"އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ވިސްނުމެއް ނެތް" - ސަރުކާރުގެ ސްޕޯކްސްޕާސަން
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ފިލައިގެން އުޅުއްވާތީ ރައީސް އޮފީހަށް އަލަށް އައްޔަން ކުރެވުނު ތަރުޖަމާނު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަނެއްކާވެސް ދިވެހި ނޫސްވެރިން ވަނީ މި ސަރުކާރާއި އިޒްރޭލާއި އަދި އެމެރިކާގެ އަސްކަރިއްޔާއާ އެކު ބާއްވަމުން ގެންދާ ގާތް ގުޅުންތަކާ ގުޅޭ ގޮތުން އެތަކެއް ސުވާލެއް ކޮށްފައެވެ. މިގޮތުން އިޒްރޭލުން ކުރިއަށް ގެންދަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވެފައިވާ އެމެރިކާގެ ސިފައިން ރާއްޖެ ގެނެސް ބަރު ހަތިޔާރާއެކު އެމީހުން ރާއްޖޭގައި ކުރިއަށް ގެންދާ ހަރަކާތްތަކާ ގުޅޭ ގޮތުން ސުވާލުތައް ކުރިމަތި ކުރުވިއެވެ. އަދި އެމެރިކާއިން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ދިވެހި ސިފައިންކުރެން ފަލަސްތީނާމެދު ދިވެހިން މާ ގާތްކޮށް ދެކޭތީ އެއީ ކީއްވެ ހިނގާ ކަމެއްތޯ އަހާ އެހުމާ ގުޅިގެން ދިވެހި ސިފައިން ފާޅުކުރާ ކަންބޮޑުވުމުގެ ވާހަކަވެސް ސުވާލު ކުރެވެނެވެ. އަދި ހާއްސަކޮށް މި ދަނޑިވަޅުގައި އެމެރިކާގެ އެވަރުގެ ލަޝްކަރެއް މި ފަސްގަނޑަށް އަރުވަންޖެހޭ ސަބަބާ ގުޅޭގޮތުން ސުވާލު ކުރެވުނެވެ. މިއިން އެއްވެސް ސުވާލަކަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ޖަވާބެއް ނުދެއްވިއެވެ. މުޅިންވެސް ދެއްކީ މިދިޔަ ފަސް އަހަރުގެ ވާހަކައެވެ.
މި ސަރުކާރުން ގެންދަނީ އިޒްރޭލާއި އެމެރިކާގެ ސިފައިންނާއެކު ގުޅުން ބަދަހި ކުރަމުން
މިކަންކަމާ ގުޅިގެން ދެން ހީނާއާ ކުރުވި ސުވާލަކީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށް މަޖިލީހުން ނިންމާފައިވާ ނިންމުން ތަންފީޒު ނުކޮށް ރައީސް މުއިއްޒު ހިފަހައްޓަވަނީ ކޮން ސަބަބަކާ ހުރެތޯއެވެ. އަދި މިގޮތަށް މަޖިލީހުން ނިންމާ ނިންމުން ހިފެހެއްޓުމުގެ ހައްގު ރައީސަށް ލިބޭތޯއެވެ. މި ސުވާލާ ގުޅިގެން ރައީސްގެ ތަރުޖަމާނު ހީނާ ބުނެފައިވަނީ އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމަކީ މި ސަރުކާރުން ގެންގުޅޭ ވިސްނުމެއް ނޫން ކަމުގައެވެ. އަދި ދިވެހި ރައްޔިތުންވެސް މިކަމަށް ނޭދޭ ކަމަށާއި ދޭދޭ ގައުމުތަކުގެ މެދުގައި ހިނގަމުންދާ ހަނގުރާމަތަކަށް މި ސަރުކާރުން ނުވަންނާނެ ކަމަށެވެ. އަދި މިހާރު އޮތް މަޖިލީހުން ނިންމާފައި އޮތް އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމުގެ ނިންމުން މި ސަރުކާރުން ތަންފީޒު ނުކުރާނެ ކަމަށާއި އަންނަ މަޖިލީހުގައި އެކަން ބާތިލު ކުރާނެ ކަމަށެވެ.
އިޒްރޭލުގެ ގަތުލުއާންމަކީ މުޅި އިސްލާމީ އުންމަތާ ދެކޮޅަށް އަދި އިސްލާމް ދީނުގައި ހުރުމަތް ލިބިގެންވާ ބިންތަކެއް ފޭރިގަނެގެން ހިންގާ އަމަލެއް ކަމަށް ވެފައި, މިކަމާ ދެކޮޅު ވުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެއް ކަމަށް އެންމެހައި އިސްލާމީ އިލްމުވެރިން އެއްބަސްވެއެވެ. ނަމަވެސް އެމެރިކާގެ އެންގުމަށް މުއިއްޒު ވަނީ މިކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާނެކަމަށް ބުނެފައެވެ. އަދި މުއިއްޒު މުސާރަ ދީގެން ހިންގާ ސަލަފު ޖަމިއްޔާއިންވެސް މިހާރު ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އެއްވެސް ބަހެއް ބުނަން ދެކޮޅު ހަދާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮ ދުއާ ކުރުމަށް ކިޔަމުން އައި ގުނޫތު ކިޔުންވެސް މި ސަރުކާރުން ވަނީ ހުއްޓުވާފައެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4