އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ވަޒީރުންގެ މަޖިލީހުން ނިންމިތާ މަހަކަށް ވުރެ ގިނަ ދުވަސް، ސަރުކާރަށް އިޒްރޭލު ޕާސްޕޯޓު މަނާ ކުރާކަށް ނުކެރުނު
ރާއްޖޭގައި އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމިތާ މަހަކަށްވުރެ ގިނަ ދުވަސްވީއިރުވެސް، އަދިވެސް އެ ނިންމުން ތަންފީޒުކުރުމަށް ސަރުކާރަށް ކެރިފައެއް ނުވެއެވެ. މި ނިންމުމަކީ ބޭރު ދުނިޔޭގެ ގައުމުތަކުންވެސް މަރުހަބާ ކިޔާފައިވާ ނިންމުމެކެވެ. އަދި ބައިނަލްއަގްވާމީ މީޑިޔާތަކުގައިވެސް މި ޚަބަރު ފާހަގަކޮށްފައިވެއެވެ.
ސަރުކާރުން މި ނިންމުން ތަންފީޒުކުރުން ލަސްވަނީ ގާނޫނަށް ބަދަލު ގެންނަންޖެހޭތީ ކަމަށް ބުނެއެވެ. ނަމަވެސް، އިމިގްރޭޝަން ގާނޫނަށް ބަދަލު ގެނައުމަށް ހުށަހެޅި އިސްލާހު ކޮމިޓީގައި އޮންނަތާ މިހާރު މަހެއްވެފައިވާއިރު، އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ޙަޤީޤަތުގައި މިއީ ގާނޫނަށް އިސްލާހު ގެނެސްގެން ކުރަންޖެހޭ ކަމެއްވެސް ނޫނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވެސް ކުރެވިދާނެ ކަމެކެވެ.
ބައެއް ފަރާތްތަކުން ދެކޭގޮތުގައި، ސަރުކާރުން މިކަން ކުރަން ނުކެރިގެން އުޅެނީ ބޭރު ގައުމުތަކުން ލިބޭ އެހީތައް މެދުކެނޑިދާނެތީއެވެ. މިހާރުވެސް މުޢިއްޒުގެ ސަރުކާރަށް ބޭރުގެ މާ ގިނަ ގައުމުތަކެއްގެ އެހީތެރިކަމެއް ނުލިބެއެވެ.
މި ނިންމުން ތަންފީޒުކުރުމުގައި ސަރުކާރުން ދައްކަމުންދާ ޢުޒުރުތަކާއި، އެކަން ލަސްވަމުންދާ ސަބަބުތަކާމެދު ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާކަން ފާހަގަކުރެވެއެވެ. އަދި މިކަމުގައި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅައި، ވަޢުދުވެފައިވާ ގޮތަށް އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ނިންމުން ތަންފީޒުކުރުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދެއެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4