އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގޮވާލާ މަޖިލިސް ދޮށުގައި މީގެ ކުރިން ކުރި މުޒާހަރާއެއް: ޖުލައި މަހު ރާއްޖެއައި އިޒްރޭލު ފަތުރުވެރިންގެ އަދަދު ވީ އިތުރު
އިޒްރޭލުން ރާއްޖެއަށް ޒިޔާރަތްކުރާ ނިރުބަވެރިންގެ އަދަދު އިތުރުވަމުންދާ ކަމަށް ސަރުކާރުން ފޮރުވައިގެން އުޅުނު ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިގޮތުން ޖޫން މަހު 82 އަދި ޖުލައި މަހު 124 އިޒްރޭލުގެ ނިރުބަވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި މި އަދަދު ދަނީ މަހުން މަހަށް އިތުރުވަމުންނެވެ.
މިގޮތުން އަންނަ ނިރުބަވެރިންނަކީ ފަލަސްތީނުގައި ކުށެއް ނެތް އެތައް މުސްލިމުންނެއް މެރުމަށްފަހު އަދި މުޅި ސަރަހައްދު ސުންނާފަތި ކުރުމަށްފަހު ޗުއްޓީ ހަދާލަން އަންނަ ފަރާތްތަކެވެ. މިފަދަ ފަރާތްތަކަށް ރާއްޖެ ހުޅުވާލުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާއަށް މި ސަރުކާރުން ތާއީދުކުރުމެވެ.
ނަމަވެސް ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވަނީ އިޒްރޭލު ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވުން މަނާކުރާނެ ކަމަށެވެ. އެހެންނަމަވެސް އަދިވެސް އެކަން ތަންފީޒުކޮށްފައެއް ނުވެއެވެ. ރައްޔިތުންގެ ފަރާތުން މިކަމަށް ގޮވާލުމުން އެމެރިކާއިން ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު ގެންގޮސް އިޒްރޭލު ޕާސްޕޯޓު މަނާކޮށްގެން ނުވާނެ ކަމަށާއި އެކަމުގެ ބަދަލުގެ ގޮތުގައި މަދު ޑޮލަރުކޮޅެއް ދޭނެކަމަށް ބުނެފައެވެ. މިގޮތުން ދިން ޑޮލަރު ކޮޅެއްގައި ހިފައިގެން މި ސަރުކާރުން މިވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގު ބޮލާލައި ޖަހައި ފަލަސްތީނުގައި ގަތުލުކުރެވެމުންދާ އެތައް ހާސް މުސްލިމުންނެއްގެ ގަތުލަށް ތާއީދުކޮށްފައެވެ.
މިއިން ކަމަކާ ގުޅޭ ގޮތުން ސަލަފުގެ އެއްވެސް ޝޭހެއް އެއްވެސް ބަހެއް ބުނާތަނެއް ނުފެނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސަލަފުގެ އިސް ހުރިހާ ފަރާތްތަކަށް މި ސަރުކާރުން ވަނީ ބޮޑެތި މަގާމުތައް ހަމަޖައްސައި ދީފައެވެ. އަދި މިކަމާ ދެކޮޅަށް ބަސްބުނާ އިލްމުވެރިން އަދާކުރަމުން އަންނަ ވަޒީފާތަކުން ސަސްޕެންޑް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. ދާދި ފަހުން ވަނީ އިޒްރޭލާ ދެކޮޅަށް ވާހަކަ ދެއްކި އިސްލާމިކް ޔުނިވާސިޓީގެ އިލްމުވެރިއެއް ސަސްޕެންޑް ކޮށްފައެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4