މަދު ފައިސާ ކޮޅަކަށް ދީން ވިއްކާލި އިލްމުވެރިންކަމަށް ބުނާ ބައިގަނޑު
އިޒްރޭލުގެ ޓެރަރިސްޓް ލަޝްކަރުތަކުން ގާޒާގެ ކުށެއްނެތް އާންމު ރައްޔިތުންނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުން އެ ރައްޔިތުން ސަލާމަތް ކޮށްދެއްވައި، ފަލަސްތީނުގެ މުޖާހިދުންނަށް ނަސްރު ދެއްވުން އެދި ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން ފަށާފައިވަނީ ރައީސް އިބޫ ސޯލިހުގެ ވެރިކަމުގައެވެ. އަދި މި އުދުވާނުތައް ހުއްޓެންދެން ދިވެހިންނަށް ކޮށްދެވެން އޮތް އެންމެ ކުޑަ މިންވަރު ކަމަށްވާ ދުއާ ކުރުން އޮތީ ހުރިހާ މިސްކިތެއްގައިވެސް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ.
ނަމަވެސް މި ވެރިކަން ފެށިގެން އައިސް، އިސްލާމިކް މިނިސްޓަރު ސައުދީއަށް ކުރި ދަތުރުތަކަށްފަހު މި ސަރުކާރުގެ ބަސްމަގާއި އަމަލުތައްވަނީ މުޅިން ބަދަލުވެފައެވެ. ސައުދީއަކީ ސިއްރިއްޔާތުގައި އިޒްރޭލަށް އެހީވަމުން ގެންދާ ފަލަސްތީނުގެ ރައްޔިތަކަށް ނަސްރެއް ލިބުން ނޭދޭ ވެރިކަމެއް އޮތް ތަނެކެވެ. މި ދޭތެރެއިން އިރާނުން އިޒްރޭލަށް ފޮނުވާލި ހަމަލާތައް ނާކާމިޔާބު ކޮށްލުމަށްވެސް ސައުދީއިން ވަނީ މި ހަމަލާތަކާ ގުޅޭ ރާޑަރު މައުލޫމާތު އިޒްރޭލަށް ފޯރުކޮށްދީފައެވެ. އެނގިފައިވާ ގޮތުގައި ސައުދީއިން މި ސަރުކާރަށް އަންގާފައިވަނީ ފަލަސްތީނުގެ ހައްގުގައި އެއްވެސް ކަމެއް ނުކުރަމެށެވެ.
އަދި އެ ދުވަސްކޮޅާ ދިމާކޮށް ކައިރި ކައިރީގައި އެމެރިކާގެ ސަފީރު ވަނީ މުއިއްޒު އަރިހަށް ޒިޔާރަތްކޮށްފައެވެ. އެމެރިކާއިންވެސް އެދިފައިވަނީ ފަލަސްތީނުގެ ހައްގުގައި ސަރުކާރުން އެއްވެސް ވާހަކައެއް ނުދެއްކުމަށެވެ. މިފަދަ ދުނިޔަވީ ބޭނުންތަކުގެ ދަހިވެތިކަމުގައި މުއިއްޒު ވަނީ ފަލަސްތީނާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ހުއްޓުވާފައެވެ.
ގުނޫތު ހުއްޓާލީ 1 މަސް ވުމުން ވަގުތީ ގޮތުން ކަމަށާއި، އަދި މި އުދުވާން އިތުރަށް ކުރިއަށް ގެންދާނަމަ އަލުން ގުނޫތު ކިޔަން ފަށާނެކަމަށް އޭރު އިސްލާމިކް މިނިސްޓަރު ބުންޏެވެ. ނަމަވެސް އޭގެ ފަހުން އިޒްރޭލުގެ ހަމަލާތައް އެތައް ތަނެއް އަނިޔާވެރިކޮށް، އަދި 35،000 ކުށެއް ނެތް އާންމުންނާއި 15،000 ކުޑަކުދިން އެއްވެސް ރަހުމެއްނެތި ޝަހީދުކޮށްލާފައިވާ އިރުވެސް މި ދީނީ ބައިގަނޑު ކަހާތަން ހިރުވާވެސް ނުލައެވެ.
މިކަމުގައި ވަގު ކައްޒާބާ އެންމެ ގާތުން އެއްބާރުލުން ދެނީ މާ ބޮޑު އިލްމުވެރިންކަމަށް ހެދިގެން އުޅޭ ސަލަފު ޖަމިއްޔާއިންނެވެ. މިއީ ސީދާ ސާޖިދާގެ އާއިލީ ފަތުވާ ނެރޭ ޖަމިއްޔާއަކަށް ވުމުން، މުއިއްޒުއާ ސާޖިދާ ބުނާ ކޮންމެ ގޮތަކަށް ފަތުވާ ނެރެން މި ބައިގަނޑު ތިބެނީ ކެތް މަދުވެފައެވެ. ސަލަފުގެ ވެރިންނަށް ދިން ދެތިން ވަޒީފާއަކާއި މަޖިލިސް ޓިކެޓާއެކު، ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ހަމަ އެންމެ ވާހަކައެއްވެސް ދެއްކުން މި ބައިގަނޑު ހުއްޓާލައިފިއެވެ. އަދި މިސްކިތްތަކުގައިވެސް މިހާރު ދޭ ފަތުވާ އަކީ ފަލަސްތީނުގައި ހިނގަނީ ދާޚިލީ ހަނގުރާމައެއް ކަމަށާއި އެކަމާ އިސްލާމް ދީން ނުގުޅުވުމަށެވެ. أَسْتَغْفِرُ اللهَ
މަގާމާއި ވެރިކަމުގެ ދަހިވެތިކަމުގައި ފަލަސްތީނުގެ ޖިހާދަކީ ދީނީކަމެއް ނޫންކަމަށް ފަތުވާ ނެރެފި
އަހަރެމެންގެ ދުއާއަކީ އިސްލާމީ މާ ބޮޑު އިލްމުވެރިންތަކެއް ކަމަށް ހެދިގެން އުޅޭ އަދި ފަލަސްތީނުގެ ރައްޔިތުންނާމެދު އެއްވެސް ހަމްދަރުދީއެއް ނެތް މި ބައިގަނޑު އާންމުންގެ ކުރިމަތީ ފަލީހަތް ކުރައްވައި، އެބައިގަނޑުގެ އަސްލު ސޫރަ އެންމެނަށް ސާފުވެގެން ދިޔުމަށެވެ. އާމީން
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4