ހަރަދު ކުޑަކުރަން ސަރުކާރުން ތެޅި ފޮޅެނީ، ދައުލަތުގެ ކުންފުނިތައް ވިއްކައި އުވާލުމަށް މިހާރު ތިބީ ތައްޔާރަށް
ހަރަދު ކުޑަކުރުމަށް ދައުލަތުގެ ކުންފުނިތައް ވިއްކާލުމަށް މުއިއްޒުގެ ސަރުކާރުން ތައްޔާރުވެއްޖެ އެވެ.
ކުންފުނިތައް ވިއްކާލުމުގެ އިތުރަށް ބައެއް ކުންފުނިތައް އުވާލުމަށް ވެސް ސަރުކާރުން ވަނީ ވިސްނާފަ އެވެ.
އުވާލުމަށް ނިންމާފައި ވަނީ ކުންފުނިތަކުގެ ސަބަބުން ދައުލަތަށް އެއްވެސް ފައިދާއެއް ނުކުރާ ކުންފުނިތަކެވެ.
ސަރުކާރުގެ ހަރަދުތައް މެނޭޖް ނުކުރެވިގެން ސަރުކާރު ތެޅި ފޮޅޭ މަންޒަރު މިހާރު ވަނީ ފެންނަން ފަށާފަ އެވެ. އަދި ވެރިކަމުގައި ތިބެގެން ޑިފެންސަށް ކުޅުމަށް ސަރުކާރަށް އޮތީ މަޖުބޫރު ވެފަ އެވެ.
ހަރަދު ކުޑަ ކުރުމަށް ސިޔާސީ މުވައްޒަފުން މަދު ކުރާނެ ކަމަށް ވެސް މުއިއްޒު ބުނެފައިވެ އެވެ.
ވެރިކަމަށް އައުމަށް ފަހު މުއިއްޒު ހިންގާ މާލީ ގޮތުން ބުރަ ބޮޑު ސަރުކާރެކެވެ. އޭގެ ހިތި ނަތީޖާ މިހާރު މިދަނީ ފެންނަމުންނެވެ.
ހުވާ ކުރުމަށާއި މުލިޔާގެ މަރާމާތު ކުރުމަށާއި ޑްރޯންތައް ގެނައުމާއި ކުރި ދަތުރުތަަކަށް އެތައް މިލިއަން ރުފިޔާއެއް ވަނީ އިސްރާފުކޮށްފަ އެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4