އިޒްރޭލަށް ހަތިޔާރު ހިފައިގެން ދިޔަ އިންޑިއާ ބޯޓު ދިޔައީ ރާއްޖެ ސަރަހައްދު ހުރަސްކޮށް، ބޯޓު ހުއްޓުވީ ސްޕެއިނުން! އިޒްރޭލަށް ހަތިޔާރު އުފުލާ އުޅަނދުތަކަށް ރާއްޖެ ބޯޑަރު އޮތީ ހުޅުވާލާފައި!
ސްޕެއިން އިން ހުއްޓުވި އިޒްރޭލަށް ހަތިޔާރު ހިފައިގެން ދިޔަ އިންޑިއާ ބޯޓު ދިޔައީ ރާއްޖޭގެ ސަރަހައްދު ހުރަސްކޮށްފައެވެ.
އިޒްރޭލަށް ހަތިޔާރު އުފުލާ ބޯޓުތައް ރާއްޖޭގެ ކަނޑުތައް ހުރަސްކުރުމަށް އެއްވެސް ހުރަހެއް ނެތެވެ. އެފަދަ އުޅަނދުތަކަށް ރާއްޖޭގެ ބޯޑަރު އޮތީ ހުޅުވާލާފައެވެ.
އެ ބޯޓުގައި ގޮވާޒާތުގެ ތަކެއްޗާއިއެކު، 27 ޓަނުގެ ހަނގުރާމަމަތީ ހަތިޔާރު ހުއްޓެވެ.
ބޯޓު ފުރީ އޭޕްރިލް 8 ވަނަ ދުވަހު އިންޑިޔާގެ ޗެންނާއީއިން ހައިފާ ބަނދަރަށް ބަނދަރު ކުރުމަށެވެ.
އެ ބޯޓު ބަނދަރުކުރުމަށް ހުއްދަ ނުދިން ސްޕެއިނުން ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފައެވެ.
އިޒްރޭލު ހަތިޔާރު އުފުލާ ބޯޓުތަކަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާފައި އޮތުމުގެ އިތުރުން ރާއްޖެއަށް ދާދި ފަހުން ގެނައި އިންޑިޔާގެ މަދަނީ މުވައްޒަފުންނަކީވެސް އިޒްރޭލަށް ވާގިވެރިވާ އިންޑިޔާގެ އަސްކަރީ ކުންފުންޏެއްގެ ބައެކެވެ. ރާއްޖެއަށް ގެނެސްފައިވަނީ އެ ކުންފުނީގެ ކިތައް މީހުންކަންވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4