މަދަނީ މީހުންގެ ނަމުގައި ހެލިކޮޕްޓަރު ދުއްވަން ގެނައީ އިންޑިޔާ ސަރުކާރުގެ ޑިފެންސް ކުންފުނީގެ ބަޔަކު - މިއީ ސީދާ އިންޑިޔާ އަސްކަރިއްޔާގެ ގޮތްޕެއް

Madhanee meehunge namugai helicopter dhuvvan genaee India sarukaaruge defence kunfuneege bayaku-miee seedha India askariyyaa ge gofi eh

މަދަނީ މީހުންގެ ނަމުގައި ހެލިކޮޕްޓަރު ދުއްވަން ގެނައީ އިންޑިޔާ ސަރުކާރުގެ ޑިފެންސް ކުންފުނީގެ ބަޔަކު - މިއީ ސީދާ އިންޑިޔާ އަސްކަރިއްޔާގެ ގޮތްޕެއް - ފޮޓޯ: މިހާރު

1

މަދަނީ މީހުންގެ ނަމުގައި ހެލިކޮޕްޓަރު ދުއްވަން ގެނައީ އިންޑިޔާ ސަރުކާރުގެ ޑިފެންސް ކުންފުނީގެ ބަޔަކުކަން ހާމަވެއްޖެ އެވެ.

ދިވެހި ރައްޔިތުންނަށް އޮޅުވާލައި އިންޑިޔާ ސިފައިން މި ގައުމުން ބާލުވަނީކަމަށާއި ދެން ގެންނާނީ މަދަނީ މީހުންކަމަށް ބުނެ މި ސަރުކާރުން އަންނަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުންނެވެ. އެހެންނަމަވެސް ގެންނަނީ ކިތައް މަދަނީ މީހުންކަމެއްވެސް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. 

މިއަދު ހާމަވެފައި މިވަނީ މަދަނީ މީހުންކަމަށް ބުނެ އޮޅުވާލައިގެން މިގެންނަނީ ސީދާ އިންޑިޔާ އަސްކަރިއްޔާގެ ގޮތްޕެއްގެ މީހުންކަމެވެ. 

އެނގިފައިވާ ގޮތުގައި މަދަނީ މީހުންގެ ގޮތުގައި ގެންނަނީ އިންޑިޔާގެ ހެލިކޮޕްޓަރުތައް ހެދި ކުންފުނިކަމަށްވާ ހިންދުސްތާން އޭރޯނޮޓިކްސް ކުންފުނީގެ މީހުންނެވެ. އެއީ ސީދާ އިންޑިޔާ އަސްކަރިއްޔާގެ ދަށުން ހިންގާ ކުންފުނީގެ މީހުންނެވެ. 

ސަރުކާރާއި ހަވާލުމަށްފަހު މި ދެއްކުނީ މުޅިން ދެކޮޅު ނުޖެހޭ ވާހަކަތަކެއްކަން އެނގުމުން މިހާރު ތެޅިފޮޅެނީއެވެ. މަދަނީ މީހުން ގެންނަނީކަމަށް ބުނެ ނިންމާލެވޭނެކަމަށް ހީކޮށް ތިއްބައި އެކަންވެސް ރައްޔިތުން ގަބޫލެއް ނުކުރެއެވެ. 

ވެރިކަމަށް އައުމަށް ޖެއްސި އިންޑިޔާ އައުޓް ކެމްޕެއިން އިން ސަރުކާރަށް ސަލާމަތްވެވޭނެ ގޮތެއް ނެތެވެ. މުއިއްޒުއާއި ސަރުކާރުން ދައްކާހާ ވާހަކައެއް ރައްޔިތުން ގަބޫލެއް ނުކުރާނެކަން މިހާރު މުއިއްޒުއަށް މިދަނީ ހާމަވަމުންނެވެ. 

 

ލިޔުން ޙިއްސާ ކުރައްވާ

1 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

ކޮމެންޓްތައް

ފައުސް

23 މޭ 2024

މިސަރުކާރައް މިކަން ނުވެއްޖެ ނަމަ ސަރުކާރު ބަދަލު ކޮއްގެން ނަމަވެސް އިންޑިޔާގެ ހެލިކޮޕްޓަރާ މަތިންދާބޯޓާއި އކު ތިގްރޫޕް ފޮނުވާލަން ބޭނުން، މުއިޒް އައް ވޯޓް ދިން މީހެއްމަވެސް މީ

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

2

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4