ކައްޒާބު މުއިއްޒުގެ ވިސްނުމަކީ ވަގުތީ ގޮތުން އިޒްރޭލު ޕާސްޕޯޓު މަނާކުރުން!
ކައްޒާބު މުއިއްޒުގެ ވިސްނުމުގައި ހުރީ ވަގުތީ ގޮތުން އިޒްރޭލު ޕާސްޕޯޓު މަނާކުރުން ކަން ހާމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު ވަނީ ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމަކީ ދެ ގައުމެއްގެ ދޭތެރޭގައި ހިނގާ ދާހިލީ މައްސަލައެއް ކަމަށް ބުނެފައެވެ. އެކަމުގެ ސަބަބުން ސަރުކާރަށް ކުރިމަތިކުރުވަމުންދާ ޕްރެޝަރު އިތުރުވެ ސަރުކާރުން ވަނީ ޑިފެންސަށް ކުޅެން ފަށާފަ އެވެ.
އަލުން ގުނޫތު ކިޔަން ފެށުމަކީ ވެސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ލިބުނު ޑެމޭޖް ކޮންޓްރޯލް ކުރަން ފެށި ކަމެކެވެ.
ރައީސް އޮފީހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނިންމާލީ ވެސް އިޒްރޭލު ޕާސްޕޯޓު މަނާ ނުކުރަނީ ކީއްވެތޯ ސުވާލު ކުރަމުން ދަނިކޮށް އެސުވާލަށް ޖަވާބު ނުދީ އެވެ.
އޭގެ ފަހުން އަންނަ އާދިއްތަ ދުވަހު ވަޒީރުންގެ މަޖިލީހަށް އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލަ ހުށަހަޅާނެކަން ހާމަވި އެވެ. އެހެންނަމަވެސް އެއީ ވަގުތީ ގޮތުން ކުރާނެ ކަމެއްކަން މިއަދު މިވަނީ ހާމަވެފައެވެ.
ދިވެހީންގެ ރާއްޖެ ގެނައުމަށް ކަމަށް ބުނެ ގެނައި ސަރުކާރުގެ ސިޔާސަތުތައް އޮތީ އެމެރިކާ އަދި ޗައިނާ ފަދަ ގައުމުތަކުގެ މުށު ތެރޭގައެވެ. ދިވެހިންގެ އަމިއްލަ ބާރުގައި ކުރެވޭ އެއްވެސް ކަމެއް ނެތެވެ. ހުރިހާ ނިންމުމެއް ނިންމަމުން މި ދަނީ އެގައުމުތަކުން ބޭނުންވާ ގޮތަށެވެ.
ކެބިނެޓަށް އެ މައްސަލަ ހުށަހެޅުމަށް ނިންމީވެސް ސައުދީ އަރަބިއްޔާ އެމްބަސީ ކުރިމަތީ އިހުތިޖާޖު ކުރުމަށް މަސައްކަތް ކުރަމުންދާކަން ހާމަވުމުންނެވެ. އަދި މިހާރު އާދިއްތަ ދުވަހު ރައީސް އޮފީސް ކުރިމަތީ އިހުތިޖާޖު ކުރުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4