އިޒުރޭލް ޕާސްޕޯޓުގައި ރާއްޖެއަށް ނާދެވޭ ގޮތް ނުހެދި ލަސްވަނީ ބައިނަލަގުވާމީ ކޮންވެންޝަންތަކެއް ހުރަހަކަށް ވާތީކަމަށް ބުނެ ސަރުކާރުން އޮޅުވާލަނީ
އިޒުރޭލް ޕާސްޕޯޓުގައި ރާއްޖެއަށް ނާދެވޭ ގޮތް ނުހެދި ލަސްވަނީ ބައިނަލަގުވާމީ ކޮންވެންޝަންތަކެއް ހުރަހަކަށް ވާތީކަމަށް ބުނެ ސަރުކާރުން އޮޅުވާލުމަށް މަސައްކަތްކޮށްފި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަނީ ކަމަށް ބުނެ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްފަހު އެންމެ ފަހުންވެސް އެކަން މި ޖެހީ އަނެއްކާވެސް މަޖިލިސް ބޮލަށެވެ. މިކަމަކީ މަޖިލީހުން އެއް ފަހަރު ބަލައި ނިންމައި އިޒްރޭލު ޕާސްޕޯޓު މަނާ ކޮށްދިނުމަށް އެދި ރައީސް އޮފީހަށް ފޮނުވާފައިވާ މައްސަލައެެކެވެ.
އަދި ވަކި ބައެއްގެ ޕާސްޕޯޓު މަނާކުރުމަކީ ރައީސްގެ އެންމެ ގަރާރަކުން ނިމެން އޮތް ކަމެއްކަން ވެސް ފާހަގަކޮށްލެވެއެވެ.
އިޒުރޭލުމީހުން ރާއްޖެއަށް ވަނުން މަނާކުރުމުގެ ގާނޫނީ ބާރުވެރިކަން އިމިގުރޭޝަން ކޮންޓުރޯލާއަށް ގާނޫނުން އޮތީ ދީފައެވެ. އެކަމަށް ބޭނުންވަނީ ރައީސުލްޖުމުހުރިއްޔާ މިކަން ހުއްޓުވަން ނެރޭ ގަރާރެއް އެކަންޏެވެ.
އިމިގުރޭޝަން ކޮންޓުރޯލާައަކީ ރައީސް އައްޔަނު ކުރާ މަގާމަކަށް ވާއިރު ގާނޫނު ނަމްބަރު 1/2007 އިން ގާނޫނު ތަންފީޒު ކުރުމުގެ އެންމެ ބާރުތައް ފެށިގެން އަންނަނީ ރައީސް ކިބައިންގެކަމަށް ބަޔާން ކޮށްފައިވެސްވެ އެވެ.
ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި އެ ގައުމުތަކަށް އެތެރެވޭ މީހުން މަނާކުރާ އުސޫލުތައް އެބަހުއްޓެވެ. މިސާލަކަށް އެމެރިކާއަށް މިހާރުވެސް އެތެރެވެވެނީ ވަކި ގައުމުތަކެއްގެ މީހުންނަށް އެކަންޏެވެ. އަދި އީޔޫ ސަރަހައްދަށް އެ ސަރަހައްދުން ބޭރު މީހަކު ދާނަމަ 6 މަސްކުރިން ވިސާ ނަގަންވެސް ޖެހެއެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ކެބިނެޓުން ނިންމައި އަދި މަޖިލީހަށް އެކަން ފޮނުވާކަށް ނުޖެހެއެވެ. މިއީ ރައީސްގެ ގަރާރަކުން ވެ ނިމެން އޮތް ކަމެކެވެ. ވީއިރު މިކަން ނުކުރެވިގެން މިއުޅެނީ ކީއްވެހެއްޔެވެ؟ މިކަން ކުރަން ފަސް މިޖެހެނީ ކީއްވެހެއްޔެވެ؟
އިޒްރޭލު ޕާސްޕޯޓު ރާއްޖެއިން މަނާ ކުރީކަމަށް މުޅި ދުނިޔެއަށް މިހާރު ހަބަރު ފެތުރިއްޖެ އެވެ. މިކަން އަމަލީގޮތުން ކުރަން ފެށޭނީ ކޮން އިރަކުން ހެއްޔެވެ؟
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4