އިޒްރޭލް ޕާސްޕޯޓު ބޭން ކުރުމަށް މުއިއްޒުގެ ޝައުގެއް ނެތް
އިޒްރޭލު ޕާސްޕޯޓު ބޭން ކުރަން ރައްޔިތުންގެ މަޖިލީހުން މުއިއްޒުއަށް ލަފާ ދިން ތާ ހަތަރު މަސް ގާތްވެއްޖެއެވެ.
މި މަހުގެ 16 އަށް ހަތަރު މަސް ވާއިރު، މުއިއްޒު އަދިވެސް ޕާސްޕޯޓު ބޭން ކޮށް، އިޒްރޭލު ރައްޔިތުން ރާއްޖެ އައުން މަނާ ކުރާކަށް ނޫޅެއެވެ. އެކަމަށް މުއިއްޒުގެ ޝައުގެއް ނެތެވެ.
ވައިގެ މަގުން ރާއްޖެ އެތެރެވުމުގެ ގަވާއިދުގެ ދަށުން ރައީސްގެ އެންމެ އެންގުމަކުން ވެސް މިކަން ކުރެވޭނެ ގޮތް އޮވެ އެވެ.
އިޒްރޭލު ރައްޔިތުން އައުން މަނާ ކުރާނީ ކޮން ދުވަހަކުންތޯ ނޫސްވެރިން މުއިއްޒުއާ ސުވާލު ކުރުމުން އެންމެ ފުރަތަމަ މުއިއްޒު ވަނީ އެއީ އޭނާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ދޮގު ހަދާފައެވެ. އަދި އެކަން ވާނީ މަޖިލީހުގެ ތެރެއިން ކަމަށް ބުނެ އޭނާގެ ބޮލުން އެކަން ދުއްވާލަން މަސައްކަތް ކޮށްފައިވެ އެވެ.
އެހެންނަމަވެސް ވަކި ގައުމަކުން މީހުން އައުން މަނާ ކުރުމުގެ ބާރު ރައީސަށް ލިބޭކަން ފަހުން ފަޅާ އެރިއެވެ. އެކަން ފަޅާ އެރުމުން މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ޕާސްޕޯޓް ބޭން ކުރުމުގެ ކަންކަން އިކޮނޮމިކް އަދި ސޯޝަލް ކައުންސިލުން ބަލަމުންދާ ކަމަށް ބުންޏެވެ. އޭގެ ފަހުން ވެސް މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ކައުންސިލުން މިކަމުގައި ބަލަން އޮތީ ކޮން ކަމެއްތޯ ސުވާލު އުފެދެ އެވެ. އިޒްރޭލު ރައްޔިތުން އައުން މަނާ ކުރަން މުއިއްޒު ބޭނުން ނުވަނީތޯ ވެސް ސުވާލު އުފެދެއެވެ.
0%
0%
0%
0%
0%
11 ގަޑިއިރު ކުރި
0
12 ގަޑިއިރު ކުރި
0
2 މާރިޗު 2026
0
25 ފެބުރުވަރީ 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4