އިޒްރޭލު ޕާސްޕޯޓު މަނާ ނުކޮށް ތިބެ ލާދީނީ އުޒުރު ދެއްކުން ހުއްޓާލުމަށް ޝެއިޚް ނިޝާން ގޮވާލައިފި - ސަރުކާރުގެ މިހާރުގެ ސްޓޭންޑަކީ އިޒްރޭލު ޕާސްޕޯޓު މަނާކުރުން ރަނގަޅު ނޫންކަމަށް
އިޒްރޭލު ޕާސްޕޯޓު މަނާ ނުކޮށް ތިބެ ލާދީނީ އުޒުރު ދެއްކުން ހުއްޓާލުމަށް ޝެއިޚް އާދަމް ނިޝާން ގޮވާލައިފި އެވެ.
ޝެއިޚް ނިޝާން މިހެން ގޮވާލެއްވީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށް ނިންމިކަން އިއުލާން ކުރުމަށް ފަހު ސަރުކާރު ސްޓޭންޑް ބަދަލު ކުރުމަށް ނިންމާފައިވާތީ އެވެ. ސަރުކާރުގެ މިހާރުގެ ސްޓޭންޑަކީ އިޒްރޭލު ޕާސްޕޯޓު މަނާކުރުން ރަނގަޅު ނޫން ކަމަށެވެ.
އޭގެ ސަބަބުން ރާއްޖެއަށް ކުރާނެ ނޭދެވޭ އަސަރުތައް ދެނެގަންނަން ޖެހޭނެ ކަމަށް ސަރުކާރުން މިހާރު ދެކެ އެވެ.
ޝެއިޚް ނިޝާން ވިދާޅުވީ ފަލަސްތީނުގެ ބިން ހިމާޔަތް ކުރުމަށް ފަލަސްތީނުގެ ރައްޔިތުން މަސައްކަތް ކުރަމުން އެދަނީ މުޅި އުންމަތުގެ ހައްގުގައި ކަމަށެވެ.
"މި އުންމަތުގެ ހައްގުގައި އަޅުގަނޑުމެންގެ ބަދަލުގައި ގުރުބާން ވަމުން އެދަނީ، މިއަދު އެހީތެރިކަމަށް ގޮވާލީމަ ނަސްރު ދިނުމަށް ކޮށްދެވެން ކަމެއް ކޮށްދިނުމަށް އެދުމުން އެކަމަށް ފުރަގަސް ދިނުމަށް ކޮން ހައްގެއްތޯ އޮތީ؟ އަޅުގަނޑުމެން ބަނޑަށް ޖެހިދާނޭ، ރިޒްގު ނުލިބިދާނޭ، އަޅުގަނޑުމެންނަށް މިވެނި އެވެނި ކަމެއް ވެދާނޭ ކިޔާފައި، އެ މީހުންނަށް އަނިޔާ ދެމުން ދާ މީހުންނާ ދެކޮޅަށް އަޅުގަނޑުމެން ކުރެވެން ހުރި ކޮންމެ ކަމެއް ކުރަން ޖެހޭނެ،" ޝެއިޚް ނިޝާން ވިދާޅުވި އެވެ.
އެކަމަކު އަނިޔާވެރި ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅެއް އެޅުމަށް މިއަދު އެކި ބަހަނާތައް ދައްކަމުން ދާ ތަން ފެންނަ ކަމަށް ނިޝާން ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކަށް ވެސް ބަލަން ޖެހޭނެ ކަމަށް ބައެއް މަޖިލިސް މެމްބަރުން ވެސް ވާހަކަ ދައްކާފައިވެ އެވެ. އެކަމާ ގިނަ ބަޔަކު ހިތްހަމަ ނުޖެހުން ފާޅު ކޮށްފައިވާއިރު ދިވެހި ރައްޔިތުން މިއަދު ބޭނުން ވަނީ އެއްވެސް ބަހަނާއަކާ ނުލައި އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމަށެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4