އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ނުވިސްނާކަމަށް އަނެއްކާވެސް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވިދާޅުވެއްޖެ
އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ނުވިސްނާކަމަށް އަނެއްކާވެސް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުގައި ނޫސްވެރިން އެ ސުވާލު ކުރާތާ މިވަނީ އެތައް މަހެއް ވެފައެވެ. އެކަމަށް ގޮވާލައި ދިވެހިން އަންނަނީ އެކި ގޮތްގޮތުން އިހުތިޖާޖުވެސް ކުރަމުންނެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލީވެސް އެ ސުވާލު ކުރުމުން ހީނާ އެކަށީގެންވާ ޖަވާބެއް ނުދިނުމުން އަނެއްކާވެސް ތަކުރާރުކޮށް އެ ސުވާލު ކުރަމުން ދަނިކޮށެވެ.
އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުން ލަސްވަނީ ކީއްވެތޯ ކުރި ސުވާލުގެ ޖަވާބުގައި ހީނާ ބުނީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ދިވެހިރާއްޖެއިން އޮތީ ތައްޔާރަށް ކަމަށެވެ.
އަދި ބައިނަލްއަގްވާމީ އެހެން ގައުމުތަކުން ކުރާ މަސައްކަތަށްވުރެ ރަނގަޅު މަސައްކަތެއް ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ރާއްޖެއިން ކުރަމުންދާކަމަށް ހީނާ ބުންޏެވެ.
ހީނާ މިހެން ބުނި ކަމުގައިވީ ނަމަވެސް އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ސަރުކާރަށް އެކަން ކުރުމަށް ފޮނުވިތާ މިހާރު 190 އަށްވުރެ ގިނަ ދުވަސްވެފައިވާއިރު ސަރުކާރުން އެކަން ކޮށްފައެއް ނުވެއެވެ. އަދި ކޮށްފައި ނުވަނީ ކީއްވެކަން ވެސް ސަރުކާރަށް ހާމަކޮށްދެވިފައެއް ނުވެއެވެ.
0%
0%
0%
0%
0%
މަރީ
29 މޭ 2024
ދޮގު ހަދާ މުނާފިޤު ބައިގަނޑެއް!!! ޔަހޫދީންގެ ދަށުވެގެން އެމީހުންގެ މީހުން އައުން މަނާ ކުރަން ނުކެރިފައި!!!
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4