އިސްރާއީލުގެ މަޝްރޫޢުތަކަށް އެހީތެރިވުމުގެ ތާރީޚެއް އޮތް ނަމަވެސް، ޣައްޒާ އަލުން އާބާދުކުރުމަށް އެހީތެރިވުމަށް އަލްއައްބާރު އިންކާރުކުރޭ
އިމާރު ޕްރޮޕަޓީޒްގެ ބާނީ އަދި އީގަލް ހިލްސްގެ ޗެއާމަން، ޔޫއޭއީގެ ބިލިއަނަރު މުޙައްމަދު އަލްއައްބާރު، އިސްރާއީލުގެ ކާބޯތަކެތީގެ އެހީގެ މަޝްރޫޢަކަށް މާލީ ގޮތުން ކުރިން އެހީތެރިވެފައިވީ ނަމަވެސް، ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ޝައުގުވެރިކަމެއް ނެތް ކަމަށް ބުނެފިއެވެ.
22 އޮކްޓޯބަރު 2025 ގައި ބޭއްވި 'ރޮއިޓާސް ނެކްސްޓް ގަލްފް ސަމިޓް' ގައި ވާހަކަދައްކަވަމުން އަލްއައްބާރު ވިދާޅުވީ، ޣައްޒާ އަލުން އާބާދުކުރުމާ ބެހޭ ގޮތުން އެއްވެސް ފަރާތަކުން އޭނާއާ މަޝްވަރާކޮށްފައި ނުވާ ކަމަށާއި، އަދި އެފަދަ މަސައްކަތެއް ކުރުމުގެ ވިސްނުމެއްވެސް ނެތް ކަމަށެވެ.
"ކޮންމެ މީހަކުވެސް އެމީހެއްގެ ކުނިތައް އަމިއްލައަށް ސާފުކުރަންޖެހޭނެ،" ޣައްޒާ ސުންނާފަތިކޮށްލި ފަރާތްތަކުން އެތަން އަލުން ބިނާކުރަންޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، "އަޅުގަނޑުގެ މައިގަނޑު އަމާޒަކީ ހިއްސާދާރުންނަށް ފައިދާ ހޯދައިދިނުން" ކަމަށެވެ.
އަލްއައްބާރުގެ މި ވާހަކަތަކާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގެ މެދުގައި އޮންނަ ދީނީ އަދި ސަރަހައްދީ ގުޅުންތަކަށް ބަލާއިރު، ފަލަސްތީނުގެ ރައްޔިތުންނާ މެދު އަރަބި މުއްސަނދި ވިޔަފާވެރިންގެ އޮތް އިންސާނީ ޒިންމާއާ މެދު ސުވާލު އުފެދެއެވެ.
އިސްރާއީލުގެ އެކި މަޝްރޫޢުތަކާ އަލްއައްބާރާ އޮތް ގުޅުންތަކަކީ ހާމަވެފައިވާ ކަންކަމެވެ. އެގޮތުން 2021 ވަނަ އަހަރު އިސްރާއީލުގެ މާލީ ނޫހެއް ކަމަށްވާ 'ކަލްކަލިސްޓް' އިން ވަނީ އިސްރާއީލުގެ ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ޕްރޮގްރާމަކަށް އެހީތެރިވި މައިގަނޑު ފަސް ދީލަތި އެހީތެރިންގެ ތެރޭގައި އޭނާ ހިމެނޭކަން ފާހަގަކޮށްފައެވެ. އަދި 2023 ވަނަ އަހަރު އިސްރާއީލުގެ 'ޝީބާ މެޑިކަލް ސެންޓަރު' އަށް ފަންޑު ހޯދުމަށް ބޭއްވި ހަރަކާތެއްގައި އޭނާ ބައިވެރިވެފައިވާއިރު، 2020 ވަނަ އަހަރު ޔޫއޭއީ އާއި އިސްރާއީލުގެ ޓެކްނޮލޮޖީ ސަމިޓުގައި ބައިވެރިވި ފަރާތްތަކުގެ ލިސްޓުގައިވެސް އޭނާގެ ނަން ހިމެނެއެވެ.
ޣައްޒާ ސުންނާފަތިވުމުގެ ޒިންމާ އުފުލަންޖެހޭނީ އެކަން ކުރި ފަރާތްތަކުން ކަމަށް ބުނެ އަލްއައްބާރު ދިފާޢުވި ނަމަވެސް، އިސްރާއީލަށް އެހީތެރިވުމުގައި އޭނާ ގެންގުޅުއްވާ ގާތްކަމާއި ޣައްޒާ އާބާދުކުރުމަށް އޮތް ފަސްޖެހުމާ ދެމެދު ބޮޑު ފަރަގެއް ހުރިކަން ފާހަގަކުރެވެއެވެ.
މިދަނޑިވަޅުގައި، އޭނާގެ ކުންފުނި އީގަލް ހިލްސް އިން ދަނީ ރާއްޖޭގައި ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ހިންގުމަށް މަސައްކަތް ކުރަމުންނެވެ. ރާއްޖެއަކީ ފަލަސްތީނުގެ ހައްގުގައި އަބަދުވެސް ސާބިތުކަމާއެކު ވަކާލާތުކުރާ ރައްޔިތަކު ދިރިއުޅޭ ގައުމެކެވެ.
އުފެދޭ ސުވާލަކީ، އިސްރާއީލުގެ އިންސާނީ އެހީގެ މަޝްރޫޢުތަކަށް އެހީތެރިވުމުގެ ތާރީޚެއް އޮތް ބިލިއަނަރަކު، ސުންނާފަތިވެފައިވާ ޣައްޒާ އަލުން އާބާދުކުރުމަށް އެހީތެރިވުމަށް އެފަދަ ޝައުގުވެރިކަމެއް ފާޅުނުކުރަނީ ކީއްވެގެންތޯއެވެ؟
0%
0%
0%
0%
0%
18 ގަޑިއިރު ކުރި
0
19 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4