މުއިޒުއާއި މި ސަރުކާރުގެ ވަޒީރުން އަދި އޭގެ މަތިން އަށްޔަނުކުރެވުނު އެޑްވައިޒަރުންނެވެ. އަދި ރިޔާސީ ވައުދު ތަކުގެ ތެރޭގައި ރައްޔިތުންނަށް ޗާގޯސް އަނބުރާ ހޯދައިދޭނެ ކަމަށް މުޅި ރައްޔިތުން ގުނބޯހެއްދީއެވެ.
ވެރިކަން ހޯދުމަށް ދައްކާނެ ވާހަކައެއް ނެތިގެން އޭރު ފެތުރީ ވާހަކައަކީ ރާއްޖޭގައި 2000 އަށް ވުރެ ގިނަ އިންޑއާ ސިފައިން ހަތިޔާރާއި އެކު އެބަތިބި ކަމަށާއި ރާއްޖޭގެ 5 ސަރަހައްދެގައި މިލިޓަރީ ބޭސް އެބަހުރިކަމަށެވެ. ނަމަވެސް މި ސަރުކާގެ ތަރުޖަމާނު ބޭއްވި ނޫސް ކޮންފަރެންސްގައި އިންޑިއާގެ 77 ސިފައިން ތިބި ކަމަށް ބުނުމާއި ގުޅިގެން އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޑރ. މުއިއްޒުގެ ސަރުކާރަށް އަންނަން ހެއްދެވި ދޮގުތަކަށް ފާޑު ކިޔަމުންނެވެ. މީގެ އިތުރުން އިންޑިއާގެ ސިފައިން ހަތިޔާރާއި އެކު ރާއްޖޭގައި ގާއިމްވެ ތިބިތޯ އެހުމުން ތަރުޖަމާނު ފިރުޒުލް ވަރަށް މަޙުރަޖައް ވިދާޅުވީ "އެ ބަލަން އެހާ މުހިއްމުކަމެއް ނޫންކަމަށެވެ"
އޮޅުވާލުމުގެ ތެރެއިން ވެރިކަމަށް ކަމަށް ވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒު ހެއްދެވި ދޮގުތަކާއި ކުނުފިލުމުތައް ރައްޔިތުނަށް ހާމަވަމުން، ފަޅާ އަރަމުން އަންނަ ވަރަކަށް މިސަރުކާރުގެ މަގްބޫލްކަން އަންނަނާނީ ކުޑަވަމުންނެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4