މުހައްމަދު ހުސައިން ޝަރީފް (މުންދު)
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި މާލެ ސިޓީ ކައުންސިލުން ލިޔަން ޖެހޭ އިނގިރޭސި ސިޓީތައް ލިޔުމަށް މި ސަރުކާރުގެ އެމްބެސެޑާ އެޓް ލާޖު، މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ ކުންފުންޏަށް 561،000 ރުފިޔާ ދީފައިވާއިރު، އެ ކަމަށް ހެދި އެއްބަސްވުން އުވާނުލާ ކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
އެކަން ހާމަވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މާލޭ ސިޓީ ކައުންސިލަށް އަމިއްލަ ފަރާތަކުން ހުށަހެޅި ލިޔުމަށް ދިން ޖަވާބުގައެވެ.
އެ ޖަވާބުގައިވާގޮތުން އެ އެއްބަސްވުން އަދިވެސް އެބައޮތެވެ. އެ އެއްބަސްވުމުގެ ދަށުން ކޮންމެ މަހަކު މުންދުގެ ކުންފުންޏަށް 25،500 ރުފިޔާ ދޭންޖެހެއެވެ.
ސިޓީ ކައުންސިލް ބޭނުންތަކަށް އިނގިރޭސި ބަހުން ލިޔަން ޖެހޭ ލިޔުންތައް ލިޔުމުގެ މަސައްކަތް ސިޓީ ކައުންސިލުން ހަވާލުކޮށްފައިވަނީ ކިންގްސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ. މި އެއްބަސްވުން އުވާނުލައި އޮތުމުން މި މަހު ވެސް އެ ކުންފުންޏަށް 25،500 ރުފިޔާ ލިބޭނެއެވެ.
އެ ކުންފުނީގެ ވެބްސައިޓުން އެނގުނު ގޮތުގައި އެއީ ރައީސް މުއިއްޒުގެ ސަރުކާރުގައި މިނިސްޓަރެއްގެ ފެންވަރުގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަނުކުރައްވާފައިވާ މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ ކުންފުންޏެކެވެ.
މުންދުގެ ކުންފުންޏާ މި މަސައްކަތް ބޮޑު އަގުގައި ހަވާލުކުރީ އިނގިރޭސީން ލިޔަން ކިޔަން ނުދަންނަ މުވައްޒަފުން ސިޓީ ކައުންސިލްގައި ތިބުމުން ދޯ ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ. މި ސުވާލަށް ރައީސް މުއިއްޒު ވެސް އަދި ސިޓީ ކައުންސިލުން ވެސް ޖަވާބެއް ނުދެއެވެ.
0%
0%
0%
0%
0%
9 ގަޑިއިރު ކުރި
0
10 ގަޑިއިރު ކުރި
0
2 މާރިޗު 2026
0
25 ފެބުރުވަރީ 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4