ޖީއެސްޓީ، އިމްޕޯޓް ޑިއުޓީ އަދި ގްރީޓް ޓެކްސް ބޮޑުކުރަން ނިންމި ނަމަވެސް ސިޔާސީ މީހުން މަދުކުރުމުގެ ވިސްނުމެއް ނެތެ
ސަރުކާރު ބަނގުރޫޓު ވަމުން ދާތީ، ޖީއެސްޓީ، އިމްޕޯޓް ޑިއުޓީ އަދި ގްރީޓް ޓެކްސް ބޮޑުކޮށް، ބްރިޖުން ދަތުރު ކުރާ އާންމުން އަތުން ފީ ނަގަން ނިންމި ނަމަވެސް ސިޔާސީ މީހުން މަދުކުރުމުގެ ވިސްނުމެއް ނެތެވެ. ސަރުކާރުގެ ސިޔާސީ މީހުންގެ މުސާރަ އުޅެނީ އަތްނުފޯރާ ހިސާބަށް މަތީގައެވެ. ރިކަރަންޓު ހަރުދު މަދުނުކޮށް ރައްޔިތުން އަތުން ފައިސާނަގަށް ނިންމުގެ ނިޔަތާމެދު ސުވާލު އުފެދެއެވެ.
ކުރަން މިއުޅޭ ކަމަކީ އިޒުރޭލާއި ގުޅުން ކަނޑާނުލާ ޖަހާ ޗައްކަރެކެވެ. އެމެރިކާގެ އެންގުމަށް މާލީކޮމެޓީގެ ބައްދަލްވުން ސިއްރުކުރި ބަޔަކު، ނުކުރާނީ ކޮންކަމެއްތޯއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ކުރިއަށް އޮތް ހަތަރު އަހަރު ދުވަހު ސަރުކާރުގެ އާމްދަނީގެ ސިޔާސަތު ނުވަތަ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީ (އެމްއެމްޓީއާރުއެސް) ރިޕޯޓުގައިވާ ގޮތުން މިއަންނަ އަހަރުގެ ތެރޭގައި ގިނަ ބާވަތެއްގެ ޓެކްސް ބޮޑުކޮށް ބައެއް ފީތައް ބޮޑުކުރާނެ އެވެ.
ބޮޑުކުރަން ނިންމައިފައިވާ ފީ އަދި ޓެކްސްތައް:
ގްރީން ޓެކްސް ބޮޑުކުރުން
ޖީއެސްޓީ ނަގާ ތަކެތި އިތުރުކުރުމާއި ޖީއެސްޓީ ބޮޑުކުރުން
ރަލާއި، ދުންފަތް އަދި އޫރުމަސް ފަދަ ހާއްސަ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުން ނުވަތަ އެ ސިޔާސަތަށް ބަދަލުތަކެއް ގެނައުން
އިމްޕޯޓް ޑިއުޓީ ނަގާ ރޭޓްތައް ބޮޑުކުރުން
ޓެލެކޮމް އޮޕަރޭޓަރުންގެ ހިދުމަތްތަކުން ނަގާ ފީތައް ބޮޑުކުރުން
ރިސޯޓް ކުއްޔާއި ޓޫރިޒަމް ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ބޮޑުކުރުން.
އެ ރިޕޯޓްގައި އަދި ބުނީ މެދު ރާސްތާގެ އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުގެ ސަބަބުން ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ އާމްދަނީ %35.5 އިތުރުވާނޭ ކަމަށެވެ. މިހާރު ޓެކްސް އާމްދަނީއަކީ ޖީޑީޕީގެ ނިސްބަތުން %32.5 އެވެ.
މިއިން، އެވެސް ރިޕޯޓެއްގައި ރިކަރެންޓު ހަރަދު ކުޑަކުރުމުގެ ވާހަކަ ނެތުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެކެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4